ވަޓްސްއަޕް ގްރޫޕެއް ހަދައިގެން ނާޒިމުގެ "ދުވަސް ދުއްވާލަން" މަސައްކަތް ކޮށްފި

ވަޓްސްއަޕް ގްރޫޕެއް ހަދައިގެން ނާޒިމުގެ "ދުވަސް ދުއްވާލަން" މަސައްކަތް ކޮށްފި

ޕީއެންސީގެ ބައެއް ވެރިން އަޑީގައި ތިބެގެން ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމުގެ "ދުވަސް ދުއްވާލަން" މަސައްކަތް ކޮށްފި އެވެ.

އެކަން ފަޅައިއެރީ ޕީއެންސީ އަށް ނިސްބަތްވާ މަޖިލީހުގެ ގިނަ މެންބަރުންތަކެއް ހިމަނައިގެން "ޕީއެންސީ އެމްޕީސް"ގެ ނަމުގައި އިއްޔެ ހަވީރު ވަޓްސްއަޕް ގްރޫޕެއް އުފެއްދުމުންނެވެ.

ޕީއެންސީގެ މަޖިލީހުގެ ބައެއް މެންބަރުންނާއި އެ ޕާޓީގެ އިސް ބައެއް ހަރަކާތްތެރިން އަދަދު ނޫހަށް ވިދާޅުވީ ރަސްމީ ވަޓްސްއަޕް ގްރޫޕުގެ ބޭރުން، ވަކި މެންބަރުންތަކެއް ހިމަނައިގެން އާ ގްރޫޕެއް އުފެއްދީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު ކަމަށެވެ.

އަދަދު ނޫހަށް ލިބިފައިވާ ސްކްރީން ޝޮޓްތަކުން ފެންނަ ގޮތުގައި ގިނަ މެންބަރުން އެ ގްރޫޕަށް އެޑްކުރީ ވެސް ފަޒުލެވެ.

އެ ގްރޫޕް އުފައްދައި މެންބަރުން އެޑްކޮށް، ގްރޫޕްގެ އެޑްމިން އަކަށް ނާޒިމު ބަދަލުކުރުމަށް ފަހު، ފަޒުލް ގްރޫޕުން ބޭރުވި އެވެ. ނަމަވެސް ވަޓްސްއަޕް ގްރޫޕް އުފެއްދި އަދި މެންބަރުން އެޑްކުރީ ކާކުކަން އެނގޭނެ އެވެ.

އެ ވަޓްސްއަޕް ގްރޫޕްގައި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ޕީޖީ ލީޑަރު އިބްރާހިމް ފަލާހު އާއި އަބްދުއްރަހީމްގެ އަރިސް ގިނަ މެންބަރުން އެޑްކޮށްފައި ނެތް ކަމަށް އަދަދު ނޫހާ ވާހަކަ ދެއްކެވި ބައެއް މެންބަރުން ވިދާޅުވި އެވެ.

ފަޒުލް ރަޝީދުއަކީ އަބްދުއްރަހީމްގެ އަރިސް ބޭފުޅެކެވެ.

ބައެއް މެންބަރުން ވިދާޅުވި ގޮތުގައި އެ ގްރޫޕް އުފެއްދީ، ރައީސް ޑރ. މުހައްމަދު މުއިއްޒު އެންމެ ކޯފާވާނެ އެއް ކަމަކީ މަޖިލީހުގެ މެންބަރުންގެ ތެރޭގައި ފެކްޝަންތަކާއި ގްރޫޕްތައް ހެދުން ކަމަށް ވާތީ، ނާޒިމް އެގޮތަށް މަސައްކަތް ކުރާކަން ދެއްކުމަށް ކަމަށެވެ.

"މަޖިލީހަށް އިންތިހާބުވި ޕީއެންސީ މެންބަރުންނާއެކު މުލިއާގޭގައި އެންމެ ފުރަތަމަ ބޭއްވި ބައްދަލުވުމުގައި، ރައީސް ވަރަށް ސާފުކޮށް ވިދާޅުވި ބައިބައިވުން އުފެދޭ ފަދަ ކަންކަން ނުކުރަން. ވަކިވަކި ގްރޫޕްތައް މަޖިލީހުގެ މެންބަރުންގެ ތެރޭގައި އުފެދުނަ ނުދިނުމަށް. ކުރިން ދިމާވި ފަދަ ބައެއް ކަންކަމުގައި ރައީސް އަމަލުކުރައްވާފައިވާ ގޮތުން، ހުރިހާ މެންބަރުންނަށް ވެސް އެނގޭތީވެ، ނާޒިމްގެ ދުވަސް ދުއްވާލަން އެގޮތަށް މަސައްކަތް އެ ކުރީ،" ޕީއެންސީގެ މެންބަރަކު ވިދާޅުވި އެވެ.

"ނަމަވެސް އެކަން އަތަށް ގޮވީ."

ފަޒުލް އުފެއްދި ވަޓްސްއަޕް ގްރޫޕްގެ މައްސަލަ ހޫނުވުމުން، އެއީ ކާކު އުފެއްދި ގްރޫޕެއްތޯ އަބްދުއްރަހީމް، ރަސްމީ ވަޓްސްއަޕް ގްރޫޕްގައި ސުވާލު ކުރި ކަމަށް މަޖިލީހުގެ ބައެއް މެންބަރުން ވިދާޅުވި އެވެ.

ރަސްމީ ވަޓްސްއަޕް ގްރޫޕް ނޫން އެހެން ގްރޫޕްގެ މަޖިލިސް މެންބަރުންގެ ނުހުންނާނެ ކަމަށް ރައީސް މުއިއްޒު ވެސް ލިޔުއްވި ކަމަށް އަދަދު ނޫހާ ވާހަކަ ދެއްކެވި މެންބަރުން ވިދާޅުވި އެވެ.

ހުކުރު ދުވަހު އެ ގްރޫޕް އުފެއްދީ، ހުކުރު ދުވަހު އާންމު ގޮތެއްގައި ނާޒިމް ވަޓްސްއަޕް ބޭނުން ނުކުރައްވާކަން، އެ ކަމުގެ އަޑީގައި ތިއްބެވި ބޭފުޅުންނަށް ރަނގަޅަށް އެނގިވަޑައިގަންނަވާތީ ކަމަށް ވެސް މެންބަރަކު ވިދާޅުވި އެވެ.

"މިއީ ބަޔަކު ޕީއެންސީ އެތެރެ ހަލާކުކޮށްލަން ކުރާ ކަމެއް. ބާރު ހޯދަން ކުރާ ކަމެއް،" މެންބަރަކު ވިދާޅުވި އެވެ.

މިހާރު ހިނގަމުންދާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 93 މެންބަރުންގެ ތެރެއިން 75 މެންބަރުންނަކީ ޕީއެންސީގެ މެންބަރުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox