ސައުދީ ސެންޓްރަލް ބޭންކުގެ ގަވަރުނަރާ ފޮރިން މިނިސްޓަރު ބައްދަލުކޮށް، ރާއްޖޭ މާލީ ހާލަތު ކިޔައިދީފި

ވި ފޮރިން މިނިސްޓަރު މޫސާ ޒަމީރު، ސައުދީގެ ސެންޓްރަލް ބޭންކުގެ ގަވަރުނަރު އައިމަން އަލް ސަޔާރީ އާ ބައްދަލުކުރައްވަނީ --- ފޮޓޯ: ފޮރިން މިނިސްޓްރީ

ވި ފޮރިން މިނިސްޓަރު މޫސާ ޒަމީރު، ސައުދީގެ ސެންޓްރަލް ބޭންކުގެ ގަވަރުނަރު އައިމަން އަލް ސަޔާރީ އާ ބައްދަލުކުރައްވަނީ --- ފޮޓޯ: ފޮރިން މިނިސްޓްރީ

ރަސްމީ ދަތުރެއްގައި މިހާރު ސައުދީ އަރަބިއްޔާގައި ހުންނެވި ފޮރިން މިނިސްޓަރު މޫސާ ޒަމީރު، އެ ގައުމުގެ ސެންޓްރަލް ބޭންކުގެ ގަވަރުނަރު އައިމަން އަލް ސަޔާރީ އާ ބައްދަލުކުރައްވައިފި އެވެ.

ފޮރިން މިނިސްޓްރީން ބުނީ މި ބައްދަލުވުމުގައި މިނިސްޓަރު ޒަމީރު ސައުދީ ސެންޓްރަލް ބޭންކުގެ އިސްވެރިންނަށް މިވަގުތު ރާއްޖޭގެ މާލީ ހާލަތު ހިއްސާކުރެއްވި ކަމަށެވެ.

ބައްދަލުވުމަށްފަހު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ޒަމީރު ވިދާޅުވީ، އައިމަން އާ ބައްދަލުކުރައްވާ މާލީ ހާލަތުގެ އިތުރުން ރާއްޖޭގެ ފަތުރުވެރިކަމަށް ލިބިފައިވާ ކުރިއެރުންތަކާއި އިންވެސްޓަރުންނަށް ހުރި ފުރުސަތުތަކާ ގުޅޭ ގޮތުން މަޝްވަރާކުރެވުނު ކަމަށެވެ.

ސައުދީއާއެކު ވިޔަފާރީގެ ރޮނގުން އެކުގައި މަސައްކަތްކޮށް ރާއްޖެއަށް ދިމާވެފައިވާ ބޭރުގެ ލޯނުތަކުގެ މައްސަލަ ހައްލުކުރުމާ ބެހޭ ގޮތުން މަޝްވަރާކުރެއްވި ކަމަށް ވެސް ފޮރިން މިނިސްޓަރު ވިދާޅުވި އެވެ.

ޒަމީރުގެ ދަތުރުގައި އައިމަންގެ އިތުރުން، އެ ގައުމުގެ އިންވެސްޓްމަންޓު މިނިސްޓްރީގެ އިސްވެރިން އަދި ފޮރިން މިނިސްޓަރު ވަލީއަހުދު ފައިސަލް ބިން ފަރްހާން އަލް-ސައުދާ ބައްދަލުކުރައްވާފައިވެ އެވެ. އަދި، ސައުދީ ވަލީއަހުދު އަދި ބޮޑު ވަޒީރު މުހައްމަދު ބިން ސަލްމާން ބިން އަބްދުލްއަޒީޒަށް އެޑްރެސްކުރައްވާ ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވެވި ސިޓީއެއް އެ ގައުމުގެ ހާރިޖީ ވަޒީރާ ހަވާލުކުރެއްވި އެވެ.

ޒަމީރު ސައުދީއަށް ވަޑައިގެންނެވީ ބަހުރެއިނަށް ވަޑައިގެން، އެ ގައުމުގެ ވެރިންނާއި ދިރާގުގެ މައި ހިއްސާދާރު، ބަޓެލްކޯގެ ވެރިންނާ ބައްދަލުކުރައްވާފަ އެވެ. ބަހުރެއިނަށް ވެސް ޒަމީރު ވަޑައިގެންނެވި ރައީސްގެ ސިޓީއެއް ހިއްޕަވައިގެންނެވެ. އޭގެ ދުވަސްކޮޅެއް ކުރިން ޗައިނާއަށް ވެސް ހަމަ ރައީސްގެ ސިޓީއެއް ހިއްޕަވައިގެން ވަޑައިގެންނެވި އެވެ.

ރާއްޖޭގެ މާލީ ހާލަތު ސައުދީ މައި ބޭންކުގެ އިސްވެރިންނާ ހިއްސާކޮށްފައިވާއިރު، ދައުލަތުގެ އާމްދަނީ އާއި ހަރަދުތައް ހިމަނައިގެން ފިނޭންސް މިނިސްޓްރީން ގަވާއިދުން ޝާއިއުކުރަމުން އައި ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓު ރިޕޯޓުތައް އާންމުނުކުރާތާ މިއަދަށް ވަނީ ދެމަސްވެފަ އެވެ.

މާލީ ހިސާބުތަކުގެ ރިޕޯޓުތައް އާންމު ކުރުން ފިނޭންސުން ހުއްޓާލާފައިވާއިރު، ގައުމުގެ މާލީ މުސްތަގުބަލާ މެދު ގިނަ ކަންބޮޑުވުންތަކެއް އެބަހުއްޓެވެ. މި ކަންބޮޑުވުންތައް އިތުރުވީ މަސް ނިމެންވާއިރަށް ބޭނުންކުރެވޭ ޑޮލަރު ރިޒާވު ހުސްވެދާނެ ކަމަށް އެމްއެމްއޭއިން ލަފާ ކުރުމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox