އިންޓަނޭޝަން އޮލިމްޕިކް ކޮމިޓީގެ ރައީސް ކަމަށް ހަތް ކެންޑިޑޭޓުން

Sep 17, 2024, 4:06 AM
އިންޓަނޭޝަން އޮލިމްޕިކް ކޮމިޓީގެ ރައީސް ކަމަށް ހަތް ކެންޑިޑޭޓުން

ޒިއުރިކް، ސްވިޒަލެންޑް (ސެޕްޓެމްބަރު 17) - އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީ (އައިއޯސީ)ގެ އިންތިހާބުގައި އެ ކޮމިޓީގެ ރައީސް ކަމަށް ހަތް ކެންޑިޑޭޓަކު ކުރިމަތިލުމަށް ކެންޑިޑެސީ ހުށަހަޅައިފި އެވެ

ޖަރުމަނުގެ ވަކީލު، ތޯމަސް ބަކް، އަންނަނީ 2013 ވަނަ އަހަރުން ފެށިގެން އައިއޯސީގެ ރައީސްގެ މަގާމު ފުރުއްވަމުންނެވެ. ދެ ވަނަ ދައުރަށް ފަހު، މަގާމުން ވަކިވެ، އިތުރު ދައުރަކަށް ކުރިމަތިނުލައްވާނެ ކަމަށް މިދިޔަ މަހުގެ އޮލިމްޕިކްސްގެ ތެރެއިން ވަނީ އިއުލާނުކުރައްވައިފަ އެވެ. އެއީ ގަވާއިދު ވެސް އޮތްގޮތުންނެވެ.

ބަކް، އައިއޯސީގެ ރައީސްގެ މަގާމުގައި ހުންނަވާ ދައުރު އިތުރުކުރާނަމަ، އޮލިމްޕިކް ޗާޓަރަށް ބަދަލުގެންނަން ޖެހޭނެ އެވެ. މިހާރު އޮތްގޮތުން، ރައީސަކަށް އެންމެ ގިނަވެގެން މަގާމުގައި ހުރެވޭނީ 12 އަހަރު އެވެ. އެއީ، އަށް އަހަރުގެ އެއް ދައުރާއި، ހަތަރު އަހަރުގެ އެއް ދައުރު ގުނާ ގޮތަށެވެ. މިއީ، ބަކްގެ ވެސް ތާއީދާ އެކު، ޗާޓަރަށް ގެނެވިފައިވާ ބަދަލެކެވެ.

އަންނަ އަަހަރު މުޅިން އާ ފަރާތަކަށް، 10 އަހަރަށް ފަހު، ދުނިޔޭގެ ކުޅިވަރުގެ އެންމެ ނުފޫޒުގަދަ އެއް މަގާމު، އައިއޯސީގެ ރައީސްކަން ފުރުއްވުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.

އެ ގޮތުން، ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުންނަށް ބަލާއިރު، ޖޯޑަން އޮލިމްޕިކް ކޮމިޓީގެ ރައީސް އަދި ކުރީގެ ރެސްލަރު، ޕްރިންސް ފައިސަލް އަލް ހުސެއިން، އިނގިރޭސި އޮލިމްޕިކް ކޮމިޓީގެ އެކި މަގާމުތައް ފުރުއްވާފައިވާ ކުރީގެ މިޑްލް ޑިސްޓެންސް ދުވުންތެރިޔާ، ސަބެސްޓިއަން ކޯއި، ޒިމްބާބްވޭގެ ސްޕޯޓްސް މިނިސްޓަރު، ކާސްޓީ ކޮވެންޓްރީ، އިންޓަނޭޝަނަލް ސްކީ އެންޑް ސްނޯބޯޑް ފެޑެރޭޝަންގެ ރައީސް، ސްވިޑެންގެ ޖޯހަން އެލިއާޝް، ފްރާންސްގެ އޮލިމްޕިކް ކޮމިޓީ އާއި ދުނިޔޭގެ ސައިކްލިން ޔޫނިއަން ރައީސް، ޑޭވިޑް ލަޕޯޓިއޯންޓް، އައިއޯސީގެ ނައިބު ރައީސް، ހުއާން އެންޓޯނިއޯ ސަމަރާންޝް ޖޫނިއާ އަދި އިންޓަނޭޝަނަލް ޖިމްނާސްޓިކް ފެޑެރޭޝަންގެ ރައީސް އަދި ޓޯކިޔޯ އޮލިމްޕިކްސް އިންތިޒާމްކުރުމުގައި ހަރަކާތްތެރިވި ޖަޕާނުގެ މޮރިނާރީ ވަތަނާބޭ ހިމެނިވަޑައިގަންނަވަ އެވެ.

މި ފަހަރުގެ ކެންޑިޑޭޓުންގެ ތެރެއިން ގިނަ ބަޔެއްގެ ސަމާލުކަން ހުއްޓުނީ ހަމައެކަނި އަންހެން ކެންޑިޑޭޓް، ޒިމްބާބްވޭގެ ކޮވެންޓްރީ އަށެވެ. ފަސް އޮލިމްޕިކްސްގައި ވާދަކުރުމުގެ ޝަރަފް ހޯދި ކޮވެންޓްރީ އަކީ އޮލިމްޕިކްސްގެ ސްވިމިން އިވެންޓްތަކުން ހަތް މެޑަލް ހޯދާފައިވާ އެތުލީޓެކެވެ. އޭނާ ކެންޑިޑެސީ ހުށަހެޅިއިރު ފާހަގަކޮށްފައިވަނީ، އައިއޯސީގެ ރައީސަކަށް އިންތިހާބުވެވަޑައިގަންނަވާ ފުރަތަމަ އަންހެން އަދި އެފްރިކާގެ ފަރާތަށް ވުމުގެ ޝަރަފް ހޯދަން ބޭނުންވާ ކަމަށެވެ

އައިއޯސީގެ ރައީސްކަން މުޅިން ފުރުއްވާފައިވަނީ ފިރިހެނުންނެވެ. މީގެ ކުރިން ފެނިގެންދިޔަ، އައިއޯސީގެ ނުވަ ރައީސުންގެ ތެރެއިން އަށް ފަރާތެއް ނިސްބަތްވަނީ ޔޫރަޕް އަށެވެ. ދެން އެ މަގާމު ފުރުއްވީ އެމެރިކާގެ ފަރާތެކެވެ

މި ހުރިހާ ކެންޑިޑޭޓުން އަންނަ ޖެނުއަރީ މަހު، ސްވިޒަލެންޑުގެ ލުޒޭންގައި ކުރިއަށްދާ ބައްދަލުވުމެއްގައި ޕްރެޒެންޓޭޝަނެއް ހުށަހަޅާނެ އެވެ. އައިއޯސީގެ އިންތިހާބު އޮންނާނީ އަންަނަ އަހަރުގެ މާޗް 18-21 އަށެވެ. އަދި މަގާމަށް ހޮވޭ އާ ރައީސެއްގެ ދައުރު ފެށޭނީ އަންނަ އަހަރު ޖޫން މަހުން ފެށިގެންނެވެ

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox