ޓްރަމްޕަށް ހަމަލާދޭން އުޅުނު މިހާގެ މައްޗަށް 24 ގަޑިއިރު ތެރޭގައި ދައުވާ އުފުލައިފި

ޓްރަމްޕަށް އިއްޔެ ބަޑިން ހަމަލާދޭން އުޅުނު ރަޔާން ވެސްލީ ރޫތު

ޓްރަމްޕަށް އިއްޔެ ބަޑިން ހަމަލާދޭން އުޅުނު ރަޔާން ވެސްލީ ރޫތު

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް އިއްޔެ ބަޑިން ހަމަލާދޭން އުޅުނު ރަޔާން ވެސްލީ ރޫތު 58، ގެ މައްޗަށް ހާދިސާ ހިނގިތާ 24 ގަޑިއިރު ތެރޭގައި ދައުވާ އުފުލައިފި އެވެ.

ޓްރަމްޕަށް ހަމަލާދޭން އުޅުނީ ފްލޮރިޑާގައި ހުންނަ ގޯލްފް ރިސޯޓެއްގައި ހުންނަވަނިކޮށް 365 މީޓަރާއި 457 މީޓަރާ ދެމެދު ދުރުމިނުގައި އޭކޭ-47 ސްޓައިލް ރައިފަލްއެއް ބޭނުންކޮށްގެންނެވެ. އެ ހަމަލާ ނާކާމިޔާބުކޮށްލީ ސީކްރެޓް ސާވިސްއިންނެވެ.

"ކުށުގެ ރެކޯޑު އޮންނަ ރޫތުގެ މައްޗަށް ދައުވާ އުފުލާފައި ވަނީ ކުށްވެރިޔަކަށްވެ ހުރެ ބަޑިއެއް ގެންގުޅުމުގެ ދައުވާ އާއި ފޮހެފައިވާ ސީރިއަލް ނަންބަރު ޖެހި ބަޑިއެއް ގެންގުޅުމުގެ ދައުވާ،" ރިޕޯޓްތައް ބުންޏެވެ.

Advertisement

ރޫތުގެ މައްޗަށް ބަޑި ގެންގުޅުމުގެ ދައުވާތަކުގެ އިތުރުން އެހެނިހެން ދައުވާތައް ކުރުމަށް ވެސް ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ހަމަލާއާ ގުޅޭ ގޮތުން ޓްރަމްޕް ވިދާޅުވީ އޭނާއަށް އެއްވެސް އަނިޔާއެއް ނުވެ ގަދަވެ ސަލާމަތުން ހުރި ކަމަށާއި ކުރާ މަސައްކަތް ހުއްޓުވަން މީހުން ކުރާ ކަންކަމާއެކު ދުވަހަކު ވެސް ފަހަތަށް ނުޖެހޭނެ ކަމަށެވެ.

ހަމަލާ ދޭން އުޅުމުން އެމެރިކާ ސަރުކާރުން ވަނީ އެކަން ކުށްވެރިކޮށް، އެމެރިކާގައި އެއްވެސް ކަހަލަ އަނިޔާވެރި އަމަލެއް ހިތްވަރު ނުދޭނެ ކަމަށް ބުނެފަ އެވެ.

ޓްރަމްޕްއަށް ޖުލައި، 13 ގައި ވެސް ބަޑިން ވަނީ ހަމަލާދީފަ އެވެ. އެ ހަމަލާގައި ޓްރަމްޕްގެ ކަންފަތަށް ކޮންމެވެސް ވަރެއްގެ ޒަހަމްތަކެއް ލިބުނެވެ. ނަމަވެސް އެ ހަމަލާދިން މީހާއަށް ސީކްރެޓް ސާވިސްއިން ވަނީ ހަމަލާދީ ވަގުތުން މަރާލާފަ އެވެ.

އަންނަ ނޮވެމްބަރު 5، ގައި ބާއްވާ އެމެރިކާގެ އިންތިހާބުގައި ޓްރަމްޕްއާ ވާދަކުރައްވަނީ ޑިމޮކްރެޓްސްގެ ކެންޑިޑޭޓު އެމެރިކާގެ ނައިބުރައީސް ކަމަލާ ހެރިސް އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދެކުނު ކޮރެއާގެ ސެލެބްރިޓީ މިޔަރު އަނެއްކާވެސް ބަނދަރު ތެރޭގައި

ދެކުނު ކޮރެއާގެ ބޫސާން ބަނދަރުގައި ތާށިވެފައި އޮތް "ބުކަންގީ" ނަމަކަށް ކިޔާ މިޔަރު، ކަނޑަށް ނެރުނުތާ އެއްދުވަސް ތެރޭގައި އަނބުރާ ބަނދަރަށް ވަދެފި. ފެން ހޫނުވުމާއި ކާނާ ގިނަވުމުގެ ސަބަބުން އެ ސަރަހައްދަށް ވަން މި މިޔަރު ބަލަން ގިނަ ބަޔަކު ޒިޔާރަތްކޮށްފައިވާއިރު، މިޔަރު އެހެން ތަނަކަށް ބަދަލުކުރުމުގެ އޮޕަރޭޝަނެއް މިހާރު ވަނީ ތާވަލުކޮށްފަ.

ސެކިއުރިޓީ ރިސްކާ ހެދި ބޮޑެތި ވެބްސައިޓްތައް އޮފްލައިންކޮށްފި

ދުނިޔޭގެ ބޮޑެތި އިދާރާތަކާއި ސަރުކާރުތަކުގެ ވެބްސައިޓްތައް ވަގުތީ ގޮތުން އޮފްލައިންކުރީ އޭއައިއިން ދެނެގަތް ޕީއެޗްޕީ ޕްރޮގްރާމިން ލެންގުއޭޖުން ފާހަގަވި ނުރައްކާތެރި ސެކިއުރިޓީ މައްސަލަތަކަކާ ގުޅިގެން މި މައްސަލަ ހައްލުކުރުމަށް ސެކިއުރިޓީ އަޕްޑޭޓްތައް ވަނީ ނެރެފަ.

ހަފުތާއެއް ފަހުން ކުރަފި ޕާޓީގެ ދެ ލީޑަރުން ޖަލުން މިނިވަންކޮށްފި

އިންޑިއާގެ ދިއްލީގައި މުޒާހިރާކުރުން މަނާ ސަރަހައްދަކަށް ވަދެގަތް މައްސަލައިގައި ހައްޔަރުކުރި "ކޮކްރޯޗް ޖަންތާ ޕާޓީ" (ސީޖޭޕީ) ގެ ދެ ލީޑަރުން ހައްޔަރުކުރީ އިންޑިއާގެ އިލެކްޝަން ކޮމިޝަނަރު އިސްތިއުފާ ދެއްވުމަށް ގޮވާލައި މުޒާހިރާ ކުރަނިކޮށް ކަމަށްވާއިރު، ސީޖޭޕީއަކީ ޒުވާނުންގެ ހައްގުތަކަށް ވަކާލާތުކުރާ ނުރަސްމީ ސިޔާސީ ހަރަކާތެއް.

އެމެރިކާ-އިންޑިއާ ވިޔަފާރި އެއްބަސްވުން ފައިނަލްކުރަން ގާތްވެއްޖެ

އެމެރިކާ އާއި އިންޑިއާއާ ދެމެދު އޮތް ވިޔަފާރީގެ ހިޔާލުތަފާތުވުންތައް ނައްތާލައި، އާ އެއްބަސްވުމެއްގައި ސޮއިކުރުމުގެ މަސައްކަތް ފައިނަލް މަރުހަލާއަށް ދިޔުމާ ގުޅޭގޮތުން ދެ ގައުމުގެ އިސްވެރިން މަޝްވަރާކުރައްވައިފިއެވެ. މީގެ އިތުރުން ހަކަތަ އާއި ދިފާއީ ދާއިރާއިން ގުޅުން ބަދަހިކުރުމަށާއި، ޔޫއޭއީއާ އެކު ސަރަހައްދީ އިގްތިސާދީ މަސްލަހަތުތައް ކުރިއެރުވުމަށް ވެސް މި ބައްދަލުވުމުގައި ވަނީ މަޝްވަރާކޮށްފައެވެ.

ހަމަނުޖެހުން ހިންގަނީ މުސްލިމުން ކަމަށް ވިދާޅުވުމުން ރައްދުދީފި

ފްރާންސްގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ޒިންމާ މުސްލިމް ހިޖުރަވެރިންގެ ބޮލުގައި އަޅުވައި ޓްރަމްޕް ދެއްކެވި ވާހަކަތަކަށް ރައީސް މެކްރޮން ވަނީ ވަރުގަދަ ރައްދެއް ދެއްވާފައެވެ. މެކްރޮން ވިދާޅުވީ ބޭރުގެ ލީޑަރުން ފްރާންސްގެ ދާޚިލީ ކަންކަމުގެ ނާޖާއިޒު ފައިދާ ނަގައިގެން ދޮގު މައުލޫމާތު ފަތުރަމުންދާ ކަމަށާއި، އެއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

ރަޝިއާގެ ޖަލެއްގައި ހުރި އެމެރިކާގެ މީހަކު މިނިވަންކޮށްފި

ޔޫކްރެއިން ހަނގުރާމައިގައި ބައިވެރިވި ކަމުގެ ތުހުމަތުގައި ރަޝިއާގެ ޖަލެއްގައި ހަތަރު އަހަރު ހުރި އެމެރިކާގެ ރައްޔިތެއް ކަމަށްވާ ސްޓީވަން ހަބާޑް މިނިވަންކޮށްފިއެވެ. އޭނާ މިނިވަންވީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ މަންދޫބަކު ރަޝިއާއަށް ކުރެއްވި ޒިޔާރަތެއްގައި ޕޫޓިންއާ މަޝްވަރާކޮށް، އެއްވެސް އަސީރަކު ބަދަލުކުރުމަކާ ނުލައި އެއްބަސްވުމަކަށް އާދެވުމުންނެވެ.

ޖިއޯ އިން އެންމެ ބޮޑު ހިއްސާގެ ބާޒާރަށް ފުރުސަތު ހުޅުވައިފި

މުކޭޝް އަމްބާނީގެ ޖިއޯ ޕްލެޓްފޯމްސް އިން 3.2 ބިލިއަން ޑޮލަރު ހޯދުމުގެ އަމާޒާއެކު، އިންޑިއާގެ ތާރީޚުގައި ބާއްވާ އެންމެ ބޮޑު ހިއްސާގެ ބާޒާރު އާންމުންނަށް ހުޅުވާލައިފިއެވެ. މި އައިޕީއޯ މެދުވެރިކޮށް ލިބޭ ފައިސާ ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ކުންފުނީގެ ލޯނުތައް އަނބުރާ ދެއްކުމަށާއި ޓެލެކޮމް ވިޔަފާރި އިތުރަށް ފުޅާކުރުމަށެވެ. ހިއްސާ ވިއްކަން ފެށުމުގެ ކުރިންވެސް ބޮޑެތި މުއައްސަސާތަކުގެ ފަރާތުން މި މަޝްރޫއަށް ވަނީ އާދަޔާ ހިލާފު ބޮޑު ތަރުހީބެއް ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox