ޔުނައިޓެޑް ވެސް ބަލިކޮށް ސްލޮޓަށް ލިވަޕޫލްގައި ވަރުގަދަ ފެށުމެއް

Sep 1, 2024, 6:14 PM
ޔުނައިޓެޑް ވެސް ބަލިކޮށް ސްލޮޓަށް ލިވަޕޫލްގައި ވަރުގަދަ ފެށުމެއް

މެންޗެސްޓާ (ސެޕްޓެމްބަރު 1) - މެންޗެސްޓާ ޔުނައިޓެޑް ދަނޑުގައި އެ ޓީމު 3-0 އިން ބަލިކޮށް، އާ ކޯޗު އާނާ ސްލޮޓްގެ ކޯޗުކަމުގައި ލިވަޕޫލުން ވަރުގަދަ ފެށުން ކުރިއަށް ގެންގޮސްފި އެވެ.

ލިވަޕޫލާއި ސިޓީ އަކީ މި ފަަހަރުގެ ލީގުގައި ފުރަތަަމަ ތިން މެޗުން މޮޅުވި ދެ ޓީމެވެ. ލިވަޕޫލަކީ، ފުރަތަމަ ތިން މެޗު ނިމުނުއިރު، ގޯލެއް ނުވަދެ ނިންމާލި ހަމައެކަނި ޓީމެވެ. ލިވަޕޫލްގެ ކޯޗު ސްލޮޓަކީ، ޕްރިމިއާ ލީގުގެ ޓީމަކާ ހަވާލުވެ ފުރަތަމަ ތިން މެޗުން ގޯލެއް ނުވަދެ، 2007 ވަނަ އަހަރު ސްވެން ގޯރަން އެރިކްސަން ކޯޗުކޮށްދިން މެންޗެސްޓާ ސިޓީ އަށް ފަހު މި ރެކޯޑް ހެދި ޓީމެވެ.

ޔުނައިޓެޑްގެ އޯލްޑް ޓްރެފޯޑްގައި މިރޭ ކުޅުނު މެޗުގައި، ލިވަޕޫލްގެ ޓްރެންޓް އަލެކްސަންޑާ-އާނޯލްޑް ގޯލެއް ޖެހި ނަމަވެސް، އޮފްސައިޑްގައި ހުރި މުހައްމަދު ސަލާހު ފައިގައި ބޯޅަ ޖެހުމުން، ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބެލުމަށް ފަހު، ނިންމީ އެ ގޯލެއް ނޫން ކަމަށެވެ.

އެހެން ނަމަވެސް، ލިވަޕޫލުން ވަނީ ފުރަތަމަ ހާފުގައި ދެ ގޯލު ޖަހައިފަ އެވެ. ޔުނައިޓެޑްގެ ބްރެޒިލް މިޑްފީލްޑަރު، ކަސެމީރޯ އަށް ހެދުނު ގޯސްތަކެއްގެ ފައިދާނަގައި، ލިވަޕޫލްގެ ދެ ގޯލު ވެސް ޖެހީ، ލުއިސް ޑިއާޒް އެވެ. ދެ ގޯލަށް ވެސް ފުރުސަތު ތަނަވަސްކޮށްދިނީ ސަލާހު އެވެ.

ޔުނައިޓެޑުން ދެ ވަނަ ހާފް ފެށީ، ކަސެމީރޯ ބަދަލުކޮށްގެންނެވެ.

ދެ ވަނަ ހާފުގައި ލިވަޕޫލްގެ ލަނޑު ޖެހީ ސަލާހު އެވެ. މިއީ، ޑޮމިނިކް ސޮބޯސްލާއި ދިން ބޯޅައަކުން ސަލާހު ޖެހި ގޯލެކެވެ. އިތުރު ގޯލުތަކެއް ޖަހަން ސަލާހު އާއި ސޮބޯސްލާއި އަށް ހުސް ފުރުސަތުތަކެއް ލިބުނުއިރު، ބޭނުމެއް ނުކުރެވުނެވެ.

ޔުނައިޓެޑަށް ލަނޑެއް ޖަހައިދޭން، ޖޯޝުއާ ޒާކްޒީ ފޮނުވާލި ދެ ބޯޅަ ވެސް ލިވަޕޫލްގެ ކީޕަރު އަލިސަން ބެކާ ވަނީ މަތަކޮށްފަ އެވެ.

ލީގުގައި ފުރަތަމަ ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން ޔުނައިޓެޑް މި ވަނީ ބަލިވެފަ އެެވެ. ޔުނައިޓެޑްގެ ކޯޗު އެރިކް ޓެން ހާގް ބުނީ އޭނާގެ ޓީމަށް ވުރެ ރަނގަޅަށް މި މެޗުގައި ޖުމްލަކޮށް ލިވަޕޫލުން ކުރި މަސައްކަތް ރަނގަޅުކަމަށާއި މޮޅެއް ހައްގުވަނީ ވެސް ލިވަޕޫލަށް ކަމަށެވެ.

ސްލޮޓް މި ވަނީ ލިވަޕޫލާ ހަވާލުވުމަށް ފަހު، ފުރަތަމަ މެޗުގައި ޔުނައިޓެޑް އަތުން މޮޅުވެ، މި ގަރުނުގައި އެކަން ހާސިލްކުރި ފުރަތަމަ ކޯޗުގެ ޝަރަފް ހޯދައިފަ އެވެ. އެންމެ ފަހުން އެކަން ހާސިލްކުރީ، 1975 ވަނަ އަހަރު ލިވަޕޫލަށް ކޯޗުކޮށްދިން ބޮބް ޕޭސްލީ އެވެ.

ލީގުގައި މިރޭ ޗެލްސީން އަމިއްލަ ދަނޑުގައި 1-1 އިން ކްރިސްޓަލް ޕެލަސްއާ ވީ އެއްވަރެވެ. ނިކޮލަސް ޖެކްސަން ޗެލްސީ އަށް ލީޑުނަގައިދީފައިވަނިކޮށް، އެބްރެޗީ އެޒޭ ވަނީ ޕެލަސް އަށް އެއްވަރުކޮށްދީފަ އެވެ. ނިއުކާސަލް ޔުނައިޓެޑުން ވަނީ އަމިއްލަ ދަނޑުގައި 2-1 އިން ޓޮޓެންހަމް ހޮޓްސްޕާސް ބަލިކޮށްފަ އެވެ. ނިއުކާސަލްގެ ހާވީ ބާންސް ލަނޑެއް ޖަހާފައި އޮއްވައި، ޓޮޓެންހަމް އިން އެއްވަރުކުރީ، ނިއުކާސަލްގެ ޑެން ބާންސް އަތުން ބައިކޮޅަށް ވަން ގޯލުންނެވެ. އެކަމަކު، އަލެކްސަންޑަ އިސާކް ވަނީ ލަނޑެއް ޖަހައި، ނިއުކާސަލް މޮޅުކޮށްދީފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox