ޓްރަމްޕަށް ހުކުމް ކުރުން އިންތިހާބުގެ ފަހަށް ފަސްކޮށްފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް: ޓްރަމްޕްގެ މައްޗަށް ސާބިތުވި މައްސަލައިގައި ހުކުމް ކުރުން އިންތިހާބަށް ފަހަށް ވަނީ ފަސްކޮށްފައި -- ފޮޓޯ: ރޮއިޓާސް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް: ޓްރަމްޕްގެ މައްޗަށް ސާބިތުވި މައްސަލައިގައި ހުކުމް ކުރުން އިންތިހާބަށް ފަހަށް ވަނީ ފަސްކޮށްފައި -- ފޮޓޯ: ރޮއިޓާސް

އެމެރިކާގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ އެ ގައުމުގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ މައްޗަށް އަންހެނަކާއެކު އޮތް ގުޅުން އޮއްބާލަން ފައިސާ ދިންކަން ސާބިތުވި މައްސަލާގައި ހުކުމް ކުރުން އިންތިހާބުގެ ފަހަށް ފަސްކޮށްފި އެވެ.

ޓްރަމްޕްގެ ގާނޫނީ ވަކީލުން ހުކުމް ފަސްކޮށްދޭން މިދިޔަ މަހު ހުށަހެޅި ހުށަހެޅުން ގަބޫލުކޮށް، ނިއުޔޯކްގެ ފަނޑިޔާރަކު ހުއާން މާޗަން ވަނީ ޓްރަމްޕަށް ހުކުމް ކުރުން ނޮވެމްބަރު، 26 އަށް ފަސްކޮށްފައިވާކަން ހާމަކޮށްފަ އެވެ.

"ހުކުމް ކުރުން މަޑުޖައްސާލީ ދައުވާ ލިބޭ ފަރާތަކީ ކެންޑިޑޭޓަކަށްވާތީ، ދައުވާގެ ސަބަބުން އިންތިހާބަށް އަސަރުކޮށްފާނެތީ،" މާޗަން ވިދާޅުވި އެވެ.

Advertisement

ނޮވެމްބަރު، 5 ގައި އޮންނަ އިންތިހާބުގައި ރިޕަބްލިކަން ޕާޓީގެ ފަރާތުން ވާދަ ކުރައްވާ ޓްރަމްޕްގެ މައްސަލާގައި ހުކުމް ކުރަން ކުރިން ތާވަލުކުރީ ސެޕްޓެމްބަރު، 18 އަށެވެ.

ހުކުމް ފަސްކުރުމާ ގުޅިގެން ޓްރަމްޕް ވަނީ އެކަމަށް މަރުހަބާ ވިދާޅުވެ، މުޅި މައްސަލަ ވެސް އެއްކޮށް ބާތިލުކުރަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ.

ޓްރަމްޕްގެ މައްޗަށް ސާބިތުވީ ރައީސް ކަމަށް ކުރިން ފަހަރު ވާދަކުރެއްވި ދުވަސްވަރު އެފަހަރުގެ ކެމްޕޭނަށް ލިބިދާނެ ގެއްލުން ކުޑަ ކުރަން، ސްޓޯމީ ޑެނިއަލްސް ނަމަކަށް ކިޔާ އަންހެނަކަށް ފައިސާ ދިން މައްސަލައިގަ އެވެ.

ޓްރަމްޕް، ސްޓޯމީއަށް 130،000 ޑޮލަރު ދީފައިވާއިރު، އެ ފައިސާ ދިނުމަށް މަގުފަހިކުރީ ޓްރަމްޕް ވިޔަފާރީގެ ހިސާބުތައް އޮޅުވާލައްވައި އޭނާގެ ކުރީގެ ވަކީލް ކޯއެން މެދުވެރިކޮށް ކަމަށްވެސް ދައުވާގައި ބުނެފައިވެ އެވެ.

އެމެރިކާގެ ގާނޫނުގައިވާ ގޮތުން، މި ދައުވާތައް ސާބިތުވުމާއެކު ޖަލު ހުކުމެއް އިއްވިޔަސް ނޮވެމްބަރު މަހު ބާއްވާ އެ ގައުމުގެ ރިޔާސީ އިންތިހާބުގައި ޓްރަމްޕަށް ވާދަކުރެވޭނެ އެވެ. އެމެރިކާގެ ރައީސަކަށް ވުމުގެ ގާނޫނީ ޝަރުތުތަކަކީ 35 އަހަރުވެފައި ވުމާއި، އެމެރިކާގައި ވިހާފައިވާ ރައްޔިތަކަށް ވުން ނުވަނަ އެމެރިކާ ރައްޔިތަކަށްވިތާ 14 އަހަރުވުމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދޮންބާސް ދޫކޮށްލައިފިނަމަ ނޭޓޯ މެންބަރުކަން ދިނުމުގެ ހުށަހެޅުމެއް

ޔޫކްރެއިންގެ ދޮންބާސް ސަރަހައްދު ރަޝިއާއަށް ދޫކޮށްލުމުގެ ބަދަލުގައި އެ ގައުމަށް ނޭޓޯގެ މެންބަރުކަން ދިނުމުގެ ހުށަހަޅުމެއް އެމެރިކާގެ މަންދޫބުން ހުށަހަޅާފައިވާ ކަމަށް ރައީސް ޒެލެންސްކީ ވިދާޅުވެއްޖެއެވެ. މިފަދަ އެއްބަސްވުމަކަށް ދާނީ ގައުމުގެ ސަލާމަތާއި އާރާސްތުކުރުމުގެ ފުރިހަމަ ޔަގީންކަން ލިބި، ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން އެކަން ފާސްވެއްޖެނަމަ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

ޔޫގަންޑާގައި އަސްކަރީ ޖެނެރަލުން ހައްޔަރުކޮށްފި

ޔޫގަންޑާގެ ރައީސް މުސެވެނީގެ ދަރިކަލުން އަދި އަސްކަރިއްޔާގެ ވެރިޔާ ޖެނެރަލް މުހޫޒީ ކައިނޭރުގާބާ، އެ ގައުމުގެ އިސް ޖެނެރަލުންތަކެއް ހައްޔަރުކޮށް ނައިބު ރައީސަށް އިންޒާރު ދެއްވުމާ ގުޅިގެން ސިޔާސީ ނުތަނަވަސްކަން ވަނީ ބޮޑުވެފައެވެ. މުހައްލިލުން ގަބޫލުކުރާ ގޮތުގައި މިއީ ބައްޕައަށް ފަހު ވެރިކަމަށް ވަޑައިގަތުމަށްޓަކައި، އެކަމަށް ހުރަސްއަޅާ ފަރާތްތައް އެއްފަރާތްކުރުމަށް ކައިނޭރުގާބާ ހިންގަވާ ސިޔާސީ ހަރަކާތެކެވެ. މި ހައްޔަރުކުރުންތަކަކީ ކޮރަޕްޝަނާ ދެކޮޅަށް ކުރާ ކަމެއް ކަމަށް އަސްކަރިއްޔާއިން ބުނި ނަމަވެސް، މިއީ ސީދާ ވެރިކަމުގެ ބާރުތައް ހޯދުމަށް ކުރާ ކަމެއްކަމުގެ ތުހުމަތު ވަނީ އަމާޒުވެފައެވެ.

އެމެރިކާގެ ހުރިހާ ފްލައިޓްތަކެއް ހުއްޓުމަކަށް

އެމެރިކާގެ އެއާ ޓްރެފިކް ކޮންޓްރޯލްގެ މުއާސަލާތީ ނިޒާމަށް ދިމާވި މައްސަލައަކާ ގުޅިގެން، އެ ގައުމުގެ ހުރިހާ ފްލައިޓްތަކެއް ހުއްޓުމަކަށް އައިސް ގިނަ އަދަދެއްގެ ދަތުރުތައް ވަނީ ކެންސަލްވެފައެވެ. މިއީ ސައިބާ ހަމަލާއެއް ނޫން ކަމަށާއި، މިއީ ނިޒާމަށް ދިމާވި ފަންނީ މައްސަލައެއް ކަމަށް ކަމާބެހޭ އިދާރާތަކުން ވަނީ ހާމަކޮށްފައެވެ.

ޓްރަމްޕް، ޝީ އަދި ޕުޓިން އަންނަ ހަފުތާގައި ބައްދަލުކުރަނީ

އަންނަ ހަފުތާގައި ޗައިނާގައި ބާއްވާ އޭޕެކް ސަމިޓުގެ ހަވާސާގައި އެމެރިކާ، ޗައިނާ އަދި ރަޝިޔާގެ ރައީސުން ބައްދަލުކުރައްވައި ނިއުކްލިއާ ހަތިޔާރު މަދުކުރުމާ ގުޅޭގޮތުން ތާރީޚީ މަޝްވަރާތަކެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ބައްދަލުވުމުގައި ނިއުކްލިއާ މައްސަލައިގެ އިތުރުން އީރާނުގެ މައްސަލައާ ގުޅޭގޮތުން ވެސް ވާހަކަދެއްކުމަށް ހަމަޖެހިފައިވާއިރު، މިއީ މި ތިން ގައުމުގެ އިސްވެރިން އެކުގައި ބާއްވާ މިފަދަ ފުރަތަމަ ބައްދަލުވުމެވެ.

މައިކްރޯސޮފްޓްގެ ހިދުމަތްތަކަށް ބުރޫ އަރައިފި

މައިކްރޯސޮފްޓްގެ އިންފްރާސްޓްރަކްޗާއަށް ބާރުބޮޑުވުމުގެ ސަބަބުން، އައުޓްލުކް އާއި ޓީމްސް ހިމެނޭހެން އެ ކުންފުނީގެ ގިނަ ހިދުމަތްތަކަކަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޮޑެތި ބުރޫތަކެއް އަރައިފިއެވެ. މި މައްސަލަ ހައްލުކޮށް ހިދުމަތްތައް އާންމު ހާލަތަށް ގެނައުމަށްޓަކައި އެ ކުންފުނިން ދަނީ އަވަސް ފިޔަވަޅުތަކެއް އަޅަމުންނެވެ. ބައެއް ސަރަހައްދުތަކަށް މިހާރު ހިދުމަތް ލިބުނު ނަމަވެސް، މައްސަލަ އެއްކޮށް ހައްލުކުރުމުގެ މަސައްކަތް އަދިވެސް ދަނީ ކުރިއަށެވެ.

ގާޒާގެ ހޮސްޕިޓަލަކަށް ހަމަލާދީ ޑޮކްޓަރަކާއި ކުއްޖަކު މަރާލައިފި

ގާޒާގެ ނާސިރު ހޮސްޕިޓަލަށް އިޒްރޭލުން ދިން ވަރުގަދަ ހަމަލާއެއްގައި ޑޮކްޓަރަކާއި ކުޑަކުއްޖަކު ހިމެނޭހެން ހަ މީހަކު ޝަހީދުވެ، 40 މީހުންނަށް އަނިޔާވެއްޖެއެވެ. އެމެރިކާގައި އުފައްދާފައިވާ ބޮން ބޭނުންކޮށްގެން ދިން މި ހަމަލާގައި ހޮސްޕިޓަލުގެ ސާޖަރީ ޔުނިޓަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، އިޒްރޭލުން ބުނަނީ މިއީ ހަމާސްގެ ކޮމާންޑަރަކަށް އަމާޒުކޮށް ދިން ހަމަލާއެއް ކަމަށެވެ.

އެންވީޑިއާގެ ސީއީއޯ އިސްތިއުފާ ދެއްވައިފި

އެންވީޑިއާގެ ސީއީއޯ ޖެންސަން ހުއާން ކުއްލި ގޮތަކަށް މަގާމުން އިސްތިއުފާ ދެއްވީ، އޭނާ ބޭއްވި ނަހަމަ ގުޅުންތަކެއްގެ ތެރޭގައި ޗައިނާގެ ޖާސޫސަކު ހިމެނޭ ކަމަށް ތުހުމަތު ކުރެވި ގައުމީ ސަލާމަތަށް ނުރައްކާވުމާ ގުޅިގެންނެވެ. މި ހާދިސާއާ އެކު ކުންފުނީގެ ބާޒާރުގެ އަގުން 550 ބިލިއަން ޑޮލަރު އުނިވެފައިވާއިރު، ވަގުތީ ގޮތުން ކުންފުނި ހިންގުމާ ހަވާލުވެވަޑައިގަތީ ސީއެފްއޯ ކޮލެޓް ކްރެސް އެވެ. އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުން މިހާރު ދަނީ މި މައްސަލަ ތަހުގީގުކޮށް، ޖެންސަން ކޮންގްރެސްއަށް ހާޒިރުކުރުމަށް މަސައްކަތް ކުރަމުންނެވެ.

Newsletter

Get the latest news delivered straight to your inbox