އިންގްލެންޑްގެ ކުރީގެ ކޯޗު އެރިކްސަން ކެންސަރު ބަލީގައި މަރުވެއްޖެ

Aug 26, 2024, 11:50 AM
އިންގްލެންޑްގެ ކުރީގެ ކޯޗު އެރިކްސަން ކެންސަރު ބަލީގައި މަރުވެއްޖެ

ލަންޑަން (އޮގަސްޓް 26) - އިނގިރޭސި ގައުމީ ޓީމަށް ފަސް އަހަރު ކޯޗުކޮށްދިން ސްވިޑެންގެ ކޯޗު ސްވެން ގޯރަން އެރިކްސަން، ކެންސަރު ބަލީގައި މަރުވެއްޖެ އެވެ.

ފުރަމޭގެ ކެންސަރަށް ފަރުވާ ހޯދަމުންދިޔަ، އެރިކްސަން މަރުވިއިރު އުމުރަކީ، 76 އަހަރެވެ.

އިންގްލެންޑަށް، 2001-2006 އަށް ކޯޗުކޮށްދިން އެރިކްސަން އަށް ކެންސަރު ޖެހިފައިވާކަން އެނގުނީ، މީގެ އަހަރެއްހާ ދުވަސް ކުރިންނެެވެ. އިންގްލެންޑް ޓީމުގެ ރަން ޖީލަށް ކޯޗުކޮށްދިނުމުގެ ޝަރަފް ލިބުނު، އެރިކްސަން އަށް އެ ޓީމާ އެކު ތަށްޓެއް ނުލިބުނު ކަމުގައި ވިޔަސް އޭނާ އަކީ އިންގްލެންޑް ގޮވައިގެން، ތިން ކުއާޓާ ފައިނަލުގައި ވާދަކޮށްފަ އެވެ. މިއީ، އިންގްލެންޑަށް އުފަން ނޫން ކޯޗަކަށް އެ ޓީމާ ހަވާލުވެ، ހުރެ ހާސިލްކުރެވުނު އެންމެ ރަނގަޅު ރެކޯޑެވެ.

މި އަހަރު ޖެނުއަރީ މަހު، ސްވިޑެންގެ މީޑިއާ އަކަށް ދިން އިންޓަވިއުއެއްގައި އެރިކްސަން ވަނީ ކެންސަރު ބަލީގައި އުޅުނު ކަމުގައި ވިޔަސް ފަރުވާ ތެރޭގައި ވެސް ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ، ހަޔާތުގައި ވަރަށް ގިނަ އުފާވެރި އަހަރުތަކެއް އުޅެވިފައިވުން ކަމަށެވެ.

އެރިކްސަން ވަނީ 40 އަހަރަށް ވުރެ ގިނަ އަހަރު ކޯޗިންގައި މަސައްކަތްކޮށްފައި.

އެރިކްސަން ވަނީ 12 ކްލަބަށް ކޯޗުކޮށްދިންއިރު، 18 ތަށި ހޯދައިފަ އެވެ. އެރިކްސަން، ކޯޗުކޮށްދިން ކްލަބްތަކުގެ ތެރޭގައި، މެންޗެސްޓާ ސިޓީ، ލާޒިއޯ، ރޯމާ އަދި ލެސްޓާ ސިޓީ ހިމެނެ އެވެ. ގައުމީ ޓީމުތަކަށް ބަލާއިރު، އިންގްލެންޑްގެ އިތުރުން، ފިލިޕީންސް، މެކްސިކޯ އަދި އައިވަރީ ކޯސްޓަށް ކޯޗުކޮށްދީފައިވެ އެވެ.

އުމުރުން 27 އަހަރުގައި ކުޅުމުން ރިޓަޔާކުރި، އެރިކްސަންގެ ކޯޗިން ކެރިއަރު 42 އަހަރަށް ދިގުދެމިގެންދެ އެވެ. ސްވިޑެންގެ ޑެގެފޯސް އާއި ގޮތެންބާގް އަށް ކޯޗުކޮށްދިން އެރިކްސަން ވަނީ އިޓަލީ ލީގުގައި ފިއޮރެންޓީނާ، ލާޒިއޯ، ސަމްޕްޑޯރިއާ އަދި ރޯމާ އަށް ކޯޗުކޮށްދީފަ އެވެ. އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ސިޓީ އާއި ލެސްޓާ ސިޓީ އަށް އިރުޝާދުދިން އެރިކްސަން ވަނީ ޕޯޗުގަލްގެ ބެންފީކާ އަށް ވެސް އިރުޝާދުދީފަ އެވެ.

ކެންސަރު ބަލީގައި ފަރުވާ ހޯދަމުން އައިއިރު، އެރިކްސަން އަށް ހާއްސަ ޗެރިޓީ އިވެންޓްތައް އޭނާގެ ކުރީގެ ކްލަބްތަކުން ބޭއްވި އެވެ. އެ އިވެންޓްތަކަށް އެރިކްސަން ވަނީ ގޮސްފަ އެވެ. ލިވަޕޫލަށް ސަޕޯޓްކުރި އެރިކްސަން އަށް އެ ކްލަބުން ވަނީ، މިދިޔަ މާޗް މަހު ލެޖެންޑުންގެ މެޗެއްގައި ކޯޗުކޮށްދޭން ފުރުސަތު ދޭން ނިންމައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox