އަންހެން ފުޓްބޯޅަ ލެޖެންޑް އަލެކްސް މޯގަން ރިޓަޔާކޮށްފި

Sep 6, 2024, 3:16 AM
އަންހެން ފުޓްބޯޅަ ލެޖެންޑް އަލެކްސް މޯގަން ރިޓަޔާކޮށްފި

ލޮސް އެންޖެލްސް، ޔުނައިޓެޑް ސްޓޭޓްސް (ސެޕްޓެމްބަރު 6) - އަންހެން ފުޓްބޯޅަ ލެޖެންޑް، އެމެރިކާގެ އަލެކްސް މޯގަން، ޕްރޮފެޝަނަލް ފުޓްބޯޅައިން ރިޓަޔާކޮށްފި އެވެ.

އުމުރުން 35 އަހަރުގެ އަލެކްސް މޯގަން، ރިޓަޔާކުރިކަން އިއުލާނުކޮށްފައިވަނީ، ސޯޝަލް މީޑިއާގައި ޕޯސްޓްކުރި ވީޑިއޯއެއްގަ އެވެ. އޭނާ ބުނެފައިވަނީ، ދެ ވަނަ ދަރިއަކަށް ބަލިވެއިން ކަމަށާއި މިއީ ފުޓްބޯޅަ ކެރިއަރަށް ނިމުން ގެންނަން އެންމެ ރަނގަޅު ވަގުތު ކަމަށެވެ.

އެމެރިކާ ގައުމީ ފުޓްބޯޅަ ޓީމާ އެކު ދެ ފީފާ ވިމެންސް ވޯލްޑް ކަޕް (2015 އާއި 2019)، އޮލިމްޕިކް އަންހެން ފުޓްބޯޅަ އިވެންޓުން ދެ ފަހަރު ރަން މެޑަލް (2012 އާއި 2024) ހޯދި، އަލެކްސް މޯގަން ވަނީ އެމެރިކާ ޓީމަށް ކުޅުނު 224 މެޗުން 123 ގޯލު ޖަހައި، 54 ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.

"ފުޓްބޯޅައިގައި އަހަންނަށް 30 އަށް ވުރެ ގިނަ އަހަރު އުޅެވިއްޖެ. އަހަރެން އެންމެ ފުރަތަމަ ލޯބިވީ ފުޓްބޯޅަ އަށް، އަހަންނަށް ފުޓްބޯޅައިން އުންމީދުކުރި ކަންކަމަށް ވުރެ ވެސް ގިނަ ކަންތައްތައް ހާސިލްްކުރެވިއްޖެ، އެހެންވީމަ، ވަރަށް ވިސްނާފައި މި ނިންމީ، މިއީ އެންމެ ރަނގަޅު ވަގުތުކަން ދުރަށް ޖެހިލަން،" އަލެކްސް މޯގަން ބުންޏެވެ.

އެމެރިކާގެ އަންހެން ފުޓްބޯޅަ ޓީމާއި ފިރިހެން ފުޓްބޯޅަ ޓީމަށް އެއް ހަމައެއްގައި މުސާރަ ހޯދުމަށް، ކޯޓު މެދުވެރިކޮށް، 2022 ވަނަ އަހަރު ކާމިޔާބު ހޯދުމުގައި، އަލެކްސް މޯގަން އަކީ އެންމެ އިސް ސަފުގައި މަސައްކަތް ކުރި ކުޅުންތެރިއެކެވެ.

އިންޑިވިޖުއަލް ގިނަ އެވޯޑްތަކެއް ހޯދާފައިވާ އަލެކްސް މޯހަން، އަށް 2020 ވަނަ އަހަރުގެ މެއި މަހު އަލަތު ދަރިއަކު ލިބުނުއިރު، އަލުން ފިޓްވެގެން އައިސް ކުޅުނީ އިނގިރޭސި ކްލަބް ޓޮޓެންހަމް ހޮޓްސްޕާސް އަށެވެ.

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox