ސިއްހީ ދާއިރާއަށް އަންނަ ކުރިއެރުމާއެކު، ދާއިރާ ރިފޯމް ވާންޖެހޭ: އަފްއާލް

އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު (އެމްޑީ) އަހުމަދު އަފްއާލް: ސިއްހީ ދާއިރާއަށް އަންނަ ކުރިއެރުމާއެކު، ދާއިރާ ރިފޯމް ވާންޖެހޭ ކަމަށް ވިދާޅުވި -- ފޮޓޯ: އަދަދު ފައިލް

އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު (އެމްޑީ) އަހުމަދު އަފްއާލް: ސިއްހީ ދާއިރާއަށް އަންނަ ކުރިއެރުމާއެކު، ދާއިރާ ރިފޯމް ވާންޖެހޭ ކަމަށް ވިދާޅުވި -- ފޮޓޯ: އަދަދު ފައިލް

ސިއްހީ ދާއިރާއަށް އަންނަ ކުރިއެރުމާއެކު އެ ދާރިއާ ރިފޯމްވާން ޖެހޭ ކަމަށް އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް މިއަދު ވިދާޅުވެއްޖެ އެވެ.

އޭޑީކޭއިން އިންތިޒާމުކޮށްގެން ބާއްވާ "މޯލްޑިވްސް ބްރެއިން އެންޑް ސްޕައިން ކޮންފަރެންސް 2024" ގައި އަފްއާލް ވިދާޅުވީ އަލަށް ތައާރަފްކުރާ ޓެކްނޮލޮޖީތަކާއެކު ރާއްޖޭގެ ސިއްހީ ދާއިރާ ވެސް ދުވަހަކަށްވުރެ ދުވަހެއް ކުރިއަރަމުން އަންނަ ކަމަށެވެ.

އައްފާލް ވިދާޅުވީ އެ ކުރިއެރުންތަކާއެކު ސިއްހީ ދާއިރާ ރެސްޕޮންސިވްވާން ޖެހޭ ކަމަށާއި ސިއްހީ ދާއިރާ ރިފޯމް ކުރުން ވަރަށް މުހިންމު ކަމަށެވެ.

"ސާޖަރީތަކަށްފަހު ހަފްތާއެއް ވަންދެން ހޮސްޕިޓަލުގައި ތިބުމުގެ ބަދަލުގައި، ސާޖަރީއަށްފަހު އެއް ދުވަސް ތެރޭގައި ހޮސްޕިޓަލުން އެބަ ދޫކޮށްލާ. އެއީ އަހަރުމެން ކުރިއަރާފައިވާ މިންވަރު. މުޅި ސިސްޓަމް ރެސްޕޮންސިވް ނުވާ ނަމަ ވަކި ހިސާބަކުން ސިއްހީ ދާއިރާ ކުރިއެރުމަށް މަޑުޖެހުން އަންނާނެ،" އަފްއާލް ވިދާޅުވި އެވެ.

ބްރެއިން އެންޑް ސްޕައިން ކޮންފަރެންސް 2017 ގައި ފެށި ފަހުން ބޮޑެތި ކުރިއެރުންތަކެއް ކޮންފަރެންސްއަށް ގެނެވިފައިވާކަން ފާހަގަކުރައްވައި އަފާލް ވިދާޅުވީ ދެން އޮންނަ ކޮންފަރެންސަކަށް އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އަދި ރޮބޮޓްސްގެ ޓެކްނޮލޮޖީ ގެންނާނެ ކަމަށެވެ.

އޭގެ އިތުރުން އަފްއާލް ވިދާޅުވީ ރާއްޖޭގެ ސިއްހީ ނިޒާމަށް އިންވެސްޓުތަކެއްކޮށް، ނިޒާމު ހަރުދަނާ ކުރަން މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށެވެ.

ކޮންފަރެންސްގެ ތެރެއިން އޭޑީކޭގެ ހުށަހެޅުންތައް ދައްކާލުމުގެ އިތުރުން ޕެނަލް ޑިސްކަޝަންތައް މިއަދު ކުރިއަށް ގެންދާނެ އެވެ.

މާދަމާގެ ނިޔަލަށް ކުރިއަށްދާ ބްރެއިން އެންޑް ސްޕައިން ކޮންފަރެންސްގައި އެކި ވޯކްޝޮޕްތަކާއި ޝަފިއްޔާ އިންސްޓިޓިއުޓް އޮފް ހެލްތުއާ ގުޅިގެން ލައިވްކޮށް ސާޖަރީއެއް ކުރާތަން ވަނީ ދުރަށް ދައްކާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox