ލިބޭ ލިބޭ ލިބޭ: އުރީދޫ 5-ޖީ ރާއްޖޭގެ އާބާދީ 60 ޕަސަންޓަށް ލިބޭ

ލިބޭ ލިބޭ ލިބޭ: އުރީދޫ 5-ޖީ ރާއްޖޭގެ އާބާދީ 60 ޕަސަންޓަށް ލިބޭ

މިދިޔަ ހަފުތާގައި މާލެއާއި ހުޅުމާލެ މަގުތައް ފުރާލީ "ލިބޭ" ލިޔެފައި ހުރި ޕޯސްޓަރުތަކުންނެވެ. އެ ޕޯސްޓަރުތައް ފެނިގެން ގިނަ ބަޔަކު އެކި ގޮތް ގޮތަށް ވާހަކަ ދެއްކި އެވެ. ބައެއް މީހުން ހީކުރީ އާ ފިލްމެއް ނެރެން ތައްޔާރުވާ ކަމަށެވެ. އަނެއް މީހުން ހީކުރީ ޑޮލަރު މައްސަލައާ ގުޅޭ ޕޯސްޓަރުތަކެއް ކަމަށެވެ.

ނަމަވެސް އުރީދޫއިން އެއީ އެ ކުންފުނިން ރާއްޖޭގެ އާބާދީގެ 60 ޕަސަންޓަށް 5ޖީ ގެ ހިދުމަތް ފޯރުކޮށްދޭ ވާހަކަކަން މިހާރު ވަނީ ހާމަކޮށްފަ އެވެ.

އުރީދޫގެ ޗީފް ކޮމާޝަލް އޮފިސާ (ސީސީއޯ) ހުސެއިން ނިޔާޒް "އަދަދު" އަށް ކުރިން ވިދާޅުވީ އެ ކުންފުނީގެ 5-ޖީ ނެޓްވޯކް ވަރުގަދަވެ، ކުރެވޭ ތަޖުރިބާ ރަނގަޅުވާނެ ކަމަށާއި އެކަން މިހާރު ރާއްޖޭގެ ބޮޑު ސަރަހައްދަކަށް އެނގޭނެ ކަމަށެވެ.

އުރީދޫ 5-ޖީ ފުޅާކުރި ރަށްތައް:

  • އއ. ތޮއްޑޫ އަދި އއ. ރަސްދޫ.
  • އދ. މާމިގިލި، އދ. މަހިބަދޫ އަދި އދ. ދަނގެތި.
  • ބ. އޭދަށުފި.
  • ދ. ކުޑަހުވަދޫ.
  • ގއ. ވިލިނގިލި، ގދ. ތިނަދޫ.
  • ހއ. ދިއްދޫ އަދި ހއ. އިހަވަންދޫ.
  • ހދ. ކުޅުދުއްފުށި.
  • ކ. ގުރައިދޫ، ކ. މާފުށި.
  • ޅ. ހިންނަވަރު އަދި ޅ. ނައިފަރު.
  • ނ. ވެލިދޫ.
  • ރ. ދުވާފަރު އަދި ރ. އުނގޫފާރު.
  • ސ. ހިތަދޫ

އިންޑިއާ އާއި ސްރީލަންކާ މަގުން ނުގޮސް ފުރަތަމަ ފަހަރަށް ސީދާ ރާއްޖެއިން ސިންގަޕޫރާއި ޔޫރަޕަށް ސަބްމެރިން ކޭބަލްތަކުން ޑޭޓާ ސެންޓަރުތައް ގުޅާލެވުމުން 5-ޖީ ގެ އެންމެ ރަނގަޅު ތަޖުރިބާ ކުރެވެ އެވެ.

ރާއްޖެ އާއި ސިންގަޕޫރު ސަބްމެރިން ކޭބަލުން ގުޅާލެވުނީ ކުޅުއްދުއްފުށީގައި ހުރި އުރީދޫގެ ޑޭޓާ ސެންޓަރު މެދުވެރިކޮށެވެ. އުރީދޫގެ ޑޭޓާ ސެންޓަރެއް ހުޅުމާލޭގައި ވެސް ހުރެ އެވެ.

އުރީދޫއިން ފުރަތަމަ 5-ޖީ ގެ ޓެސްޓުތައް ރާއްޖޭގައި ހަދަން ފެށީ 2019 ގައެވެ. އަދި 2020 ނިމުނުއިރު ގްރޭޓާ މާލެ ސަރަހައްދަށް އެ ކުންފުނިން 5-ޖީ ތައާރަފް ކުރި އެވެ.

އުރީދޫއިން އަންނަނީ ރާއްޖޭގެ މުއާސަލާތީ ހިދުމަތަށް އިންގިލާބީ ބަދަލުތައް ގެނެސް، މުޅިން އާ ކަންތައްތައް ތައާރަފް ކުރަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ވިއެޓްނާމްގެ ވިއެޓްޖެޓް އެއާލައިނުން އަންނަ ޑިސެމްބަރު މަހު ހޯޗީމިން ސިޓީއާއި ރާއްޖެއާ ދެމެދު ހަފުތާއަކު ތިން ސީދާ ދަތުރު ފެށުމަށް ވަނީ ނިންމާފަ. މި ދަތުރުތައް ފެށުމާ ގުޅިގެން ޓިކެޓުގެ އަގު ހެޔޮ ޕްރޮމޯޝަންތަކެއް އިއުލާންކޮށްފައިވާއިރު، މީގެ ސަބަބުން ވިއެޓްނާމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ.

ދަރަވަންދޫގައި ފަރުތައް އާލާކުރަން ދިރާގުން އެހީ

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުތައް އާލާކުރުމަށް "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ފެށުމަށް ގުޅިއްޖެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި މުރަކަ ނާސަރީއެއް ގާއިމުކޮށް، ފަރުތައް ބެލެހެއްޓުމުގެ ފަންނީ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ޒުވާނުންނާއި އާންމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ.

ލޯނު ނުދެއްކުމުން މާލޭގެ ދެ ގެއެއް ސީބީއެމްއިން ވިއްކާލަނީ

ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް (ސީބީއެމް) އަށް ދައްކަންޖެހޭ ފައިސާ ނުދައްކައިގެން މާލޭގެ ދެ އިމާރާތެއް ނީލަމުގައި ވިއްކާލަން އެ ބޭންކުން ވަނީ އިޢުލާނުކޮށްފަ. މި ބިޑްތައް ފެށޭ އަގަކީ ހަތަރު މިލިއަން ރުފިޔާ ކަމަށްވާއިރު، މި މަހުގެ 14 ވަނަ ދުވަހުގެ ކުރިން ދަރަނި ހަލާސްނުކޮށްފިނަމަ މި މުދާ ވިއްކާލުމުގެ މަސައްކަތް ކުރިއަށް ދާނެ.

ޓީޖީއެސްޓީ މައްސަލައިގައި ޓޫރިޒަމް އިންޑަސްަޓްރީއާ ބައްދަލުކޮށްފި

ބޭރުގެ ޓުއާ އޮޕަރޭޓަރުންނާއި ބުކިން ޕްލެޓްފޯމްތަކުން ޓީޖީއެސްޓީ ނެގުމަށް ގާނޫނަށް ގެނައި ބަދަލުތަކާ ގުޅޭގޮތުން ސަރުކާރުގެ ވަޒީރުންނާއި ޓޫރިޒަމް ދާއިރާގެ އިސްވެރިން މަޝްވަރާކޮށްފި. މި ބައްދަލުވުމުގައި ދާއިރާގެ ގޮންޖެހުންތަކަށް ހައްލު ހޯދުމަށާއި މުހިންމު ލަނޑުދަނޑިތަކަކަށް އެއްބަސްވެވުނު ނަމަވެސް، ގާނޫނަށް ގެންނަ ބަދަލުތަކުގެ ތަފްސީލު ހިއްސާނުކުރޭ.

Newsletter

Get the latest news delivered straight to your inbox