ކާވާ ވިމެންސް ވޮލީބޯލް ކްލަބް ޗެމްޕިއަންޝިޕް: ރާއްޖެ ދެ ޓީމަށް ވެސް ނާކާމިޔާބީ

ކާވާ ވިމެންސް ވޮލީބޯލް ކްލަބް ޗެމްޕިއަންޝިޕް: ރާއްޖެ ދެ ޓީމަށް ވެސް ނާކާމިޔާބީ

ރާއްޖޭގައި މިހާރު ކުރިއަށްދާ ސެންޓްރަލް އޭޝިއާ ވޮލީބޯލް އެސޯސިއޭޝަން (ކާވާ) ވިމެންސް ކްލަބް ޗެމްޕިއަންޝިޕުގައި ރާއްޖޭގެ ކުލަބް ވެމްކޯ އާއި ޕޮލިސް ކުލަބުން އިއްޔެ ކުޅުނު މެޗުތަކުން ބަލިވެއްޖެ އެވެ.

ވެމްކޯ އިން ވަނީ މި މުބާރާތުގައި އެ ޓީމުން ކުޅުނު ފުރަތަމަ މެޗުގައި ސްރީ ލަންކާގެ އެއާފޯސް މައްޗަށް 3-1 ސެޓުން ކުރިހޯދައިފަ އެވެ. އަދި ދެ ވަނަ މެޗުގައި ޕޮލިސް ކުލަބްގެ މައްޗަށް ކުރިހޯދީ ސީދާ ތިން ސެޓުންނެވެ.

އެކަމަކު، އިއްޔެ ހަވީރު، އުޒްބެކިސްތާންގެ ހޫމޯ ވީސީގެ އަތުން ވެމްކޯ ބަލިވީ 3-1 ސެޓުންނެވެ. މި މެޗުގެ ސެޓުތައް ދިޔައީ, 25-19, 18-25, 19-25, 18-25 އިންނެވެ.

މި މެޗުގެ ފުރަތަމަ ސެޓުގައި ވެމްކޯގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ އެވެ. އެ ސެޓުގައި ވެމްކޯގެ އައިޝަތު މާޖިދާ, ޖޫޒާން ޒަރީރް އަދި ބިދޭސީ ދެ ކުޅުންތެރިންގެ ފަރާތުން ފެނިގެންދިޔަ ކުޅުމާއެކު ވެމްކޯ އިން ވަނީ 25-19 އިން ގެންގޮސްފަ އެވެ.

އެކަމަކު ޖެހިގެން އައި ތިން ސެޓުގައި, ވެމްކޯގެ ފަރާތުން ފެނިގެންދިޔައީ އާދައިގެ ކުޅުމެކެވެ. މި ތިން ސެޓުގައި ވެސް ވެމްކޯ އަތުން ބޮޑަށް ގެއްލުނީ ސާވިސް ރިސީވް ނުކުރެވިގެން ގެއްލުން ޕޮއިންޓްތަކެވެ.

ވެމްކޯ އާއި ހޫމޯ ވީސީ ބައްދަލުކުރި މެޗުގެ ތެރެއިން - ފޮޓޯ: އަތޫފް އާތިފް / އަދަދު
ވެމްކޯ އާއި ހޫމޯ ވީސީ ބައްދަލުކުރި މެޗުގެ ތެރެއިން - ފޮޓޯ: އަތޫފް އާތިފް / އަދަދު

ވެމްކޯ އާއި ހޫމޯ ވީސީ ބައްދަލުކުރި މެޗުގެ ތެރެއިން - ފޮޓޯ: އަތޫފް އާތިފް / އަދަދު

މީގެ އިތުރުން ރޭ ރާއްޖޭގެ ޕޮލިސް ކުލަބުން ނުކުތީ ލަންކާގެ އެއާ ފޯސްއާ ދެކޮޅަށެވެ. މި މެޗު ސީދާ ތިން ސެޓުން ލަންކާގެ އެއާ ފޯސް އިން ވަނީ ކާމިޔާބު ކޮށްފަ އެވެ. މި މެޗުގެ ސެޓުތައް ދިޔައީ, 25-15, 25-15 އަދި 25-19 އިންނެވެ.

މި މެޗުގެ ފުރަތަމަ ސެޓު ފަށައިގެން ޕޮލިސް ކުލަބުން ލީޑު ކޮށްގެން ކުޅުނު ނަމަވެސް ލަންކާގެ އެއާފޯސް އިން ވަނީ ސެޓުގެ ވަކި ހިސާބަކުން ކުޅުން ރަނގަޅުކޮށް ބޮޑު ލީޑެއް ނަގާފަ އެވެ. އެއާއެކު މި ސެޓު ނިމުނީ 25-15 އިންނެވެ.

ޖެހިގެން އައި ދެ ސެޓުވެސް ފަށައިގެން ލަންކާގެ އެއާފޯސް އިން ވަނީ ބޮޑު ލީޑަކާއެކު ކުޅެފަ އެވެ. މި ސެޓު އެ ޓީމުން ގެންދިޔައީ, 25-15 އަދި 25-19 އިންނެވެ.

މުބާރާތުގެ މެޗުތައް ދެން އޮންނާނީ މާދަމާ އެވެ. މާދަމާ ފުރަތަމަ މެޗުގައި އެއާފޯސް އާއި ޑިއަމެޑް ކުޅޭއިރު، ދެ ވަނަ މެޗުގައި، ނޭޕާލުގެ ޕޮލިސް ކްލަބުން ބައްދަލުކުރާނީ ރާއްޖޭގެ ވެމްކޯއާ އެެވެ. އަދި މާދަމާރޭ ކުޅޭ މެޗުގައި، ރާއްޖޭގެ ޕޮލިހުން ހޫމޯއާ ކުޅޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox