ޔާމީންގެ ވެރިކަމުގައި ރައީސް މުއިއްޒުއާއެކު ފައިސާގެ މުއާމަލާތެއް ހިންގި ވާހަކަ ރިޔާޒު ދޮގުކޮށްފި

Aug 27, 2024, 1:52 PM
ޔާމީންގެ ވެރިކަމުގައި ރައީސް މުއިއްޒުއާއެކު ފައިސާގެ މުއާމަލާތެއް ހިންގި ވާހަކަ ރިޔާޒު ދޮގުކޮށްފި

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ސިޔާސީ މަޝްވަރާއެއް ވެސް ނުކުރައްވާ ކަމަށާއި އެމަނިކުފާނާއެކު ފައިސާގެ މުއާމަލާތެއް ވެސް ނުހިންގާ ކަމަށް ކުރީގެ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒު މިއަދު ވިދާޅުވެއްޖެ އެވެ.

ޔާމީންގެ ޕާޓީ ޕީއެންއެފް އިން ބޭއްވި ޖަލްސާއެއްގަައި ކުރި ތުހުމަތަކަށް މިއަދު ސޯޝަލް މީޑިއާގައި ރައްދު ދައްކަވަމުން ރިޔާޒު ވިދާޅުވީ، އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބުގެ ކުރިން ރައީސް މުއިއްޒުއާ ސިޔާސީ މަޝްވަރާއެއް ވެސް ކުރައްވާފައި ނޯންނާނެ ކަމަށެވެ.

"ކަނޑައެޅިގެން ބޮޑުދޮގެއް! 2023 ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގެ ކުރިން ސިޔާސީ އެއްވެސްކަ މެއްގައި ރައީސް ޑރ. މުއިއްޒު އާއި ވާހަކަ ދައްކާ މަޝްވަރާކޮށް ހަދާފައިނުވާނެ. އަދި 14 މިލިޔަންރުފިޔާއެއްގެ އެއްވެސް މުއާމަލާތެއް ފޯނުން، މެސެޖުން ނުވަތަ އަނގަބަހުން ރައީސް ޑރ. މުއިއްޒުއާ ކޮށްފަނުވާނެ،" ރިޔާޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި އެވެ.

ޕީއެންއެފް އިން ހޯމަ ދުވަހުގެ ރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަމުން ސިފައިންގެ ކުރީގެ ކާނަލް އަހުމަދު ފަޔާޒް (ޕާޕާ) ވިދާޅުވީ، ރައީސް މުއިއްޒުއަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ފަރާތުން 14 މިލިއަން ރުފިޔާ ލިބިވަޑައިގެންނެވިކަން، ރިޔާޒާއި މުއިއްޒުއާ ދެމެދު ކުރި ފޯނު މުއާމަލާތްތަކުން އެނގޭ ކަމަށެވެ.

ނައިބު ރައީސްއަކަށް އަދީބު ހުންނެވިއިރު އަދި އޭގެ ކުރި ޓުއަރިޒަމް މިނިސްޓަރަކަށް ހުންނެވިއިރު އެމްއެމްޕީއާރްސީގެ ފައިސާއިން ވަރަށް ގިނަ ސިޔާސީ މީހުންނަށް ރިޝްވަތު ދިން ކަމަށްވެ އެވެ. ނަމަވެސް ރައީސް މުއިއްޒު ވަނީ އެމްއެމްޕީއާރްސީގެ އެއްވެސް ފައިސާއެއް އަދީބު އަތުން ލިބިވަޑައިގެންނެވި ވާހަކަ ދޮގު ކުރައްވައިފަ އެވެ.

"އެމްއެމްޕީއާރުސީގެ ފައިސާއިން އަޅުގަނޑަށް 14 މިލިއަން ރުފިޔާ ލިބުނު ވާހަކަ. ތިބޭފުޅުން ބައްލަވާ، އެ ވާހަކަ ވިދާޅުވުމާ ހަމައަަށް އެމްޑީޕީގެ ވެރިކަމުގެ އެކި ފަހަރު މަތިން ބަދަލުކޮށްގެން ނެރުނު ލިސްޓުގައި ވެސް، ސިޔާސީ ބޭފުޅުންގެ ތެރޭގައި ވެސް ވިޔަފާރިކުުރުމާއި ޑޮލަރު މާރު ކުރުމާ އެކި ކަހަލަ ކަންމުގެ ތެރެއިން ވެސް އަޅުގަނޑުގެ ނަމެއް ނެތް. ނޯންނާނެ،" ވެރިކަން ހިންގާ ޕާޓީން ބޭއްވި ޖަލްސާއެއްގައި ހޯމަ ދުވަހު ރައީސް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox