ރަތްމަންދޫން އެހެން ރަށަކަށް ބަދަލު ވާން އެދި ސަރުކާރަށް ޕެޓިޝަނެއް

ރަތްމަންދޫގެ މަތިން ނަގައިފައިވާ ފޮޓޯއެއް: ރަތްމަންދޫގައި ދިރިއުޅެނީ 100 ވަރަކަށް މީހުން --- ފޮޓޯ: މިރާޝް ނިޝާމް/އަދަދު

ރަތްމަންދޫގެ މަތިން ނަގައިފައިވާ ފޮޓޯއެއް: ރަތްމަންދޫގައި ދިރިއުޅެނީ 100 ވަރަކަށް މީހުން --- ފޮޓޯ: މިރާޝް ނިޝާމް/އަދަދު

ރަށުން ބަދަލުވުމަށް ރަތްމަންދޫ ރައްޔިތުން ސޮއިކޮށް ހުށައަޅާފައިވާ ޕެޓިޝަނެއް އެ ރަށު ކައުންސިލުން ސަރުކާރަށް ހުށައަޅައިފި އެވެ.

އެ ރަށުގެ 114 މީހުން ސޮއިކޮށް ކައުންސިލަށް ހުށައަޅާފައިވާ މި ޕެޓިޝަނުގައި ވަނީ އަސާސީ ހިދުމަތްތައް ރަށުން ލިބުމުގައި ދަތިތައް ހުރުމުގެ ސަބަބުން ރަށުން ބަދަލުވުމަށް އެދޭ ކަމަށެވެ. ޕެޓިޝަނުގައި ގިނައީ ރަށުގައި ދިރިނޫޅޭތާ ގިނަ ދުވަސްތަކެއް ވެފައިވާ މީހުންގެ ސޮޔެވެ.

މިކަމާ ގުޅޭގޮތުން އެ ރަށު ކައުންސިލުގެ ރައީސް އިސްމާއިލް ނާހިދު ވިދާޅުވީ ޕެޓިޝަން ސަރުކާރަށް ހުށައެޅީ ކައުންސިލުގެ ބައްދަލުވުމުގައި އެގޮތަށް ނިންމުމަށް ފަހުގައި ކަމަށެވެ.

"ޕެޓިޝަނާ ބެހޭގޮތުން ވާހަކަދެއްކުމަށް ފަހު ކައުންސިލުން ނިންމީ އެއްވެސް ބަދަލެއް ނުގެނައިސް އެ އޮތްގޮތަށް ސަރުކާރަށް ހުށައަޅަން. ޕެޓިޝަނުގައި އެ މީހުން ބުނެފައި ވަނީ މިގޮތަށް ހުށައެޅީ އަސާސީ ގިނަ ހިދުމަތްތައް ރަށުން ނުލިބޭ ކަމަށް ބުނެ" ނާހިދު ވިދާޅުވި އެވެ.

މީގެ އިތުރުން ނާހިދު ވިދަޅުވީ ކުދި އާބާދީތަކަށް ސަރުކާރުގެ ވިސްނުން ހުރި ގޮތަކީ ކޮބައިކަން ހޯދަން އެދިފައިވާނެ ކަމަށެވެ.

ރަތްމަންދޫ ރަޖިސްޓަރީގައި 240 ވަރަކަށް މީހުން ތިބިއިރު ރަށުގައި ދިރިއުޅެމުން އަންނަނީ 100 އެއްހާ މީހުންނެވެ. އަދި ރަށުގައި ދަށްކަމަށް ފާހަގަކުރެވެނީ ހަމައެކަނި ތައުލީމުކަމަށް އެރަށުން ވާހަކަދެއްކި ރައްޔިތަކު ބުންޏެވެ.

ނަމަވެސް ސިއްހީ ހިދުމަތާއި ކައިރީގައި އޮތް މަޑިފުށި ރިސޯޓުގެ ސަބަބުން ވަޒީފާގެ ފުރުސަތުތައް ރަށަށް ލިބި ފަހިވެފައިވާނެ ކަމަށް އޭނާ ފާހަގަކުރި އެވެ.

ރަތްމަންދޫގައި މީހުން ދިރިއުޅޭ ސަރަހައްދުގައި ހުރި އިންޖީނުގެ މީހުން ނޫޅޭ ސަރަހައްދަކަށް ބަދަލުކޮށް ޒަމާނީ ފެންވަރަކަށް ނިމިދިޔަ ރައީސް ސޯލިހުގެ ވެރިކަމުގައި ވަނީ ހަދައިފަ އެވެ. އަދި ފެނާއި ނަރުދަމާގެ މަސައްކަތް ވެސް އެ ރަށުގައި ގާއިމުކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައްޑޫ ލިންކް ރޯޑު މައްސަލައިގައި މާދަމާ މުޒާހަރާކުރަނީ

އައްޑޫ ލިންކް ރޯޑު ހަލާކުވެފައިވާ މައްސަލައަށް ހައްލެއް ހޯދުމަށް ގޮވާލައި، ބެރިކޭޑް ގެ ނަމުގައި މާދަމާ ހަވީރު އައްޑޫގައި ސުލްހަވެރި އިހުތިޖާޖެއް ބޭއްވުމަށް ވަނީ ނިންމާފައި. މި މަގު ހެދުމުގެ މަސައްކަތް ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފައިވީ ނަމަވެސް، ސަރުކާރުން ބުނި ތާރީހަށް އަމަލީ މަސައްކަތް ފެށިފައި ނުވާތީ އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން.

ހިޔާނާތްވިކަން ސާބިތުވެ ޕޯސްޓުގެ ޕްރޮކިއުމަންޓް މެނޭޖަރު ޖަލަށް

ޕޯސްޓަށް ނުލިބޭ ތެލަކަށް ލިޔެކިޔުންތައް ހަދައިގެން 6.7 މިލިއަން ރުފިޔާއަށް ހިޔާނާތްތެރިވި މައްސަލައިގައި، ޕޯސްޓުގެ ކުރީގެ ޕްރޮކިއުމަންޓް މެނޭޖަރާއި އެފްއެސްއެމްގެ ކުރީގެ ޑްރައިވަރަކު އަށް އަހަރަށް ޖަލަށްލުމަށް ކޯޓުން ވަނީ ހުކުމްކޮށްފައި. މި ދެ މީހުންގެ މައްޗަށް ޚިޔާނާތުގެ ކުށުގެ އިތުރުން ސައްހަ ނޫން ލިޔުން ދެއްކުމުގެ ކުށްވެސް ވަނީ ސާބިތުވެފައި.

ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އާޓިފިޝަލް ބީޗުގައި މުޒާހަރާއެއް

އާޓިފިޝަލް ބީޗު ސަރަހައްދުގައި މިރޭ އެ މުޒާހަރާ ބޭއްވީ ގާނޫނުއަސާސީ އިން ހައްގު ލިބިދީފައިވާ ގޮތަށް، ކުއްލިއަކަށް އަދި ކުރިން އެންގުމަކާ ނުލަ އެވެ. އެ މުޒާހަރާގައި ބައިވެރިން ތިބީ ދިވެހިރާއްޖޭގެ ދިދަ ހިފައިގެންނެވެ.

ތެލަސީމިއާގެ އަސާސީ ބޭސް އަބަދު ހުސްވާތީ ބޮޑު ތަކުލީފަކަށް

ތެލަސީމިއާ ކުދިންނަށް ބޭނުންވާ އަސާސީ ބޭސްތައް ގަވާއިދުން ނުލިބޭތީ އެ ބަލި ތަހައްމަލުކުރާ މީހުންނަށް ބޮޑެތި ތަކުލީފުތަކެއް ވަނީ ކުރިމަތިވެފައި. ކުރިން މަހަކު އެއްފަހަރު ދޫކުރާ ބޭސް މިހާރު ދެ ހަފްތާއަށް ލިމިޓްކޮށްފައިވާއިރު، ބޭސް މެދުކެނޑުމުގެ ސަބަބުން ބަލިމީހުންގެ ސިއްހީ ހާލަތަށް ނޭދެވޭ އަސަރުކުރުމުގެ ބިރު ވަނީ ބޮޑުވެފައި.

އިލްމުވެރިންގެ ގުޅުމުގެ ނިންމުން މުއިއްޒަށް އަދި މަޖިލީހަށް

އެ ދިރާސާ މެންބަރުންނަށް ފޮނުވައި، ކޮމެންޓު ކުރަން ފުރުސަތު ދިނުމަށްފަހު މިހާރު ފައިނަލްކޮށްފައިވާކަން އަދަދު އަށް އެނގިފައިވެ އެވެ. އަދި އެ ދިރާސާ ފައިނަލް ކުރިއިރު، އެއްވެސް ބަޔަކަށް ބަދަލެއް ގެނެސްފައިނުވާކަން ވެސް އެނގިފައިވެ އެވެ.

ރަސްމާލޭގައި ރާ ނުބޮވޭނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ

"ރިސޯޓެއްގައި ކަންކަން އޮންނަ ފުޅާ މިނަށްވުރެ ވެސް ލިމިޓެޑް. ލިމިޓެޑުވާ ގޮތަކީ މިތަނުގައި ރަލެއް ނުވިއްކޭ، އެނގޭތޯ. ރަލެއް ނުބޮވޭނެ. އޫރު މަހެއް ނުހުންނާނެ. މިތާނގައި ފަސް ވަގުތު ބަންގި ގޮވާނެ،" ރައީސް ވިދާޅުވި އެވެ.

ތިން ރަށެއްގައި ފިޓްނަސް ސެންޓަރު ގާއިމުކުރަން އިންޑިއާއަށް

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ ތިން ރަށެއްގައި ފިޓްނަސް ސެންޓަރުތައް ގާއިމުކުރުމަށް ބޭނުންވާ ސާމާނު ހޯދުމަށް ދެ ގައުމުގެ ދެމެދުގައި އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ. މިއީ އިންޑިއާގެ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް" ގެ ދަށުން ކުރިއަށްގެންދާ އިތުރު އެހީއެކެވެ.

Newsletter

Get the latest news delivered straight to your inbox