ޖަނާހުއަށް ހުޅުމާލެއިން ގާތްގަނޑަކަށް 100،000 އަކަފޫޓުގެ ބޮޑު ބިމެއް

ވިޔަފާރިވެރިޔާ ޖަނާހު އަށް ހުޅުމާލޭން 100،000 އަކަފޫޓުގެ ބިމެއް ދޫކުރި ސަރަހައްދު.

ވިޔަފާރިވެރިޔާ ޖަނާހު އަށް ހުޅުމާލޭން 100،000 އަކަފޫޓުގެ ބިމެއް ދޫކުރި ސަރަހައްދު.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޕްރިންސިޕަލް އެޑްވައިޒާ އޮން ޓްރޭޑް އެންޑް އިންވެސްޓްމަންޓު، އަދި ވިޔަފާރިވެރިޔާ މުހައްމަދު އަލީ ޖަނާހު އަށް، ހުޅުމާލޭގެ ފޭސް އެކެއްގެ އެންމެ މުހިއްމު ސަރަހައްދުން ބޮޑު ބިމެއް ދީފި އެވެ.

މިދިޔަ އަހަރުގެ ތެރޭގައި ޖަނާހު އަށް ހުޅުމާލޭން ދިނީ، ސެންޓްރަލް ޕާކް ކުރިމަތިން އުރީދޫ ބިލްޑިންއާ ޖެހިގެން ހުޅަނގަށް އޮތް 300،000 އަކަފޫޓުގެ ބިމުން ގާތްގަނޑަކަށް 100،000 ފޫޓެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި ޖަނާހު
ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި ޖަނާހު

ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި ޖަނާހު

Advertisement

މި މުއާމަލާތުގެ މައުލޫމާތު އެނގޭ މަސްދަރަކުން މިއަދު "އަދަދު" ނޫހަށް ބުނީ އެ ބިން ޖަނާހު އަށް ދީފައި ވަނީ މަތީފަންތީގެ ޝޮޕިން މޯލެއް ހެދުމަށެވެ. އެ މޯލްގެ ކޮންސެޕްޓުގައި އޮތީ އެކި ހަރަކާތްތަކަށް ބޮޑު ހުސް ޖާގައެއް ބާއްވާ ގޮތަށް ކަމަށް ވެސް އެ މީހާ ބުންޏެވެ.

"އެކަން ކުރަން ޖަނާ ރާވާފައި އޮތީ ބޭރުގެ ކުންފުންޏަކާ ގުޅިގެން. ނަމަވެސް އަދިވެސް މަޝްރޫއުގެ އިތުރު ކުރިއެރުމެއް ނެތް،" އޭނާ ބުންޏެވެ.

އެ މަޝްރޫއުއާ ގުޅޭ ގޮތުން ޖަނާހުގެ އެއްވެސް ބަހެއް ނުލިބުނެވެ.

އިއުލާނު ކުރުމެއް ނެތި ވިޔަފާރި ބޭނުންތަކަށް ހުޅުމާލޭން ގިނަ ބިންތަކެއް އެޗްޑީސީގެ މިހާރުގެ މެނޭޖުމެންޓުން ދޫކޮށްފައިވެ އެވެ. ސަރުކާރާ ގުޅުން އޮތް އެކި ފަރާތްތަކަށް އެފަދަ ބައެއް ބިންތައް ދިނީ ކުލީގެ އިތުރުން ސީއެސްއާރުގެ ގޮތުގައި ފައިސާ ދައްކާ ގޮތަށް ނުވަތަ އެހެން ކަމެއް ކުރަންޖެހޭ ގޮތަށެވެ.

ބޮޑު ބިމެއް ޖަނާހުއަށް ދިނީ ކޮން އަގެެއްގައި ކަމެއް، އަދި ޝަރުތުކުރި ކަންކަމަކީ ކޮބައިކަމެއް އެޗްޑީސީން ހާމަކޮށްފައެއް ނެތެވެ. އެކަމާ ގުޅޭ ގޮތުން އެ ކުންފުނީގެ ބަހެއް ނުލިބުނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox