ސިޓީ އާއި ޔުނައިޓެޑަށް މޮޅެއް، ސްލޮޓްގެ ލިވަޕޫލް ބަލިވެއްޖެ

Sep 14, 2024, 4:48 PM
ސިޓީ އާއި ޔުނައިޓެޑަށް މޮޅެއް، ސްލޮޓްގެ ލިވަޕޫލް ބަލިވެއްޖެ

މެންޗެސްޓާ (ސެޕްޓެމްބަރު 14) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ މެންޗެސްޓާ ޔުނައިޓެޑާއި މެންޗެސްޓާ ސިޓީ ކުޅުނު މެޗުތަކުން މޮޅުވިއިރު، އާނާ ސްލޮޓްގެ ކޯޗުކަމުގައި ފުރަތަމަ ފަހަރަށް ލިވަޕޫލް ބަލިވެއްޖެ އެވެ.

ސައުތެމްޓަން ދަނޑުގައި ޔުނައިޓެޑް މޮޅުވީ 3-0 އިންނެވެ. ސިޓީން އަމިއްލަ ދަނޑުގައި ފަހަތުން އަރައި ބްރެންޓްފޯޑް 2-1 އިން ބަލިކުރިއިރު، ލިވަޕޫލް އަމިއްލަ ދަނޑުގައި ނޮޓިންހަމް ފޮރެސްޓް އަތުން ބަލިވީ، 1-0 އިންނެވެ.

ޖެހިޖެހިގެން ދެ މެޗުން ބަލިވެފައި އޮތުމުން ޔުނައިޓެޑުން މިއަދުގެ މެޗަށް ނުކުތީ ޕްރެޝަރާ އެކު އެވެ. އެ ގޮތުން، ޔުނައިޓެޑަށް މި މެޗުގައި ހިތްވަރެއް ހޯދައިދިނީ އެ ޓީމުގެ ކީޕަރު އަންދްރޭ އޮނާނާ އެވެ. ސައުތެމްޓަނަށް ލީޑުނަގަން ލިބުނު ޕެނަލްޓީން ކެމަރަން އާޗާ ފޮނުވާލި ބޯޅަ ކީޕަރު އޮނާނާ ވަނީ މަތަކޮށްފަ އެވެ.

އޭގެ އިރުކޮޅެއް ފަހުން، ޔުނައިޓެޑުން ލީޑުނެގީ މަތައިސް ޑި ލިޓް ބޮލުން ޖެހި ގޯލުންނެވެ. ޑި ލިޓް ޔުނައިޓެޑަށް ޖަހައިދިން ފުރަތަމަ ގޯލު ކާމިޔާބުކުރީ ބްރޫނޯ ފެނާންޑޭސް ނަގައިދިން ބޯޅައަކުންނެވެ. ޔުނައިޓެޑްގެ ދެ ވަނަ ލަނޑު ޖެހީ، މާކަސް ރަޝްފޯޑް އެވެ. މިއީ، މި އަހަރުގެ މާޗް މަހުގެ ފަހުން، ލީގުގައި ރަޝްފޯޑްގެ ފުރަަތަމަ ގޯލެވެ.

ސައުތެމްޓަންގެ ޖެކް ސްޓެޕެންސް އަށް ދެއްކި ރަތް ކާޑަށް ފަހު، އެ ޓީމުން އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެމުން ދަނިކޮށް، ޔުނައިޓެޑްގެ ފަހު ލަނޑު ޖެހީ ބަދަލަކަށް ކުޅެން އެރި، އަލެހަންދްރޯ ގަނާޗޯ އެވެ.

ހާލަންޑް ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.---

ސިޓީ ދަނޑުގައި ބްރެންޓްފޯޑުން ވަނީ 23 ސިކުންތު ތެރޭގައި ލީޑުނަގައިފަ އެވެ. މިއީ، އެރިއާތެެރެއިން ސިޓީގެ ޑިފެންޑަރު، ޔޮއާން ވިއްސާ ބޮލުން ޖެހި ގޯލެކެވެ. ސިޓީން ފުރަތަމަ ހާފުގައި ނަތީޖާ އަނބުރާލީ އާލިން ބްރައުޓް ހާލަންޑް ޖެހި ދެ ގޯލުންނެވެ.

ދެ ވަނަ ހާފުގައި ހާލަންޑް ވަނީ ހެޓްރިކް ފުރިހަަމަ ކުރަން ރަނގަޅު ހަމަލާތަކެއް ފޮނުވާލައިފަ އެވެ. އެ ގޮތުން އެއް ހަމަލާ ގޯލުގެ ދަނޑިއަށް އަމާޒުވިއިރު، އެއް ޝޮޓެއް، ބްރެންޓްފޯޑް ކީޕަރު، ފްލެކެން ވަނީ މަތަކޮށްފަ އެވެ. މި މޮޅާ އެކު، ސިޓީ އަކީ މި ފަހަރުގެ ލީގު ފަށައިގެން ކުޅުނު ހަތަރު މެޗުން ވެސް މޮޅުވި ހަމައެކަނި ޓީީމެވެ.

ސްލޮޓްގެ ކޯޗުކަމުގައި ލިވަޕޫލުން ކުޅުނު ފުރަތަމަ ތިން މެޗުން މޮޅުވީ، ކޮޅަށް ގޯލެއް ވެސް ނުވަދެ އެވެ. އެކަމަކު، އެ ޓީމު ކޮޅަށް ފުރަަތަމަ ގޯލު ވަން މެޗުން ބަލިވިއިރު، 55 އަހަރު ތެރޭ މި ވަނީ ފުރަތަމަ ފަހަރަށް އަމިއްލަ ދަނޑުގައި ނޮޓިންހަމް ފޮރެސްޓް އަތުން ބަލިވެފަ އެވެ. ފޮރެސްޓް، އެންމެ ފަހުން، ލިވަޕޫލް ދަނޑުގައި މޮޅުވީ، 1969 ވަނަ އަހަރު އެވެ.

ފޮރެސްޓްގެ އައިނާ (ވ) ކައިރިން ބޯޅަ ހިފައިގެންދާން ލިވަޕޫލްގެ ޑިއާޒް މަސައްކަތްކުރަނީ،.

ލިވަޕޫލަށް ލީޑުނަގައިދޭން ފުރަތަމަ ހާފުގައި ލުއިސް ޑިއާޒް ޖެހި ޝޮޓެއް ވަނީ ދަނޑިއަށް އަމާޒުވެފަ އެވެ. ދެން އެ ޓީމުން ޖެހި ޝޮޓްތައް، ފޮރެސްޓްގެ ކީޕަރު، މެޓްޒް ސެލްސް ވަނީ މަތަކޮށްފަ އެވެ.

މެޗުގައި ފޮރެސްޓްގެ ހަމައެކަނި ލަނޑު ޖެހީ ބަދަލަކަށް ކުޅެން އެރި، ކަލުމް ހަޑްސަން އޮޑޯއި އެވެ. ފޮރެސްޓްގެ އެންތަނީ އެލަންގާ ޖެހި ޝޮޓް، ލިވަޕޫލްގެ ކީޕަރު އެލިސަން ބެކާ ވަނީ މަތަކޮށްފަ އެެވެ. އަދި އެ ޓީމުގެ، ކްރިސް ވުޑް ޖެހި ބޯޅަ ވެސް ކީޕަރު އެލިސަން ވަނީ ހުއްޓުވައިފަ އެވެ.

ލީގުގައި މިރޭ އިޕްސްވިޗުން ބްރައިޓަންއާ ލަނޑެއް ނުޖެހި 0-0 އިން އެއްވަރުވިއިރު، ވެސްޓް ހޭމް ޔުނައިޓެޑުން ވަނީ އިތުރު ވަގުތުގައި ލަނޑު ޖަހައި، ފުލަމް ދަނޑުގައި 1-1 އިން އެއްވަރުވެފަ އެވެ. އިތުރު ވަގުތުގައި ލަނޑު ޖަހައި، ކްރިސްޓަލް ޕެލަސް އިން ވަނީ 2-2 އިން ލެސްޓާ ސިޓީއާ އެއްވަރުކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox