އުރީދޫ މަސް ރޭސް: ގދ. ތިނަދޫގެ ޗެމްޕިއަންކަން ބްލެކް އޭންޓް ފިޝިން ހޯދައިފި

އުރީދޫ މަސް ރޭސް ގދ. ތިނަދޫ އެޑިޝަންގެ ތެރެއިން -- ފޮޓޯ: އުރީދޫ

އުރީދޫ މަސް ރޭސް ގދ. ތިނަދޫ އެޑިޝަންގެ ތެރެއިން -- ފޮޓޯ: އުރީދޫ

އުރީދޫ މޯލްޑިވްސްއިން ކޮންމެ އަހަރަކު ބާއްވާ އުރީދޫ މަސްރޭސް 2024 ގދ. ތިނަދޫ އެޑިޝަންގެ ޗެމްޕިއަންކަން ބްލެކް އޭންޓް ފިޝިން ހޯދައިފި އެވެ.

ހުކުރު ދުވަހު ކުރިއަށްދިޔަ މުބާރާތުގެ ޗެމްޕިއަންކަން ބްލެކް އޭންޓް ފިޝިން ހޯދީ 1،665.81 ޕޮއިންޓާއެކުގަ އެވެ. ދެވަނަ 523.25 ޕޮއިންޓާއިއެކު ޓީމް އެމްއައިބީ ހޯދިއިރު ތިންވަނަ ހޯދީ 478.85 ޕޮއިންޓާއެކު ހޯނޑެއްދޫ މަސްވެރިންނެވެ.

އަށް ޓީމު ވާދަކުރި މުބާރާތުގައި ޖުމްލަ 7.15 ކިލޯގެ ހަންޖެއް ބާނައިގެން އެންމެ ބަރު މަސް ބޭނީ ބްލެކް އޭންޓް ފިޝިންގެ އަބްދުﷲ ދީދީ އެވެ.

އުރީދޫ މަސް ރޭސް ގދ. ތިނަދޫ އެޑިޝަންގެ ތެރެއިން -- ފޮޓޯ: އުރީދޫ
އުރީދޫ މަސް ރޭސް ގދ. ތިނަދޫ އެޑިޝަންގެ ތެރެއިން -- ފޮޓޯ: އުރީދޫ

އުރީދޫ މަސް ރޭސް ގދ. ތިނަދޫ އެޑިޝަންގެ ތެރެއިން -- ފޮޓޯ: އުރީދޫ

މުބާރާތުގެ އެންމެ މޮޅު ފިރިހެން ކެޔޮޅަކަށް 12 މަސް ބާނައިގެން ހޮވުނީ ހޯނޑެއްދޫ މަސްވެރިންގެ ދައުސް ހަސަން އެވެ. އަދި އެންމެ މޮޅު އަންހެން ކެޔޮޅަކަށް ހަތަރު މަސް ބާނައިގެން ހޮވުނީ އެމްއައިބީގެ އައިޝަތު ނޫފާ އަލީ އެވެ.

އުރީދޫ މޯލްޑިވްސްގެ 19 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން މި އަހަރު މަސްރޭސް އިތުރަށް ކުލަގަދަކޮށް ބާއްވަނީ ކ. ހިންމަފުށި، ޅ. ނައިފަރު، ގދ. ތިނަދޫގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިއްތިހާދުގެ މައިލްސްއިން މޯލްޑިވިއަންގެ ޓިކެޓް ނެގޭގޮތް ހަދައިފި

އިއްތިހާދު އެއާވޭސްގެ "އިއްތިހާދު ގެސްޓް" މެމްބަރުންނަށް އެ މީހުން އެއްކޮށްފައިވާ މައިލްސް ބޭނުންކޮށްގެން މޯލްޑިވިއަންގެ ފްލައިޓްތަކުން ޓިކެޓް ނެގޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސާފަ.

މިދިޔަ މަހު މައްޗަށް ދިޔަ ޓޫރިސްޓު ނަމްބަރުތައް މި މަހު ދަށަށް

މިދިޔަ އޮކްޓޫބަރު މަހު ރާއްޖެއަށް ޓޫރިސްޓުން އައި އަދަދު މައްޗަށް ދިޔަ ނަމަވެސް، ނޮވެމްބަރު މަހު އެ އަދަދު ވަނީ މިދިޔަ އަހަރާ އަޅާބަލާއިރު 6.3 ޕަސެންޓު ދަށަށް ގޮސްފަ. މިއާއެކު މި އަހަރުގެ މިހާތަނަށް ރާއްޖެއަށް އައި ޖުމްލަ ފަތުރުވެރިންގެ އަދަދު ވެސް ވަނީ މިދިޔަ އަހަރަށް ވުރެ 3.7 ޕަސެންޓު މަދުވެފަ.

އައިކެއާގައި ފްލޭޝް ސޭލްއެއް

އައިކެއާ އޮޕްޓިކަލްސްގެ ފަރީދީމަގު ފިހާރައިގައި ނޮވެމްބަރު 28 އަދި 29 ގައި އަވިއައިނަށް ޚާއްޞަ ފްލޭޝް ސޭލެއް ބޭއްވުމަށް ވަނީ ނިންމާފައެވެ. މި ސޭލުގައި ދުނިޔޭގެ މަޝްހޫރު ބްރޭންޑްތަކުގެ އަވިއައިނުން 15 އިންސައްތައާއި 50 އިންސައްތައާ ދެމެދުގެ ބޮޑެތި ޑިސްކައުންޓްތަކެއް ލިބިގެންދާނެއެވެ.

ފަތަން ނޭނގޭ ކޮންމެ ދެ ޓޫރިސްޓަކަށް ގައިޑެއް މަޖުބޫރުކޮށްފި

މޫދު ކުޅިވަރުތަކުގައި ހަރަކާތްތެރިވާ ހުރިހާ ގައިޑުންނަކީ ފަސްޓްއެއިޑާއި ރެސްކިއު ސަނަދު އޮތް ބަޔަކަށް ހެދުމަށްޓަކައި އެއް އަހަރު ދުވަހުގެ މުހުލަތެއް މި ގަވާއިދުން ވަނީ ދީފަ. އަދި އެކްސްކާޝަންތަކަށް ދާއިރު ފަތަން ނޭނގޭ މީހުންނާއި ސްނޯކްލިން ހަރަކާތްތަކުގައި ބައިވެރިވާ ހުރިހާ ފަރާތްތަކުން ލައިފް ޖެކެޓް އެޅުން ވެސް މިހާރު ވަނީ ލާޒިމުކޮށްފަ.

މޫދު ކުޅިވަރާއި އެކްސްކާޝަންތަކަށް ގަވާއިދެއް ހަދައިފި

މި ގަވާއިދުގެ ދަށުން މިފަދަ ހިދުމަތްދޭ ހުރިހާ ތަނެއް މިނިސްޓްރީގައި ރަޖިސްޓްރީ ކުރުމާއި، ޕަބްލިކް ލައިބިލިޓީ އިންޝުއަރެންސް ނެގުމުގެ އިތުރުން މޫސުމީ ހަރުކަށި މިންގަނޑުތަކަކަށް އަމަލުކުރުން ލާޒިމުވާނެ. އަދި މި އުސޫލުތަކާ ހިލާފުވާ ފަރާތްތައް އެއް ލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާކޮށް، ހުއްދަ ބާތިލުކުރުމުގެ ބާރު ވެސް މިނިސްޓްރީއަށް ވަނީ ދީފަ.

އާރުޑީސީގެ ހުރިހާ މަޝްރޫއުތަކެއް އެމްޓީސީސީއާ ހަވާލުކޮށްފި

މާލީ ބޮޑު ގެއްލުމަކާ އެކު އާރުޑީސީގެ ހާލަތު ދަށަށް ގޮސްފައި ވަނިކޮށް، ދައުލަތުގެ ހަރަދު ކުޑަކުރަން އެ ކުންފުނީގެ ހުރިހާ މަޝްރޫއުތަކެއް އެމްޓީސީސީގެ ދަށަށް މިއަދު ވަނީ ބަދަލުކޮށްފަ. އެމްޓީސީސީން އެ ހުރިހާ މަސައްކަތްތަކަކާ ހަވާލުވި ނަމަވެސް، އާރުޑީސީގެ މަޝްރޫއުތަކުގެ އަދަދާއި އެ ކުންފުނީގެ މުވައްޒަފުންނާ މެދު ނިންމި ގޮތެއް އަދި ހާމައެއް ނުކުރޭ.

ހުޅުމާލޭގެ ވޯޓާ ތީމް ޕާކު މަޝްރޫއު ސޮލެންޒާރާ ހޯލްޑިންގްސްއާ އެޗް

ހުޅުމާލޭގައި ހަދަން ފަށައި ނުވަ އަހަރު ވަންދެން ހުއްޓިފައި އޮތް ވޯޓާ ތީމް ޕާކު މަޝްރޫއު، އާ މާސްޓާ ޕްލޭނެއްގެ ދަށުން ހަވާލުކުރީ ހޮންކޮންގެ ކުންފުންޏަކުން ހިއްސާވާ ސޮލެންޒާރާ ހޯލްޑިންގްސްއާ. މި މަޝްރޫއުގެ ދަށުން 18 މަސްދުވަހުގެ ތެރޭގައި ވޯޓާ ޕާކަކާއި، 250 ކޮޓަރީގެ ހޮޓަލެއްގެ އިތުރުން އެޕާޓްމަންޓްތަކާއި ވިޔަފާރި ބްލޮކްތައް ތަރައްގީކުރާނެ.

Newsletter

Get the latest news delivered straight to your inbox