މެރިންޑޯ އަލިފާން: ހުޅުގަނޑު ކޮންޓްރޯލު ނުވެ، އިރާއީ ބުކްޝޮޕުގެ ގުދަނުގައި ވެސް އަލިފާން ހިފައިފި

ތިލަފުށީގައި ރޯވެ އަނދަމުންދާ އަލިފާންގަނޑު -- ފޮޓޯ: ކިޔުންތެރިއެއް

ތިލަފުށީގައި ރޯވެ އަނދަމުންދާ އަލިފާންގަނޑު -- ފޮޓޯ: ކިޔުންތެރިއެއް

ތިލަފުށީފައި ހުރި މެރިންޑޯ މެރިންވޯކްސް ވޯކްޝޮޕުގައި ރޯވެ އަނދަމުންދާ އަލިފާންގަނޑު ކޮންޓްރޯލު ނުވެ، އިރާއީ ބުކްޝޮޕުގެ ގުދަނުގައި ވެސް އަލިފާން ހިފައިފި އެވެ.

ފުރަތަމަ އަލިފާން ރޯވި މެރިންޑޯ ވޯކްޝޮޕު ކައިރީގައި ހުންނަ އިރާއީ ބުކްޝޮޕުގެ ގުދަނުގައި އަލިފާން ރޯވެފައިވާކަން އެ ސަރަހައްދުގައި ތިބި މީހުން "އަދަދު" އަށް ކަށަވަރު ކޮށްދިނެވެ.

މެރިންޑޯ ވޯކްޝޮޕުގައި އަލިފާން ރޯވީ މިއަދު ހެނދުނު 8:25 ހާއިރު އެވެ. އެ އަލިފާނުގެ ސަބަބުން އެއްވެސް މީހަކަށް ގެއްލުމެއް ވެފައިވާ ކަމެއް ނުވަތަ ނޫން ކަމެއް އަދި ނޭނގެ އެވެ.

ނަމަވެސް އަލިފާން ރޯވިއިރު، މެރިންޑޯ ވޯކްޝޮޕުގެ ތެރޭގައި ތިބި 30 އެއްހައި މުވައްޒަފުން ރައްކާތެރިކަމާއެކު އެތަނުން ނުކުމެފައިވާކަން އެ ކުންފުނީގެ އޮފިޝަލެއް "އަދަދު" އަށް ކަށަވަރު ކޮށްދިނެވެ.

ތިލަފުށީގައި ބޮޑު އަލިފާންގަނޑެއް ރޯވެ އަނދަމުންދާއިރު، އެ އަލިފާންގަނޑު ކޮންޓްރޯލު ކުރުމުގެ މަސައްކަތް ސިފައިން ދަނީ ކުރަމުންނެވެ. ނަމަވެސް ތިލަފުށީގައި އަލިފާން ނިއްވުމަށް ބޭނުންކުރާ ވަސީލަތްތައް މަދުވުމުން، މީގެ ކުރިން އެ ރަށުގައި ހިނގި އަލިފާނުގެ ހާދިސާތަކުގައި ވެސް ބޮޑެތި ގެއްލުން ލިބިފައިވެ އެވެ.

އަލިފާން އެންމެ ފުރަތަމަ ރޯވި ތަނުގައި ހުރީ ކޮން އެއްޗެއް ކަމެއް އަދި ސާފެއް ނޫނެވެ. ނަމަވެސް އިރާއީ ބުކްޝޮޕުގެ ގުދަނުގައި އެކި ވައްތަރުގެ ފޮތް ފަންސޫރާއި އަލިފާން ގަދައަށް ހިފާ ޒާތުގެ އެއްޗެހި ހުންނާނެ ކަމަށް ބެލެވެ އެވެ.

ތިލަފުށީގައި އިންޑަސްޓްރިއަލް ގިނަ މަސައްކަތްތަކެއް ހިންގަ އެވެ. އަދި، ނުރައްކާތެރި އެތައް ކެމިކަލްތަކާއި ތަފާތު އެކި މައުދަންތައް އެރަށުގައި ރައްކާކޮށްފައި ހުރެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓެކްސް ނުދައްކާ ލިސްޓުގައި ބައްސާމްގެ ނަން

ޖުމްލަ 33 ފަރާތެއް ހިމެނޭ މި ލިސްޓުގައި ބައެއް ކުންފުނިތަކާއި މަޝްހޫރު ފަރާތްތައް ހިމެނޭއިރު، މީގެ ތެރެއިން ކޮންމެ ފަރާތަކުންވެސް ދައުލަތަށް އެއް މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކަން ޖެހެއެވެ.

ބްރިޖަށް އުރުނު ދެ ބޯޓު އޮޔާދިޔަ މައްސަލަ ތަހުގީގުކުރަނީ

ކަސްޓަމްސްގެ ބެލުމުގެ ދަށުގައި އޮތް ދެ ބޯޓެއް އޮޔާގޮސް ސިނަމާލެ ބްރިޖުގެ ތަނބެއްގައި ޖެހުނު ހާދިސާގައި، އެ މުއައްސަސާއިން ގާނޫނާއި ގަވާއިދާ ހިލާފު ކަމެއް ކޮށްފައިވޭތޯ ބެލުމަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުން (އެންއައިސީ) ތަހުގީގެއް ފަށައިފިއެވެ.

ވަގުތުން ފައިސާ ލިބޭގޮތަށް ހަރުމުދާ ވިއްކުން މުހިންމު: ނަޝީދު

ރަސްމާލޭގައި މެރީނާއެއް ތަރައްގީކުރަން ބޭރު ކުންފުންޏަކާ ހަވާލުކުރުމަކީ މާލީ ދަތިކަމުން އަރައިގަތުމާ ގުޅުންހުރި ކަމެއް ނޫން ކަމަށާއި، އެ މަޝްރޫއުން މަންފާއެއް ލިބެން ގިނަ ދުވަސް ނަގާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ފުލުހުންނާ މާރާމާރީ ހިންގި ހަ މީހަކަށް ދައުވާކޮށްދޭން އެދިއްޖެ

ކ. މާފުށީގައި މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު ބަލައިފާސްކުރަނިކޮށް ފުލުހުންނަށް ހަމަލާދީ މާރާމާރީ ހިންގި ހަ މީހެއްގެ މައްޗަށް ދައުވާކުރުމަށް ޕީޖީ އޮފީހަށް ފޮނުވައިފިއެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ ތެރެއިން ފަސް މީހަކު މިހާރުވެސް ބަންދުގައި ތިބިއިރު، ކޯޓުން ދޫކޮށްލި މީހެއްގެ މައްސަލަ ހައިކޯޓުގައި ވަނީ އިސްތިއުނާފުކޮށްފައެވެ.

ރަސްމާލޭން ޑުބާއީ ކުންފުންޏަށް ޓެކްސް ލުޔެއް ނުދެން: މުއްތަލިބު

ރަސްމާލޭ އިންޓަގްރޭޓަޑް ޒޯން ތަރައްގީކުރާ ޔޫއޭއީގެ ކުންފުންޏަށް އެއްވެސް ޓެކްސް ލުޔެއް ނުދޭނެ ކަމަށާއި، އެތަނުގައި ހިންގާ ހުރިހާ ވިޔަފާރިތަކަކުން އާންމު އުސޫލުން ޓެކްސް ނަގާނެ ކަމަށް މުއްތަލިބު ވިދާޅުވި. މި މަޝްރޫއުގެ މުއާމަލާތްތަކުން ލިބޭ އާމްދަނީގެ ވަކި ޕަސެންޓެއް ސަރުކާރަށް ލިބޭއިރު، 11 ބިލިއަން ޑޮލަރު ބަޖެޓަށް ވަންނާނެ ކަމަށް ވެސް ވިދާޅުވި.

ރަސްމާލޭން ޑުބާއީ ކުންފުންޏަށް ދޭ ބިމުގެ ސައިޒާއި އަގެއް ނުބުނި

ޑުބާއީގެ އީގަލް ހިލްސް ކުންފުންޏަށް ފުށިދިއްގަރު ފަޅުން ދޫކުރާ ބިމުގެ ބޮޑުމިނާއި އަގު ސަރުކާރުން ހާމަކޮށްފައެއް ނުވޭ. މި މަޝްރޫއުގެ ދަށުން ރަސްމާލޭގައި ބައިނަލްއަގުވާމީ ފެންވަރުގެ ހޮޓާތަކާއި، ރިސޯޓުތަކާއި، ސިއްހީ މަރުކަޒުތައް ފަދަ ވަސީލަތްތައް ގާއިމުކުރުމަށް ވަނީ ހަމަޖެހިފަ.

ރަސްމާލެއަށް އިންވެސްޓުކުރާ ކުންފުނިން ހައުސިން އަޅައިދެނީ

ރަސްމާލޭގައި 20 ބިލިއަން ޑޮލަރުގެ މަޝްރޫއެއް ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ސަރުކާރުން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގެ ދަށުން އެ ކުންފުނިން ކޮންޓްރެކްޓާ ފައިނޭންސިން އުސޫލުން ހުޅުމާލޭގައި 5،000 ހައުސިން ޔުނިޓް އަޅާނެއެވެ. މީގެ އިތުރުން ރަސްމާލޭގައި ބައިނަލްއަގުވާމީ ފެންވަރުގެ ހޮޓާތަކާއި، މެރީނާއެއްގެ އިތުރުން އެކި ވަސީލަތްތައް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ.

Newsletter

Get the latest news delivered straight to your inbox