ކާވާ ވިމެންސް ވޮލީބޯލް ކްލަބް ޗެމްޕިއަންޝިޕް: ސީދާ ތިން ސެޓުން ހޫމޯ ބަލިކޮށް ޗެމްޕިއަންކަން ނޭޕާލް ޕޮލިހަށް

ކާވާ ވިމެންސް ވޮލީބޯލް ކްލަބް ޗެމްޕިއަންޝިޕް: ސީދާ ތިން ސެޓުން ހޫމޯ ބަލިކޮށް ޗެމްޕިއަންކަން ނޭޕާލް ޕޮލިހަށް

ރާއްޖޭގައި ކުރިއަށްދިޔަ ސެންޓްރަލް އޭޝިއާ ވޮލީބޯލް އެސޯސިއޭޝަން (ކާވާ) ވިމަންސް ވޮލީބޯލް ކްލަބް ޗެމްޕިއަންޝިޕްގެ ފައިނަލުގައި އުޒްބެކިސްތާންގެ ހޫމޯ ވޮލީބޯލް ކްލަބްގެ މައްޗަށް ސީދާ ތިން ސެޓުން ކުރިހޯދާ, ނޭޕާލް ޕޮލިހުން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.

ނޭޕާލްގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ކުރިމަތީ ރޭ, ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި ކުޅުނު މި މެޗުގެ ސެޓުތައް ދިޔައީ, 25-16، 25-22 އަދި 25-23 އިންނެވެ.

މި މެޗުގެ ފުރަތަމަ ސެޓު ފަށައިގެން ހޫމޯ އިން ވަނީ ނޭޕާލް ޕޮލިހަށް ބޮޑު ލީޑެއް ނެގިޔަ ނުދީ, ހިފަހައްޓައިފަ އެވެ. އެކަމަކު ސެޓުގެ މެދުތެރެއިން ނޭޕާލް ޕޮލިހުގެ އުޝާ ކައިރިކައިރީގައި އެ ޓީމަށް ހޯދަދިން ފަސް ޕޮއިންޓާއެކު, ސެޓު އެނބުރި ނޭޕާލް ޕޮލިހުން މި ސެޓު ކާމިޔާބުކުރީ 25-16 އިންނެވެ.

ހޫމޯ އާއި ނޭޕާލް ޕޮލިސް ބައްދަލުކުރި ފައިނަލް މެޗުގެ ތެރެއިން - ފޮޓޯ: އަތޫފް އާތިފް / އަދަދު
ހޫމޯ އާއި ނޭޕާލް ޕޮލިސް ބައްދަލުކުރި ފައިނަލް މެޗުގެ ތެރެއިން - ފޮޓޯ: އަތޫފް އާތިފް / އަދަދު

ހޫމޯ އާއި ނޭޕާލް ޕޮލިސް ބައްދަލުކުރި ފައިނަލް މެޗުގެ ތެރެއިން - ފޮޓޯ: އަތޫފް އާތިފް / އަދަދު

މި މެޗުގައި ފެނިގެންދިޔަ އެންމެ ފޯރިގަދަ ސެޓަކީ ދެވަނަ ސެޓެވެ. މި ސެޓުގައި ދެ ޓީމަށްވެސް ބޮޑު ލީޑެއްގައި އޮވެގެން ކުޅެވޭ ގޮތް ނުވިއެވެ. މި ސެޓުގައި ވެސް ނޭޕާލް ޕޮލިސް ޓީމުގެ ތަފާތަކަށްވީ އެ ޓީމުގައި ތިބި ތަޖުރިބާކާރު ކުޅުންތެރިންނެވެ. މި ސެޓު ނޭޕާލް ޕޮލިހުން ކާމިޔާބުކުރީ 25-22 އިންނެވެ.

ތިންވަނަ ސެޓު ފަށައިގެން ވެސް ލީޑުކޮށްގެން ކުޅުނީ ނޭޕާލް ޕޮލިހުންނެވެ. މި ސެޓުގެ މެދުތެރެއިން ނޭޕާލް ޕޮލިހުން ވަނީ ފަސް ޕޮއިންޓްގެ ލީޑެއްވެސް ނަގާފަ އެވެ. އަދި ސެޓުގެ ފަހުކޮޅު ނޭޕާލް ޕޮލިހުން ވަނީ ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދީފަ އެވެ. މި ސެޓު އެ ޓީމުން ގެންދިޔައީ, 25-23 އިންނެވެ.

މީގެ އިތުރުން އިއްޔެ ހަވީރު ކުޅުނު ލޯ މެޑަލް މެޗު ރާއްޖޭގެ ކުލަބް ވެމްކޯ އިން ކާމިޔާބުކުރީ ފަހަތުން އަރާ 3-2 ސެޓުންނެވެ.

މި މެޗުގެ ފުރަތަމަ ދެ ސެޓުގައި ވެމްކޯގެ ފަރާތުން ފެނިގެންދިޔައީ ދަށް ކުޅުމެކެވެ. އެއާއެކު, މި ދެ ސެޓު ލަންކާ އެއާފޯސް އިން ގެންދިޔައީ ފަސޭހަކަމާއެކު, 11-25, 17-25 އިންނެވެ.

އެކަމަކު ޖެހިގެން އައި ތިން ސެޓުގައި ވެސް ވެމްކޯ ފެނިގެންދިޔައީ ތަފާތުކޮށެވެ. އެގޮތުން މި ތިން ސެޓުގައި ވެމްކޯގެ ޖޫޒާން ޒަރީރް, އައިޝަތު މާޖިދާ އަދި ބިދޭސީ ދެ ކުޅުންތެރިން މޮޅު ކުޅުން ފެނިގެންދިޔަ އެވެ. މި ސެޓުތައް ވެމްކޯ އިން ގެންދިޔައީ, 25-13، 25-23 އަދި 15-13 އިންނެވެ.

ލަންކާ އެއާފޯސް ބަލިކޮށް މުބާރާތުގެ ލޯ މެޑަލް ހޯދީ ރާއްޖޭގެ ވެމްކޯ އިން / ފޮޓޯ: އަތޫފް އާތިފް / އަދަދު
ލަންކާ އެއާފޯސް ބަލިކޮށް މުބާރާތުގެ ލޯ މެޑަލް ހޯދީ ރާއްޖޭގެ ވެމްކޯ އިން / ފޮޓޯ: އަތޫފް އާތިފް / އަދަދު

ލަންކާ އެއާފޯސް ބަލިކޮށް މުބާރާތުގެ ލޯ މެޑަލް ހޯދީ ރާއްޖޭގެ ވެމްކޯ އިން / ފޮޓޯ: އަތޫފް އާތިފް / އަދަދު

މި މުބާރާތުގައި ފަސް ގައުމަކުން ހަ ކްލަބް ވާދަކުރި އެވެ. އެއީ ރާއްޖޭގެ ޕޮލިސް ކުލަބާއި, ވެމްކޯގެ އިތުރުން, ލަންކާގެ އެއާފޯސް ޓީމާއި, ނޭޕާލް, ޕޮލިސް ކުލަބާ, އުޒްބެކިސްތާންގެ ހޫމޯގެ އިތުރުން ތަޖިކިސްތާންގެ ވީސީ ޑިއަމެޑް އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox