ބާސެލޯނާގެ ކޮންޓްރެކްޓް އުވާލައި ގުންޑޮގާން އެނބުރި ސިޓީ އަށް

Aug 22, 2024, 7:13 AM
ބާސެލޯނާގެ ކޮންޓްރެކްޓް އުވާލައި ގުންޑޮގާން އެނބުރި ސިޓީ އަށް

މެންޗެސްޓާ (އޮގަސްޓް 22) - ބާސެލޯނާއާ އެކު ހަދާފައިވާ ކޮންޓްރެކްޓް އުވާލުމަށް ފަހު، ޖަރުމަނުގެ މިޑްފީލްޑަރު، އިލްކާއި ގުންޑޮގާން، އެނބުރި ކުރީގެ ކްލަބް މެންޗެސްޓާ ސިޓީ އަށް ސޮއިކުރަން އެއްބަސްވެއްޖެ އެވެ.

ސިޓީއާ އެކު، ގުންޑޮގާން، 33، ހަދާފައި އޮތް ކޮންޓްރެކްޓް މިދިޔަ އަހަރު ހަމަވުމުން، އޭނާ ބާސެލޯނާ އަށް ބަދަލުވީ، ދެ އަހަރުގެ ކޮންޓްރެކްޓެއްގަ އެވެ. އެކަމަކު، އެއް އަަހަރު ފަހުން، ގުންޑޮގާން ބާސެލޯނާ ދޫކޮށްލަން ނިންމީ ކޮންޓްރެކްޓްގައި ބާކީ އޮތް އަހަރަށްވާ މުސާރަ ވެސް ނުނަގާ ގޮތަށް އެއްބަސްވުން އުވާލައިފަ އެވެ.

ދާދި ފަހުން، ޖަރުމަނު ގައުމީ ޓީމުން ރިޓަޔާކުރިކަން އިއުލާނުކުރި، ގުންޑޮގާން، ބާސެލޯނާ ދޫކޮށްލަން އެއްބަސްވީ، އެ ކްލަބްގެ ކޯޗު، ޖަރުމަނުގެ ހަންސީ ފްލިކް އާއި ޑިރެކްޓަރު، ޑެކޯއާ އެކު ބޭއްވި ބައްދަލުވުމަކަށް ފަހު އެވެ.

ގުންޑޮގާން އަލުން ސިޓީއާ ގުޅޭނީ އެއް އަހަރުގެ ކޮންޓްރެކްޓެއްގައި ކަމަށް އިނގިރޭސި މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.

ޖަރުމަންގެ ބޮރޫޝިއާ ޑޯޓްމަންޑް އިން 2016 ވަނަ އަހަރު ސިޓީ އަށް ބަދަލުވި ގުންޑޮގާން އަކީ އެ ޓީމުގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާއެވެ. ގުންޑޮގާން އަކީ ސިޓީގެ ކޯޗުކަމާ ސްޕެއިންގެ ޕެޕް ގާޑިއޯލާ ހަވާލުވެ، އެ ކްލަބަށް ގެނައި ފުރަތަމަ ކުޅުންތެރިޔާ އެވެ. ގުންޑޮގާން ވަނީ ސިޓީ އަށް ކުޅުނު 304 މެޗުގައި 60 ލަނޑު ޖަހައިފަ އެވެ. އަދި އެ ކްލަބާ އެކު ޖުމްލަ 12 ތަށި އޭނާ ހޯދި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox