އުރީދޫ 5ޖީ ޖައްސާލައިގެން އޮކިއުލަސް ކުއެސްޓް 3 ހޯދުމުގެ ފުރުސަތު

އުރީދޫ 5ޖީ ޖައްސާލައިގެން އޮކިއުލަސް ކުއެސްޓް 3 ހޯދުމުގެ ފުރުސަތު

އުރީދޫ މޯލްޑިވްސްގެ 5ޖީ ސްޕީޑް ތަޖުރިބާކޮށް ސޯޝަލް މީޑިއާގައި ހިއްސާކޮށްގެން އޮކިއުލަސް ކުއެސްޓް 3 ކާމިޔާބު ކުރުމުގެ ފުރުސަތު ލިބޭ މުބާރާތެއް އިއުލާންކޮށްފި އެވެ.

އުރީދޫއިން ބުނީ ސްޕީޑް ޓެސްޓު ކުރުމަށް 5ޖީ ލިބޭ ސަރަހައްދަކުން ސްޕީޑް ޓެސްޓު ހެދުމަށްފަހު، އެ ޓެސްޓުގެ ނަތީޖާ ސްކްރީން ޝޮޓެއް ނަގައި 5Gjassaalaa# ބޭނުންކޮށް ooredoomaldives@ ޓެގްކޮށް ސޯޝަލް މީޑިއާގެ ޕްލެޓްފޯމެއްގައި ހިއްސާކުރަން އެދޭ ކަމަށެވެ.

"ބައިވެރިވުމުން އުރީދޫ 5ޖީގެ ސްޕީޑް ތަޖުރިބާކުރުމުގެ އިތުރުން އޮކިއުލަސް ކުއެސްޓް 3 އެއް ކާމިޔާބު ކުރުމުގެ ފުރުސަތު ވެސް އޮންނާނެ. އުރީދޫގެ ހުރިހާ ކަސްޓަމަރުންނަށް ހުޅުވާލައިގެން ކުރިއަށްގެންދާ މި މުބާރާތުގައި ނަސީބުވެރިޔާ ހޮވާނީ ރެންޑަމް ޑްރޯއަކުން," އުރީދޫއިން ބުންޏެވެ.

Advertisement

އުރީދޫ މޯލްޑިވްސްއިން ރާއްޖޭގެ 60 އިންސައްތައަށް 5ޖީ ލިބޭ ގޮތަށް ވަނީ ފުޅާކޮށްފައެވެ.

މުބާރާތުގައި ބައިވެރިވާނެ ގޮތް:

ސްޕީޑް ޓެސްޓެއް ކުރުން: އުރީދޫ 5ޖީ ލިބޭ ސަރަހައްދަކުން ސްޕީޑް ޓެސްޓެއް ހެދުން.

ސްކްރީންޝޮޓް: ސްޕީޑް ޓެސްޓުގެ ނަތީޖާގެ ސްކްރީންޝޮޓެއް ނަގާށެވެ.

ސޯޝަލް މީޑިއާގައި ޝެއާ ކުރުން: ފޭސްބުކް، އިންސްޓަގްރާމް ނުވަތަ ޓްވިޓާ އަށް ޕޯސްޓު ކޮށްލާ. ޕޯސްޓު ކުރާއިރު ހޭޝްޓެގް

އުރީދޫއިން ބުނީ މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑިއަކީ އޮކްޓޯބަރު، 19 ގެ ރޭގަނޑު 23:59 ކަމަށެވެ.

އުރީދޫއިން އަބަދުވެސް މަސައްކަތްކުރަމުން މިދަނީ ޓެކްނޮލޮޖީއާއި އެންމެ ފަހުގެ ވަސީލަތްތަކާއެކު ރާއްޖޭގެ ރައްޔިތުން ގުޅާލުމަށް ކަމަށް އެ ކުންފުނިން ބުނެ އެވެ.

ހަލުވި ސްޕީޑްގެ އިންޓަނެޓް ކުރިއަށްވުރެ ބޮޑަށް ފޯރުކޮށްދެމުންދާކަން ފާހަގަލޮށް އުރީދޫއިން ވަނީ އެ ކުންފުނީގެ 5ޖީ ތަޖުރިބާކޮށް، ކާމިޔާބީ ފާހަގަކުރުމުގައި ބައިވެރިވާން އެދިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ވިއެޓްނާމްގެ ވިއެޓްޖެޓް އެއާލައިނުން އަންނަ ޑިސެމްބަރު މަހު ހޯޗީމިން ސިޓީއާއި ރާއްޖެއާ ދެމެދު ހަފުތާއަކު ތިން ސީދާ ދަތުރު ފެށުމަށް ވަނީ ނިންމާފަ. މި ދަތުރުތައް ފެށުމާ ގުޅިގެން ޓިކެޓުގެ އަގު ހެޔޮ ޕްރޮމޯޝަންތަކެއް އިއުލާންކޮށްފައިވާއިރު، މީގެ ސަބަބުން ވިއެޓްނާމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ.

ދަރަވަންދޫގައި ފަރުތައް އާލާކުރަން ދިރާގުން އެހީ

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުތައް އާލާކުރުމަށް "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ފެށުމަށް ގުޅިއްޖެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި މުރަކަ ނާސަރީއެއް ގާއިމުކޮށް، ފަރުތައް ބެލެހެއްޓުމުގެ ފަންނީ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ޒުވާނުންނާއި އާންމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ.

ލޯނު ނުދެއްކުމުން މާލޭގެ ދެ ގެއެއް ސީބީއެމްއިން ވިއްކާލަނީ

ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް (ސީބީއެމް) އަށް ދައްކަންޖެހޭ ފައިސާ ނުދައްކައިގެން މާލޭގެ ދެ އިމާރާތެއް ނީލަމުގައި ވިއްކާލަން އެ ބޭންކުން ވަނީ އިޢުލާނުކޮށްފަ. މި ބިޑްތައް ފެށޭ އަގަކީ ހަތަރު މިލިއަން ރުފިޔާ ކަމަށްވާއިރު، މި މަހުގެ 14 ވަނަ ދުވަހުގެ ކުރިން ދަރަނި ހަލާސްނުކޮށްފިނަމަ މި މުދާ ވިއްކާލުމުގެ މަސައްކަތް ކުރިއަށް ދާނެ.

ޓީޖީއެސްޓީ މައްސަލައިގައި ޓޫރިޒަމް އިންޑަސްަޓްރީއާ ބައްދަލުކޮށްފި

ބޭރުގެ ޓުއާ އޮޕަރޭޓަރުންނާއި ބުކިން ޕްލެޓްފޯމްތަކުން ޓީޖީއެސްޓީ ނެގުމަށް ގާނޫނަށް ގެނައި ބަދަލުތަކާ ގުޅޭގޮތުން ސަރުކާރުގެ ވަޒީރުންނާއި ޓޫރިޒަމް ދާއިރާގެ އިސްވެރިން މަޝްވަރާކޮށްފި. މި ބައްދަލުވުމުގައި ދާއިރާގެ ގޮންޖެހުންތަކަށް ހައްލު ހޯދުމަށާއި މުހިންމު ލަނޑުދަނޑިތަކަކަށް އެއްބަސްވެވުނު ނަމަވެސް، ގާނޫނަށް ގެންނަ ބަދަލުތަކުގެ ތަފްސީލު ހިއްސާނުކުރޭ.

Newsletter

Get the latest news delivered straight to your inbox