ޔުއެފާ ނޭޝަންސް ލީގު: ޖަރުމަނާއި ނެދަލެންޑްސް އަދި އިންގްލެންޑަށް މޮޅެއް

Sep 8, 2024, 3:54 AM
ޔުއެފާ ނޭޝަންސް ލީގު: ޖަރުމަނާއި ނެދަލެންޑްސް އަދި އިންގްލެންޑަށް މޮޅެއް

ޑަބްލިން، އަަޔަލެންޑް (ސެޕްޓެމްބަރު 8) - ޔުއެފާ ނޭޝަންސް ލީގުގައި ރޭ ކުޅުނު މެޗުތަކުން ޖަރުމަނާއި ނެދަލެންޑްސް އަދި އިންގްލެންޑް މޮޅުވެ، މުބާރާތުގެ ފެށުން ރަނގަޅުކޮށްފި އެވެ.

ނޭޝަންސް ލީގުގެ، ލީގު ބީގެ ގްރޫޕް ތިނެއްގައި އިންގްލެންޑުން ކުޅުނީ އަޔަލެންޑާ އެވެ. ވަގުތީ ކޯޗު ލީ ކާސްލީގެ ފުރަތަމަ މެޗުގައި އަޔަލެންޑް އަތުން އިންގްލެންޑް ވަަނީ 2-0 އިން މޮޅުވެފަ އެވެ.

މި މެޗުގައި، އިންގްލެންޑްގެ ލަނޑުތައް ޖެހީ، ޑެކްލަން ރައިސް އާއި ޖެކް ގްރީލިޝް އެވެ. މި ދެ ކުޅުންތެރިންނަކީ ވެސް ކުުރިން އަޔަލެންޑަށް ކުޅެފައިވާ ކުޅުންތެރިންނެވެ. ލަނޑު ޖެހުމަށް ފަހު ރައިސް އުފާފާޅުކޮށްފައެއް ނުވެ އެވެ.

ނޭޝަންސް ލީގުގެ، ލީގު އޭގެ، ގްރޫޕް ތިނެއްގައި ޖަރުމަނުން ރޭ އަމިއްލަ ދަނޑުގައި ކުޅުނީ ހަންގޭރީއާ އެވެ. ޖަރުމަނު މޮޅުވީ 5-0 އިންނެވެ. ޖަރުމަނުން ފުރަތަމަ ހާފުގައި ލީޑުނެގީ، ނިކްލަސް ފުލްކްރޫގް ޖެހި ގޯލުންނެވެ. ދެ ވަނަ ހާފުގައި، ޖަމާލް މުސިއާލާ، ފްލޯރިއަން ވާޓްޒް އަދި އަލެކްސަންޑަ ޕަވްލޮވިޗް ލަނޑުތައް ޖަހާފައި ވަނިކޮށް، ކައި ހަވާޓްޒް ވަނީ، ޕެނަލްޓީ އަކުން ޖަރުމަނުގެ ފަހު ގޯލު ޖަހައިފަ އެވެ.

ޖަރުމަނާ އެއް ގްރޫޕެއްގައި އޮތް ނެދަލެންޑްސް އިން ވަނީ، 5-2 އިން ބޮސްނިއާ ބަލިކޮށްފަ އެވެ. ޖޯޝުއާ ޒާކްޒީގެ ގޯލުން ނެދަލެންޑްސް އިން ލީޑުނަގާފައިވަނިކޮށް، ބޮސްނިއާ އިން އެއްވަރުކުރީ، އެރްމެޑިން ޑެމިރޯވިޗް ޖެހި ގޯލުންނެވެ. ޓިޖާނީ ރައިންޑާސް އާއި ކޯޑީ ގަކްޕޯގެ ގޯލުތަކުން، ނެދަލެންޑްސް އިން ލީޑުފުޅާކުރިއިރު، އެޑިން ޖެކޯ ވަނީ ބޮސްނިއާ އަށް ލަނޑެއް ޖަހައިދީ އުންމީދެއް ހޯދައިދީފަ އެވެ.

ނެދަލެންޑްސްގެ ފަހު ދެ ގޯލު ޖެހީ، ވައުޓް ވެގްހޯސްޓް އާއި ޒަވީ ސިމޯންސް އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox