ޗެލްސީ އަށް އުފާވެރި މޮޅެއް، ސްލޮޓާ އެކު ލިވަޕޫލްގެ ހުވަފެނީ ފެށުން ކުރިއަށް

Aug 25, 2024, 5:59 PM
ޗެލްސީ އަށް އުފާވެރި މޮޅެއް، ސްލޮޓާ އެކު ލިވަޕޫލްގެ ހުވަފެނީ ފެށުން ކުރިއަށް

ލިވަޕޫލް (އޮގަސްޓް 25) - އިނގިރޭސި ޕްރިމިއާ ލީގުގައި ވުލްވްސް އަތުން 6-2 އިން ޗެލްސީން އުފާވެރި މޮޅެއް ހޯދިއިރު، އާ ކޯޗު އާނޭ ސްލޮޓާ އެކު، ބްރެންޓްފޯޑް 2-0 އިން ބަލިކޮށް، ލިވަޕޫލުން ދެ ވަނަ މެޗު ވެސް ކާމިޔާބުކޮށް ހުވަފެނީ ފެށުން ކުރިއަށްގެންގޮސްފި އެވެ.

ޗެލްސީން އާ ކޯޗު އެންޒޯ މަރެސްކާއާ އެކު ލީގު ސީޒަން ފެށި މެޗުން މިދިޔަ ހަފްތާގައި ވަނީ އަމިއްލަ ދަނޑުގައި އެންމެ ފަހުގެ ޗެމްޕިއަން، މެންޗެސްޓާ ސިޓީ އަތުން ބަލިވެފަ އެވެ. އެކަމަކު، ބުރާސްފަތި ދުވަހުގެރޭ ކޮންފަރެންސް ލީގުގެ ކޮލިފައިންގައި މޮޅެއް ހޯދި އެވެ.

ވުލްވްސް ދަނޑުގައި ކުޅުން ފަށައިގެން ދޮޅު މިނިޓް ތެރޭ ނިކޮލަސް ޖެކްސަން ވަނީ ޗެލްސީ އަށް ލީޑުނަގައިދީފަ އެވެ. މިއީ، 2017 ވަނަ އަހަރަށް ފަހު ލީގުގައި ޗެލްސީން ޖެހި އެންމެ އަވަސް ގޯލެވެ. ވުލްވްސް އިން ވަނީ މަޓެއުސް ކޫންޏާ ޖެހި ލަނޑުން އެއްވަރުކޮށްފަ އެވެ. ލީޑުނަގައިދޭން ކޫންޏާ ޖެހި ޝޮޓް އަމާޒުވީ ހުރަސްދަނޑިއަށެވެ.

ޗެލްސީން އަލުން ލީޑުނެގީ، ވުލްވްސްގެ ކީޕަރު ޖޯސޭ ސާ ބޯމަތިން ޗެލްސީގެ ކޯލް ޕާމާ ވައްދާލި ގޯލުންނެވެ. އެކަމަކު، ފުރަތަމަ ހާފު ނިމުމުގެ ކުރިން، ސްޓްރޭންޑް ލާސެން ޖެހި ގޯލުން ވުލްވްސް އިން އަނެއްކާ އެއްވަރުކުރި އެވެ.

ދެ ވަނަ ހާފުގައި ޗެލްސީ ފެނުނީ ތަފާތު ކޮށެވެ. އެޓޭކުގައި ކުޅުން އަވަސްކޮށް، ލިބޭ ފުރުސަތުތަކުގެ ބޭނުންހިފި އެވެ. ޗެލްސީގެ ނޯނީ މަޑުއޭކޭ ވަނީ ތިން ގޯލު ޖަަހައި، އޭނާގެ ޕްރޮފެޝަނަލް ކެރިއަރުގެ ފުރަތަމަ ހެޓްރިކް ހަދައިފަ އެވެ. އެ ތިން ގޯލަށް ވެސް ފުރުސަތު ތަނަވަސްކޮށްދިނީ ޕާމާ އެވެ. ޗެލްސީގެ ފަހު ލަނޑު ޖެހީ، ބަދަލަކަށް ކުޅެން އެރި ޖޯއާއޯ ފެލިކްސް އެވެ. މި ގޯލަަށް ފުރުސަތު ތަނަވަސްކޮށްދިނީ، ވުލްވްސް ދޫކޮށް މި ފަހަރު ޗެލްސީ އަށް ބަދަލުވި، ޕެޑްރޯ ނެޓޯ އެވެ.

ޗެލްސީ އަށް ހެޓްރިކް ހަދައިދިން މަޑުއެކޭ އުފާފާޅުކުރަނީ.

މިއީ މިދިޔަ ފަސް އަަހަރު ތެރޭ ލީގުގައި ވުލްވްސް ދަނޑުގައި ޗެލްސީން ހޯދި ފުރަތަމަ މޮޅެވެ.

ސްލޮޓްގެ ކޯޗުކަމުގައި ލިވަޕޫލުން އެންފީލްޑްގައި ކުުޅުނު ރަސްމީ ފުރަތަމަ މެޗުގައި އެ ޓީމުން ބްރެންޓްފޯޑް ކޮޅަށް ލީޑުނެގީ ކައުންޓަ އެޓޭކުގައި 13 ވަނަ މިނިޓްގައި ލުއިސް ޑިއާޒް ޖެހި ގޯލުންނެވެ. މިއީ، ޑިއޯގޯ ޖޮޓާ ދިން ބޯޅައަކުން ޑިއާޒް ޖެހި ގޯލެކެވެ. މިދިޔަ ތިން ސީޒަނުގައި ވެސް ޕްރިމިއާ ލީގުގައި ލިވަޕޫލް ދަނޑުގައި އެ ޓީމުގެ ފުރަތަމަ ލަނޑު ޖެހީ ޑިއާޒްް އެވެ. މި މެޗަކީ، ޑިއާޒް ލިވަޕޫލަށް ކުޅެދިން 100 ވަަނަ މެޗެވެ.

ބްރެންޓްފޯޑުން އެއްވަރުކުރަން ކުރި މަސައްކަތުގައި ދެ ވަނަ ހާފުގައި، އެ ޓީމުގެ ކެޕްޓަން، ކްރިސްޓިއަން ނޯގާޑް ހުސްކޮށް ހުރެފައި ބޮލުން ޖެހި ބޯޅަ ލިވަޕޫލްގެ ކީޕަރު އެލިސަން ބެކާ ވަނީ މަތަކޮށްފަ އެވެ.

ލީޑުފުޅާކުރަން ލިވަޕޫލުން ގިނަ މަސައްކަތްތަކެއް ކުރަން ޖެހުނެވެ. އެ ގޮތުން، ލިވަޕޫލްގެ ފުލްބެކް، އެންޑީ ރޮބަޓްސަން އާއި ޑިއާޒް އަށް ލިބުނު ފުރުސަތުތަކުގައި ޖެހި ބޯޅަތައް ބްރެންޓްފޯޑް ކީޕަރު، މާކް ފްލެކެން މަތަކުރި އެވެ.

ލިވަޕޫލުން މެޗުގެ ތިން ޕޮއިންޓް ކަށަވަރުކުރި ގޯލު ޖަހައިދިނީ، ބްރެންޓްފޯޑް ކޮޅަށް ލަނޑު ޖެހުމުގެ ރަނގަޅު ރެކޯޑެއް އޮތް މުހައްމަދު ސަލާހު އެވެ. ސަލާުހު މި ލަނޑު ޖެހީ، ޑިއާޒް ދިން ބޯޅައަކުންނެވެ.

މިއީ، 1991 ވަނަ އަހަރު ލިވަޕޫލަށް ކޯޗުކޮށްދިން ގްރައެމް ސޫނެސް އަށް ފަހު، ލިވަޕޫލާ ހަވާލުވި ކޯޗެއް ފުރަތަމަ ދެ މެޗުން ލީގުގައި މޮޅުވި ފުރަތަމަ ފަހަރެވެ. އެހެންކަމުން، ސްލޮޓަށް މި ވަނީ ބޮޑު ހިތްހަމަޖެހުމެއް ލިބިފަ އެވެ.

ލީގުގައި މިރޭ ބޯންމައުތާއި ނިއުކާސަލް ޔުނައިޓެޑް ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.

ލީގުގެ ފުރަތަމަ ދެ މެޗު ނިމުނުއިރު، ދެ މެޗުން މޮޅުވެ، ފުރިހަމަ ރެކޯޑަކާ އެކު އޮތީ، މެންޗެސްޓާ ސިޓީ، އާސެނަލް، ލިވަޕޫލް އަދި ބްރައިޓަން އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox