ސިޓީ އާއި އާސެނަލްގެ ވަރުގަދަ ފެށުން ކުރިއަށް

Aug 25, 2024, 2:59 AM
ސިޓީގެ ހާލަންޑް ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.

ސިޓީގެ ހާލަންޑް ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.

ލަންޑަން (އޮގަސްޓް 25) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ސިޓީ އާއި އާސެނަލް ކުޅުނު މެޗުތަކުން މޮޅުވެ، އެ ދެ ޓީމުގެ ވަރުގަދަ ފެށުން ދަމަހައްޓައިފި އެވެ.

ސިޓީން އަމިއްލަ ދަނޑުގައި ފަހަތުން އަރައި އިޕްސްވިޗް ޓައުން، 4-1 އިން ބަލިކުރިއިރު، އާސެނަލުން ވަނީ ރަށުންބޭރުގައި އެސްޓަން ވިލާ އަތުން 2-0 އިން މޮޅުވެފަ އެވެ.

އެންމެ ފަހުން ހަތަރު ފަހަރު ލީގުގެ ޗެމްޕިއަންކަން ހޯދި ސިޓީ ދަނޑުގައި އިޕްސްވިޗުން ވަނީ ލީޑުނަގައިފަ އެވެ. އެ ގޮތުން ހަތް ވަނަ މިނިޓްގައި އިޕްސްވިޗުގެ ސޭމީ ސްޒްމޯޑިކްސް ވަނީ އެ ޓީމަށް ލީޑުނަގައިދީފަ އެވެ. އެކަމަކު، މާގިނައިރަކު ލީޑު ހިފަހައްޓައިނުލެވުނެވެ. ސިޓީން ވަނީ ދެން ކުޅުނު އަށް މިނިޓް ތެރޭ ތިން ލަނޑު ޖަހައިފަ އެވެ.

ސިޓީން އެއްވަރުކުރީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލާފައި ދިން ޕެނަލްޓީ އަކުން ހާލަންޑް ޖެހި ގޯލުންނެވެ. ލީޑުނެގީ އިޕްސްވިޗުގެ ކީޕަރު، އަރިޖަނެޓް މުރިޗް ހެދި ގޯހަކުން، ސިޓީގެ ކެޕްޓަން، ކެވިން ޑި ބްރޭނާ ޖެހި ގޯލުންނެވެ. އަދި ޑި ބްރޭނާ ދިން ބޯޅައަކުން ހާލަންޑް ވަނީ ސިޓީގެ ތިން ވަނަ ލަނޑު ޖަހައިފަ އެވެ.

ހާލަންޑް، ހެޓްރިކް ފުރިހަމަކުރީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ދެ މިނިޓަށް ވެފައި ހުއްޓަ އެވެ. މިދިޔަ ދެ ސީޒަނުގައި، 36 ގޯލާއި 27 ގޯލު ލީގުގައި ޖަހައިގެން، ރަން ބޫޓު ހޯދި ހާލަންޑް މި ސީޒަނުގެ ފުރަތަމަ ދެ މެޗުން މި ވަނީ ހަތަރު ލަނޑު ޖަހައިފަ އެވެ. ސިޓީ އަށް 100 ގޯލު ހަަމަކޮށްދޭން ހާލަންޑް ބޭނުންވަނީ ހަ ލަނޑެވެ. އޭނާ މިހާތަނަށް ސިޓީ އަށް ކުޅެދިނީ 101 މެޗެވެ.

އާސެނަލްގެ ޓްރޮސާޑް ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.

ލީގުގައި ރޭ އާސެނަލުން ރަށުންބޭރުގައި އެސްޓަން ވިލާ އަތުން މޮޅުވިއިރު، އާސެނަލްގެ ކީޕަރު، ޑޭވިޑް ރާޔާ ވަނީ މޮޅު ސޭވްތަކެއް ކޮށްފަ އެވެ. އެ ގޮތުން، ވިލާގެ އޮލީ ވަޓްކިންސް އަށް ލިބުނު ހުސް ފުރުސަތުގައި ރާޔާގެ ހުށިޔާރުކަން ރަނގަޅަށް ފެނިގެންދިޔަ އެވެ.

އާސެނަލް އިން މެޗު ކާމިޔާބުކުރި ލަނޑުތައް ޖެހީ، ދެ ވަނަ ހާފުގަ އެވެ. އެ ޓީމުން ލީޑުނެގީ ލެއަންޑްރޯ ޓްރޮސާޑް ޖެހި ލަނޑުންނެވެ. އަދި މޮޅު ކަށަވަރުކުރީ، ތޯމަސް ޕާޓޭ ކާމިޔާބުކުރި ލަނޑުންނެެވެ.

ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާ އަށް ބަލާއިރު، މެންޗެސްޓާ ޔުނައިޓެޑް ވަނީ 2-1 އިން ބްރައިޓަން އަތުން ބަލިވެފަ އެވެ. އަމިއްލަ ދަނޑުގައި ޓޮޓެންހަމް ހޮޓްސްޕާސް އިން ވަނީ 4-0 އިން އެވަޓަން ބަލިކޮށްފަ އެެެވެ. ކްރިސްޓަލް ޕެލަސް ދަނޑުގައި 2-0 އިން ވެސްޓް ހޭމް ޔުނައިޓެޑް މޮޅުވިއިރު، ފުލަމް ވަނީ އަމިއްލަ ދަނޑުގައި 2-1 އިން ލެސްޓާ ސިޓީ ބަލިކޮށްފަ އެވެ. އަދި ސައުތެމްޓަން ދަނޑުގައި ނޮޓިންހަމް ފޮރެސްޓް މޮޅުވީ 1-0 އިންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox