އެސްޕަޔާ ފުޓްބޯލް އެކެޑަމީގެ ސްޕޯޓްސް ޕާޓްނަރަކަށް މާކުއީ އެމްވީ

Sep 4, 2024, 4:29 AM
އެސްޕަޔާ ފުޓްބޯލް އެކެޑަމީގެ ސްޕޯޓްސް ޕާޓްނަރަކަށް މާކުއީ އެމްވީ

ފުޅާދާއިރާއެއްގައި މަސައްކަތް ކުރުމުގެ އަމާޒުގައި ކުރިއަށްދަމުން އަންނަ އެސްޕަޔާ ފުޓްބޯލް އެކެޑަމީގެ ސްޕޯޓްސް ޕާޓްނަރަކަށް މާކުއީ އެމްވީ ހަމަޖައްސައިފި އެވެ.

މީގެ އަށް ވަރަކަށް މަސް ކުރިން ފެށި އެސްޕަޔާ އެެކެޑަމީ މިހާތަނަށް ވެސް ވަނީ ގިނަ ކުރިއެރުންތަކެއް ހޯދައިފަ އެވެ.

އެ ގޮތުން، ކުޅިވަރު ސާމާނު ރާއްޖެ ގެނައުމުގައި، ގިނަ ބަޔެއްގެ މަގުބޫލުކަން ހޯދައިފައިވާ، މާކުއީ އެމްވީއާ އެކު، ސްޕޯޓްސް ޕާޓްނަރަކަށް ސޮއިކުރުމަކީ އެސްޕަޔާ އިން ދެކޭގޮތުގައި، އެކެޑަމީގެ ކަންކަން ކުރިއަށްގެންދަން ލިބިގެންދާނެ ބޮޑު ކުރިއެރުމެވެ.

އެސްޕަޔާ އިން އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ، އެސްޕަޔާގެ ވައިސް ޕްރެޒިޑެންޓް، އަހުމަދު ފައްރާހު (ފައްރަ) އެވެ. އަދި މާކުއީ އެމްވީގެ ފަރާތުން ސޮއިކޮށްފައިވަނީ، ކޯ ފައުންޑަރު، ހުސެއިން ގައްސާން ލަބީބް (ހުސީ) އެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު، ފެށި އެސްޕަޔާ އެކެޑަމީން ދާދި ފަހުން ވަނީ ރާއްޖޭގެ އެންމެ ކާމިޔާބު ޔޫތު ފުޓްބޯޅަ ޓީމު، ކްލަބް އީގަލްސްގެ ޔޫތު ލެވަލްގެ ކަންކަމާ ހަވާލުވެފަ އެވެ. އަދި ގިނަ ސްކޫލްތަކެއްގެ ޔޫތު ޓީމުތަކުގެ ސެޓަޕް ހަދައިދިނުމުގައި، އެސްޕަޔާ ވަނީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ. އެކެޑަމީގެ މި މުހިންމު، ޕްރޮޖެކްޓްތައް، އެސްޕަޔާ އެކެޑަމީ އިން ގެންދަނީ ރާއްޖޭގެ ލެވަލްގެ ތަޖުރިބާ ބޮޑު ކޯޗުންނާ އެކު އެވެ.ދާދި ފަހުން، އެސްޕަޔާ އިން ވަނީ، އެ އެކެޑަމީ އަށް އާ ކޯޗުން ހަމަޖައްސައި، އެކެޑަމީގެ ޕްރޮގްރާމްތައް ކުރިއަށް ވުރެން ފުޅާކުރަން ނިންމައިފަ އެވެ.

އެސްޕަޔާގެ ޕްލޭން ހެދުމުގައި މަސައްކަތް ކުރަނީ، ޓެކްނިކަލް ޑިރެކްޓަރެއްގެ ރޯލުގައި ހުރި ޕްރޯ ލައިސަންސް ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) އާއި އެޑްމިނިސްޓްރޭޓިވް ކަންކަމާ ހަވާލުވެހުރި، އެފްއޭއެމްގެ ކުރީގެ ޖެނެރަލް ސެކްރެޓަރީ، ހުސެއިން ޖަވާޒް (ޖަވާ) އެވެ. އެ ގޮތުން، އެކެޑަމީގެ ޓެކްނިކަލް އަދި އެޑްމިނިސްޓްރޭޓިވް ކަންކަން، ރަނގަޅަށް ހިންގުމުގައި، ޖަވާ އާއި މޯހަން ހަރަކާތްތެރިވުމަކީ، އެ އެކެޑަމީ އަށް ލިބޭ ބޮޑު ކުރިއެރުމެއްގެ ގޮތުގައި އެ އެކެޑަމީން ދެކެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

ވިކްޓަރީ އާއި މާޒިޔާގެ ކުރިމަތިލުން ހަމަހަމަ

ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އާއި ވިކްޓަރީ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ވިކްޓަރީން ލީގު ތާވަލުގެ ކުރީގައި މަގާމު ދަމަހައްޓައިފި. މި މެޗުގައި ވިކްޓަރީން ފުރަތަމަ ލީޑު ނެގި ނަމަވެސް، މާޒިޔާ އިން ފަހަތުން އަރައި ނަތީޖާ އަނބުރާލާފައި ވަނިކޮށް ވިކްޓަރީން ވަނީ އިތުރު ލަނޑެއް ޖަހައި ޕޮއިންޓެއް ކަށަވަރުކޮށްފައި

ދިއްދޫ އަތްދަށުން ނިއު ރޭޑިއަންޓް ބަަލިނުވެ ސަލާމަތްވީ ކިރިޔާ

ދިވެހި ޕްރިމިއާ ލީގުގައި ހއ. ދިއްދޫ އާއި ނިއު ރޭޑިއަންޓް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ދިއްދޫން ދެ ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް ނިއު އިން ނަތީޖާ އެއްވަރުކުރީ މެޗުގެ އިތުރު ވަގުތުގެ އެންމެ ފަހު ސިކުންތުކޮޅުގައި، ދިއްދޫން މި މެޗުގެ 13 މިނިޓް ތެރޭ ދެ ލަނޑު ޖެހި.

ރަފީނިއާ އަށް ބާސެލޯނާގެ ދެ މެޗު ގެއްލޭނެ

ބްރެޒިލް ގައުމީ ޓީމަށް ކުޅެނިކޮށް ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން، ބާސެލޯނާގެ ފޯވާޑް ރަފީނިއާ އަށް އެ ކްލަބުން ދެން ކުޅޭ ދެ މެޗު ގެއްލޭނެއެވެ. ކޯޗު ހަންސީ ފްލިކް ބުނީ އަނިޔާ ސީރިއަސް ނޫނަސް، އޭނާ ބޭނުންކުރާނީ އެއްކޮށް ފިޓްވުމުން ކަމަށެވެ. މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ރަފީނިއާ ވަނީ މިހާތަނަށް 8 މެޗުން 14 ލަނޑު ޖަހައިފައެވެ.

ތުރުކީ ކޯޗުކަމުން މޮންޓެލާ ވަކިކޮށްފި

އެންމެ ފަހުން، ކުޅުނު ހަތަރު މެޗުން ބަލިވުމާ ގުޅިގެން، ތުރުކީގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމުން އިޓަލީގެ ވިންޗެންޒޯ މޮންޓެލާ ވަކިކޮށްފި. މޮންޓެލާ ވަނީ 24 އަހަރަށް ފަހު ތުރުކީ ވޯލްޑް ކަޕަށް ކޮލިފައިކޮށްދީ، އެ ޓީމަށް 40 މެޗުގައި އިރުޝާދުދީފައި. އޭނާ މަގާމުން ވަކިކުރިއިރު، ތުރުކީއާ އެކު ހަދާފައިވާ އެއްބަސްވުން 2028 ވަނަ އަހަރުގެ ޔޫރޯގެ ނިޔަލަށް އޮތް

Newsletter

Get the latest news delivered straight to your inbox