ކޮންޓްރެކްޓްގެ ވާހަކަ އަކީ ޑި ބްރޭނާ އަށް ބޮލުގެ ރިހުމެއް ނޫން

Sep 4, 2024, 4:16 AM
ކޮންޓްރެކްޓްގެ ވާހަކަ އަކީ ޑި ބްރޭނާ އަށް ބޮލުގެ ރިހުމެއް ނޫން

މެންޗެސްޓާ (ސެޕްޓެމްބަރު 4) - މި ސީޒަަނަށް ފަހު މެންޗެސްޓާ ސިޓީއާ އެކު، އޭނާ ހަދާފައި އޮތް ކޮންޓްރެކްޓް ހަމަވި ކަމުގައި ވިޔަސް، މި ވަގުތު އެކަމާ ގުޅިގެން ވިސްނަން ޖެހޭ އެއްވެސް ކަމެއް ނެތް ކަމަށް ސިޓީގެ ކެޕްޓަން، ކެވިން ޑި ބްރޭނާ ބުނެފި އެވެ.

ސިޓީ ދޫކޮށް ބޮޑު މުސާރަ އަކަށް ސައުދީ ޕްރޮފެޝަނަލް ލީގަށް (ޕްރޯ ލީގަށް) ބަދަލުވާން ޑި ބްރޭނާ، 33، އަށް މި ފަހަރު ފުރުސަތު ވެސް ލިބުނެވެ.

ސައުދީ ޕްރޯ ލީގުގެ ކުލަބަކުން ހުށަހެޅި ހަފްތާ އަކު، އެއް މިލިއަން ޑޮލަރުގެ މުސާރައެއް ލިބޭ ޑީލަށް ޑި ބްރޭނާ ވަނީ ނޫނެކޭ ބުނެފަ އެވެ. ޑި ބްރޭނާ އަށް ސައުދީ ޕްރޯ ލީގުގެ ވަރުގަދަ ތިން ޓީމުން ވެސް ހުށަހެޅުން ލިބުނެވެ.

ސިޓީގައި މި ވަގުތު ޑި ބްރޭނާ ހުރީ ހަފްތާ އަކު، 420،000 ޑޮލަރު ލިބޭ ގޮތަށެވެ. އެ އެއްބަސްވުން އިތުރު ދެ އަހަރަށް އާ ކުރަން އުޅޭ ވާހަކަ މީޑިއާގައި ދެކެވެ އެވެ.

ޑި ބްރޭނާ، ސިޓީއާ އެކު ހަދާފައި އޮތް އެއްބަސްވުން އާ ކުރާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ވެސް ވަނީ މީގެ ކުރިން ބުނެފަ އެވެ. ޑި ބްރޭނާ ވެސް މި ވަނީ އެ ފަދަ އިޝާރާތެއް ދީފަ އެވެ.

"ސީޒަން ކުރިއަށްދާ ވަރަކަށް ކޮންޓްރެކްޓްގެ ވާހަކަ ވެސް ފެށިގެންދާނެ. އަހަރެން ބޭނުންވަނީ ހިތްހަމަޖެހިގެން ފުޓްބޯޅަ ކުޅެން، އެކަން ހާސިލް އެބަކުރެވޭ. ކޮންޓްރެކްޓްގެ ކަންކަން ވެސް އަންނާނެ. އަހަރެން އެއްވެސް ކަމެއް އަވަސް އަރުވާލައިގެން ނޫޅެން،" މި ސީޒަނުގައި، ސިޓީގެ ހަތަރު މެޗުގައި ވެސް ކުޅެފައިވާ ޑި ބްރޭނާ ބުންޏެވެ.

ޖަރުމަނުގެ ކުލަބް ވުލްފްސްބާގް އިން ސިޓީ އަށް ޑި ބްރޭނާ ބަދަލުވީ 63 މިލިއަން ޑޮލަރަށެވެ. ސިޓީއާ އެކު ޑި ބްރޭނާ ގިނަ ކާމިޔާބީތަކެއް ހޯދާފައިވެ އެވެ. އިންޑިވިޖުއަލް ގިނަ ޓްރޮފީތަކެއް ވެސް ސިޓީގައި ހުރެ ހޯދި، ޑި ބްރޭނާ ސިޓީއާ އެކު ހޯދި އެންމެ ބޮޑު ކާމިޔާބީ އަކީ ޗެމްޕިއަންސް ލީގެވެ.

ކުރިން އިނގިރޭސި ޕްރިމިއާ ލީގުގެ ޗެލްސީ އަށް ވެސް ކުޅުނު ޑި ބްރޭނާ ވަނީ ސިޓީ އަށް، 2015 ވަނަ އަހަރު ބަދަލުވުމަށް ފަހު އެ ޓީމާ އެކު، ހަ ފަހަރު ޕްރިމިއާ ލީގު ކާމިޔާބުކުރި އެވެ. އަދި ދެ ފަހަރު ޕްރިމިއާ ލީގުގެ މޮޅު ކުުޅުންތެރިޔާގެ މަގާމު ހޯދި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox