އުރީދޫގެ އަހަރީ ދުވަސް ފާހަގަކުރުން ކުޑަކުދިންގެ ފެސްޓިވަލަކާއެކު ނިންމާލައިފި

އުރީދޫގެ އަހަރީ ދުވަސް ފާހަގަކުރުން ކުޑަކުދިންގެ ފެސްޓިވަލަކާއެކު ނިންމާލުން -- ފޮޓޯ: އުރީދޫ

އުރީދޫގެ އަހަރީ ދުވަސް ފާހަގަކުރުން ކުޑަކުދިންގެ ފެސްޓިވަލަކާއެކު ނިންމާލުން -- ފޮޓޯ: އުރީދޫ

އުރީދޫގެ 19 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުން ކުޑަކުދިންގެ ފެސްޓިވަލަކާއެކު އިއްޔެ ކުލަގަދަކޮށް ނިންމާލައިފި އެވެ.

ކުޑަކުދިންގެ ފެސްޓިވަލްގައި ފޯމް ޕާޓީއެއްގެ އިތުރުން ހާއްސަ ރޮބޮޓްތަކާއެކު އެކި ހަރަކާތްތައް ކުރިއަށް ގެންދިޔަ އެވެ.

އުރީދޫގެ އަހަރީ ދުވަހާ ދިމާކޮށް އެ ކުންފުނިން ރާއްޖޭގެ އާބާދީގެ 60 ޕަސަންޓަށް 5-ޖީ ނެޓްވޯކް ފުޅާކުރިކަން ވަނީ އިއުލާން ކޮށްފަ އެވެ.

އުރީދޫއިން ވަނީ އަހަރީ ދުވަހާ ދިމާކޮށް ގަތަރާއި އެހެން ބައެއް ގައުމުތަކުގައި އެ ކުންފުނިން ހިންގާ ނުޖޫމް ލޯޔަޓީ ޕްރޮގްރާމް ރާއްޖޭގައި ތައާރަފުކޮށްފަ އެވެ.

އުރީދޫގެ އަހަރީ ދުވަސް ފާހަގަކުރުން ކުޑަކުދިންގެ ފެސްޓިވަލަކާއެކު ނިންމާލުން -- ފޮޓޯ: އުރީދޫ
އުރީދޫގެ އަހަރީ ދުވަސް ފާހަގަކުރުން ކުޑަކުދިންގެ ފެސްޓިވަލަކާއެކު ނިންމާލުން -- ފޮޓޯ: އުރީދޫ

އުރީދޫގެ އަހަރީ ދުވަސް ފާހަގަކުރުން ކުޑަކުދިންގެ ފެސްޓިވަލަކާއެކު ނިންމާލުން -- ފޮޓޯ: އުރީދޫ

އެގޮތުން އުރީދޫ އެޕް މެދުވެރިކޮށް ކުރާ ކޮންމެ ޓްރާންސެކްޝަނަކާއެކު ޕޮއިންޓް ހޯދައި، އުރީދޫގެ ގިނަ ހިދުމަތްތަކަށާއި ތާޑް ޕާޓީ އޮފާތަކަށް ރިޑީމް ކުރެވޭނެ އެވެ.

މީގެ އިތުރުން އުރީދޫގެ އާޗާ ސުޕަނެޓުން ކޮންމެ ދުވަހަކު ޑޭޓާ ލިބޭ ޕްލޭންތަކެއް ތައާރަފްކޮށް، އޭއައި މެދުވެރިކޮށް ޕްލޭންތައް ތައްޔާރު ކުރެވޭ ފީޗާއެއް އިތުރުކޮށް، ޑޭޓާ ލިބޭ އެކި އާ އޮފާތައް ތައާރަފްކޮށްފަ އެވެ.

އުރީދޫއިން ވަނީ އަހަރީ ދުވަހާ ދިމާކޮށް ގަތަރާއި ރާއްޖޭގެ ޕްލޭޔަރުންނަށް ބައިވެރިވެވޭ ގޮތަށް އުރީދޫ ނޭޝަންގެ އިންޓަނޭޝަނަލް ފުރަތަމަ މުބާރާތް ބާއްވާފަ އެވެ. އަދި އޮފީސްތައް މެދުގައި ވެސް ބޮޑެތި ފައިސާގެ އިނާމުތަކާއެކު އީ-ސްޕޯޓްސްގެ މުބާރާތްތަކެއް އުރީދޫއިން ކުރިއަށް ގެންދިޔަ އެވެ.

ޑިޖިޓަލް ޓްރާންސްފޯމޭޝަން ގެނައުމަށާއި، އިނޮވޭޓިވް ސޮލިއުޝަންތަކާއި، ތަފާތު ހިދުމަތުގެ ޒަރިއްޔާއިން ދިވެހިންގެ ދިރިއުޅުން ކުރިއެރުވުމަށް އުރީދޫ މޯލްޑިވްސް އިން އަބަދުވެސް ދަނީ އިންވެސްޓުކޮށް، މަސައްކަތް ކުރަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިއްތިހާދުގެ މައިލްސްއިން މޯލްޑިވިއަންގެ ޓިކެޓް ނެގޭގޮތް ހަދައިފި

އިއްތިހާދު އެއާވޭސްގެ "އިއްތިހާދު ގެސްޓް" މެމްބަރުންނަށް އެ މީހުން އެއްކޮށްފައިވާ މައިލްސް ބޭނުންކޮށްގެން މޯލްޑިވިއަންގެ ފްލައިޓްތަކުން ޓިކެޓް ނެގޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސާފަ.

މިދިޔަ މަހު މައްޗަށް ދިޔަ ޓޫރިސްޓު ނަމްބަރުތައް މި މަހު ދަށަށް

މިދިޔަ އޮކްޓޫބަރު މަހު ރާއްޖެއަށް ޓޫރިސްޓުން އައި އަދަދު މައްޗަށް ދިޔަ ނަމަވެސް، ނޮވެމްބަރު މަހު އެ އަދަދު ވަނީ މިދިޔަ އަހަރާ އަޅާބަލާއިރު 6.3 ޕަސެންޓު ދަށަށް ގޮސްފަ. މިއާއެކު މި އަހަރުގެ މިހާތަނަށް ރާއްޖެއަށް އައި ޖުމްލަ ފަތުރުވެރިންގެ އަދަދު ވެސް ވަނީ މިދިޔަ އަހަރަށް ވުރެ 3.7 ޕަސެންޓު މަދުވެފަ.

އައިކެއާގައި ފްލޭޝް ސޭލްއެއް

އައިކެއާ އޮޕްޓިކަލްސްގެ ފަރީދީމަގު ފިހާރައިގައި ނޮވެމްބަރު 28 އަދި 29 ގައި އަވިއައިނަށް ޚާއްޞަ ފްލޭޝް ސޭލެއް ބޭއްވުމަށް ވަނީ ނިންމާފައެވެ. މި ސޭލުގައި ދުނިޔޭގެ މަޝްހޫރު ބްރޭންޑްތަކުގެ އަވިއައިނުން 15 އިންސައްތައާއި 50 އިންސައްތައާ ދެމެދުގެ ބޮޑެތި ޑިސްކައުންޓްތަކެއް ލިބިގެންދާނެއެވެ.

ފަތަން ނޭނގޭ ކޮންމެ ދެ ޓޫރިސްޓަކަށް ގައިޑެއް މަޖުބޫރުކޮށްފި

މޫދު ކުޅިވަރުތަކުގައި ހަރަކާތްތެރިވާ ހުރިހާ ގައިޑުންނަކީ ފަސްޓްއެއިޑާއި ރެސްކިއު ސަނަދު އޮތް ބަޔަކަށް ހެދުމަށްޓަކައި އެއް އަހަރު ދުވަހުގެ މުހުލަތެއް މި ގަވާއިދުން ވަނީ ދީފަ. އަދި އެކްސްކާޝަންތަކަށް ދާއިރު ފަތަން ނޭނގޭ މީހުންނާއި ސްނޯކްލިން ހަރަކާތްތަކުގައި ބައިވެރިވާ ހުރިހާ ފަރާތްތަކުން ލައިފް ޖެކެޓް އެޅުން ވެސް މިހާރު ވަނީ ލާޒިމުކޮށްފަ.

މޫދު ކުޅިވަރާއި އެކްސްކާޝަންތަކަށް ގަވާއިދެއް ހަދައިފި

މި ގަވާއިދުގެ ދަށުން މިފަދަ ހިދުމަތްދޭ ހުރިހާ ތަނެއް މިނިސްޓްރީގައި ރަޖިސްޓްރީ ކުރުމާއި، ޕަބްލިކް ލައިބިލިޓީ އިންޝުއަރެންސް ނެގުމުގެ އިތުރުން މޫސުމީ ހަރުކަށި މިންގަނޑުތަކަކަށް އަމަލުކުރުން ލާޒިމުވާނެ. އަދި މި އުސޫލުތަކާ ހިލާފުވާ ފަރާތްތައް އެއް ލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާކޮށް، ހުއްދަ ބާތިލުކުރުމުގެ ބާރު ވެސް މިނިސްޓްރީއަށް ވަނީ ދީފަ.

އާރުޑީސީގެ ހުރިހާ މަޝްރޫއުތަކެއް އެމްޓީސީސީއާ ހަވާލުކޮށްފި

މާލީ ބޮޑު ގެއްލުމަކާ އެކު އާރުޑީސީގެ ހާލަތު ދަށަށް ގޮސްފައި ވަނިކޮށް، ދައުލަތުގެ ހަރަދު ކުޑަކުރަން އެ ކުންފުނީގެ ހުރިހާ މަޝްރޫއުތަކެއް އެމްޓީސީސީގެ ދަށަށް މިއަދު ވަނީ ބަދަލުކޮށްފަ. އެމްޓީސީސީން އެ ހުރިހާ މަސައްކަތްތަކަކާ ހަވާލުވި ނަމަވެސް، އާރުޑީސީގެ މަޝްރޫއުތަކުގެ އަދަދާއި އެ ކުންފުނީގެ މުވައްޒަފުންނާ މެދު ނިންމި ގޮތެއް އަދި ހާމައެއް ނުކުރޭ.

ހުޅުމާލޭގެ ވޯޓާ ތީމް ޕާކު މަޝްރޫއު ސޮލެންޒާރާ ހޯލްޑިންގްސްއާ އެޗް

ހުޅުމާލޭގައި ހަދަން ފަށައި ނުވަ އަހަރު ވަންދެން ހުއްޓިފައި އޮތް ވޯޓާ ތީމް ޕާކު މަޝްރޫއު، އާ މާސްޓާ ޕްލޭނެއްގެ ދަށުން ހަވާލުކުރީ ހޮންކޮންގެ ކުންފުންޏަކުން ހިއްސާވާ ސޮލެންޒާރާ ހޯލްޑިންގްސްއާ. މި މަޝްރޫއުގެ ދަށުން 18 މަސްދުވަހުގެ ތެރޭގައި ވޯޓާ ޕާކަކާއި، 250 ކޮޓަރީގެ ހޮޓަލެއްގެ އިތުރުން އެޕާޓްމަންޓްތަކާއި ވިޔަފާރި ބްލޮކްތައް ތަރައްގީކުރާނެ.

Newsletter

Get the latest news delivered straight to your inbox