ގައުމީ ދިގުފެތުމުގެ މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްދީފި

Sep 13, 2024, 4:01 AM
ކުޑަގިރީގައި މިދިޔަ އަހަރު ކުރިއަށްދިޔަ އޯޕަން ވޯޓާ މުބާރާތުގެ ތެރެއިން.--- ފޮޓޯ: އަދަދު ސްޕޯޓްސް

ކުޑަގިރީގައި މިދިޔަ އަހަރު ކުރިއަށްދިޔަ އޯޕަން ވޯޓާ މުބާރާތުގެ ތެރެއިން.--- ފޮޓޯ: އަދަދު ސްޕޯޓްސް

މި މަހު ބާއްވާ ގައުމީ ދިގުފެތުމުގެ މުބާރާތުގައި (އޯޕަން ވޯޓާ ސްވިމިން ކޮމްޕެޓިޝަންގައި) ބައިވެރިވުމުގެ ފުރުސަތު ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިތުރުކޮށްދީފި އެެވެ.

ކުޑަގިރި ޕިކްނިކް އައިލެންޑްގައި ގައުމީ ދިގުފެތުމުގެ މުބާރާތް ކުރިއަށްދާނީ މި މަހުގެ 27 އާއި 28 ވަނަ ދުވަހު އެވެ.

ދިގުފެތުމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ސްވިމިން އެސޯސިއޭޝަން އިން ފުރަތަމަ ދިނީ މި މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށެވެ. އެކަމަކު، މުބާރާތުގެ ފޯރި އިތުރުކުރުމާއި ގިނަ ބަޔަކަށް ފުރުސަތު ދިނުމުގެ ބޭނުމުގައި ބަައިވެރިވުމުގެ ފުރުސަތު ސްވިމިން އެސޯސިއޭޝަނުން އިތުރުކޮށްދީފައިވަނީ، މި މަހުގެ 15 ވަނަ ދުވަހުގެ 12:00 ގެ ނިޔަލަށެވެ.

މުބާރާތުގައި ހަތަރު ވަނަ އެއް ހޮވާނެ އެވެ. އެ ގޮތުން، ގައުމީ ދިގު ފެތުމުގެ އަންހެން ފިރިހެން ޗެމްޕިއަނާއި ގައުމީ ދިގުފެތުމުގެ ޖޫނިއާ އަންހެން ފިރިހެން ޗެމްޕިއަންގެ އިތުރުން، ސްވިމް ޗެލެންޖް އާއި ކިޑްސް ސްވިމް ޗެލެންޖްގެ ވަނަތަކެވެ.

ނެޝަނަލް ލެވަލްގައި ފަސް ކިލޯމީޓަރު ފަތާއިރު، ޖޫނިއާ ނެޝަނަލް ލެވަލްގައި ތިން ކިލޯމީޓަރަށް ފަތާނެ އެެެވެ. ސްވިމިން ޗެލެންޖްގައި އެއް ކިލޯމީޓަރު ފަތާނެ އެވެ. އަދި ކިޑްސް ސްވިމް ޗެލެންޖް ފަން އިވެންޓެއްގެ ގޮތުގައި ކުރިއަށްދާއިރު، މި އިވެންޓުގައި 500 މީޓަރަށް ފަތާއިރު، ރޭސް ނިންމާ ކޮންމެ ކުއްޖަކަށް، ފިނިޝިން މެޑަލް ދޭނެ އެވެ.

މިއީ، އޯޕަންވޯޓާ ސްވިމިން މުބާރާތް ކުޑަގިރީގައި ބާއްވާ ދެ ވަނަ ފަހަރެެވެ. މާލެއާ 15 ވަރަކަށް މިނެޓު ރާސްތާއެއްގައި އޮތް ބަންގަލް ފަޅުގައި ހެދި 8.5 ހެކްޓަރުގެ ކުޑަގިރީގައި މިދިޔަ އަހަރު ބޭއްވި ދިގުފެތުމުގެ މުބާރާތުގައި 200 އަށް ވުރެ ގިނަ އެތުލީޓުން ވާދަކުރި އެވެ. ގައުމީ ދިގު ފެތުމުގެ ގައުމީ ފެތުންތެރިން ވާދަކުރި، ސީނިއާ ލެވަލްގެ ފަސް ކިލޯމީޓަރު ބައިގެ ޗެމްޕިއަންކަން ހޯދީ މުހައްމަދު ރިހާން ޝިޔާމް އާއި ހަމްނާ އަހުމަދު އެވެ. ދިގު ފެތުމުގެ މުބާރާތުގެ އެއް ކިލޯ މީޓަރުގެ ފިރިހެން ބައިގެ އެއް ވަނަ ހޯދީ އިފްޒާލް އިބްރާހިމް މަހުފޫޒު އެވެ. އިޒްޔާން ނާޒިމް ދެ ވަނަ ހޯދިިއިރު، ތިން ވަނަ ހޯދީ އަލީ އަޔާން ނިސްޔާން އެވެ. އަންހެން ބައިގެ ޗެމްޕިއަންކަން އަމްނާ ތަޒްކިޔާ މިރުޝާދު ހޯދިއިރު، ދެވަނަ ހޯދީ މަރިޔަމް އަޒްކާ ހުސައިން އެވެ. ތިން ވަނަ އައިޝަތު ތީޝާ މުހައްމަދު އެވެ.

މީގެ ކުރިން ވެސް ގައުމީ ދިގު ފެތުމުގެ މުބާރާތް ވަނީ އެހެން ސަރަހަައްދެއްގައި ބާއްވައިފަ އެވެ. އެ ގޮތުން، ސްވިމިން އެސޯސިއޭޝަނާއި މާލޭ ފިޓްނަސް ކްލަބް ގުޅިގެން 2018 ވަނަ އަހަރު ގައުމީ ދިގު ފެތުމުގެ މުބާރާތް ބާއްވާފައިވަނީ ކ. ދިއްފުށީގަ އެވެ. އެ ފަހަރުގެ މުބާރާތަށް ވެސް ވަނީ ބޮޑު ތަރުހީބެއް ލިބިގެން ގޮސްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox