ރައީސް މުއިއްޒު ބީއެމްއެލްއަށް އަމުރުކުރަނީ ގާނޫނާ ހިލާފަށް: މާރިޔާ

ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ: މާރިޔާ ވިދާޅުވީ ރައީސް މުއިއްޒު ބީއެމްއެލްއަށް އަމުރުކުރަނީ ގާނޫނާ ހިލާފަށް ކަމަށް --- ފޮޓޯ: އަދަދު

ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ: މާރިޔާ ވިދާޅުވީ ރައީސް މުއިއްޒު ބީއެމްއެލްއަށް އަމުރުކުރަނީ ގާނޫނާ ހިލާފަށް ކަމަށް --- ފޮޓޯ: އަދަދު

ރައީސް ޑރ. މުހައްމަދު މުއިއްޒު، ބޭންކު އޮފް މޯލްޑިވްސްގެ ނިންމުތައް ނިންމާނެ ގޮތުގެ އަމުރު ކުރައްވަމުން ގެންދަވަނީ ބޭންކިން ގާނޫނަށް ހިލާފަށް ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.

އޭނާ އެހެން ވިދާޅުވީ، ރުފިޔާ ކާޑުތަކުން ޑޮލަރުގެ މުއާމަލާތް ނުކުރެވޭ ގޮތަށް މިއަދު ބޭންކް އޮފް މޯލްޑިވްސްއިން ބަދަލު ގެނައީ ރައީސްމުއިއްޒު ސީދާ އަންގަވާފައި އޮތް ގޮތާ ހިލާފަށް ކަމަށް އިކޮނޮމިކް މިނިސްޓަރު، މުހައްމަދު ސައީދު ވިދާޅުމާ ގުޅިގެން ރައްދު ދެއްވަމުންނެވެ.

މިރޭ ކުރިއަށްދިޔަ އިދިކޮޅު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއްގައި މާރިޔާ ވިދާޅުވީ، ރައީސްވެސް މަސައްކަތް ކުރައްވަންވާނީ ގާނޫނާ އެއްގޮތަށް ކަމަށެވެ. އަދި، އެމަނިކުފާނު، ބޭންކަށް ކަންކުރަންވީ ގޮތް އެންގެވުމަށް ބޭންކިން ގާނޫނުން ފުރުސަތު ދޭތޯ އޭނާ ސުވާލު އުފެއްދެވި އެވެ.

"މާލީ ނިޒާމާ ދޭތެރޭގަ އަޅުގަނޑުމެންގެ އިތުބާރު ގެއްލެނީ. އަޅުގަނޑުމެންގެ ބޭންކު އެކައުންޓުތައް، މިހާރު މި ރާއްޖޭގެ ބޭންކުތަކުގެ ބަހައްޓައިގެން ތިބެން ބިރުގަންނަ ހިސާބަށް [މި] ދަނީ،"

އަދި، މާދަމާ ރައީސް އެކައުންޓުތަކަށް ގޮތްތަކެއް ހަދަން މާދަމާ އެންގުމުން އެކަން ވުމުގެ ބިރު އޮތްކަމަށްވެސް މާރިޔާ ވިދާޅުވި އެވެ.

"އަނެއްކާ އެންގެވީމަ މުޅި އެތި ބަދަލުވީ. މިވެސް އަޖައިބެއްކަހަލަ ކަމެއް. އަޅުގަނޑަށް މިއަދު ތިން އީމެއިލް ބޭންކް އޮފް މޯލްޑިވްސް އިން ފޮނުވި. ފުރަތަމަ އެތީގަ އޮތީ އެއް ވާހަކައެއް. ދެވަނަ އެތީގަ އޮތީ އެހެން ވާހަކައެއް. ތިންވަނަ އެތީގަ އޮތީ މުޅިން އެހެން ވާހަކައެއް،" މާރިޔާ ވިދާޅުވި އެވެ.

ޑޮލަރު މުއާމަލާތްތަކުގެ ލިމިޓަށް ބީއެމްއެލުން މިއަދު ގެނައި ބަދަލު އުވައިލަން އެ ބޭންކުން ނިންމީ މެންދުރުފަހު އެވެ. ނިންމުން ބަދަލު ކުރީ އެމްއެމްއޭގެ އިރުޝާދުގެ ދަށުން ކަމަށް ވެސް ބީއެމްއެލުން ބުންޏެވެ.

ނިންމުން ބަދަލުކުރުމުގެ ކުރިން ބީއެމްއެލްގެ ސީއީއޯ އާއި އެމްއެމްއޭގެ ގަވަރުނަރާ އެކު ރައީސް މުއިއްޒު ވަނީ ބައްދަލުކުރައްވާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox