އުރީދޫ ނޭޝަންއިން ރާއްޖޭގައި ގޭމިންއާ ގުޅޭ ސާމާނު ވިއްކާ އެސްބީއެންޓީ އާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
އުރީދޫ ނޭޝަންއިން އެސްބީއެންޓީއާއެކު ސޮއިކުރީ ގޭމިން އެކްސެސަރީ ޕާޓްނަރެއް ގޮތުގަ އެވެ.
އެސްބީއެންޓީއިން 2018 ގައި ރާއްޖޭގައި ހިދުމަތް ދޭން ފެށިއިރު އެ ކުންފުނިން އަންނަނީ ރާއްޖޭގައި އުޅޭ ގޭމަރުންނަށް ބޭނުންވާ އެކި ހިދުމަތްތައް އަތްފޯރާފަށުގައި ފޯރުކޮށްދެމުންނެވެ.
އުރީދޫ ނޭޝަންއިން އަންނަނީ ބައިނަލްއަގުވާމީ މުބާރާތްތަކާއި ލޯކަލް ކޮމިއުނިޓީއަށް އަމާޒުކޮށް އެކި ކަހަލަ މުބާރާތްތައް ބާއްވަމުންނެވެ.
އެގޮތުން އަގުހުރި އިނާމުތަކާއެކު އީއޭއެފްސީ މުބާރާތްތަކާއި، ޕަބްޖީ މުބާރާތްތަކުގެ އިތުރުން މޯބައިލް ލެޖެންޑްސްގެ މުބާރާތްތައް އުރީދޫ ނޭޝަންއިން އަންނަނީ ބާއްވަމުންނެވެ.
އުރީދޫ މޯލްޑިވްސްއިން ރާއްޖޭގެ ގޭމިން ކޮމިއުނިޓީއަށް ހާއްސަ ސަމާލުކަމެއްދީ، އެ ކޮމިއުނިޓީއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން ކޮމިއުނިޓީ ކުރިއަރުވަން އަންނަނީ މަސައްކަތް ކުރަމުންނެވެ.










