ޒިފްލީނާ ފްލެޓް ގަތް މައްސަލައިގެ ތަހުގީގު ނުނިމޭ، ދައުވާގެ މަޝްވަރާ ޕީޖީއާއެކު ފަށައިފި

ޖެންޑާ މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު ޒިފްލީނާ ހަސަން: އޭނާ ވަނީ ތަހުގީގުގައި މިހާތަނަށް ސުވާލުނުކުރާތީ ކަންބޮޑުވުން ފާޅުކުރައްވާފައި -- ފޮޓޯ: އަދަދު

ޖެންޑާ މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު ޒިފްލީނާ ހަސަން: އޭނާ ވަނީ ތަހުގީގުގައި މިހާތަނަށް ސުވާލުނުކުރާތީ ކަންބޮޑުވުން ފާޅުކުރައްވާފައި -- ފޮޓޯ: އަދަދު

ޖެންޑާ މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު ޒިފްލީނާ ހަސަން 3.5 މިލިއަން ރުފިޔާއަށް ފުލެޓެއް ބައްލަވައިގެން މައްސަލައިގެ ތަހުގީގު އަދި ނުނިމޭ ކަމަށާއި ޕްރޮސެކިއުޓަ ޖެނެރަލް އޮފީހާ އެކު މިހާރު މަޝްވަރާ ކުރަން ފަށާފައިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފި އެވެ.

އޭސީސީގެ މީޑިއާ އޮފިޝަލް "އަދަދު" ނޫހަށް ބުނީ ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އަށް ފޮނުވީ ޑިއުޓީ ޕްރޮސެކިއުޝަނަށް ކަމަށެވެ. އެއީ އެ މައްސަލައިގެ ތަހުގީގު ގެންދާއިރު އެ އޮފީހުގެ ލަފާ ހޯދަމުން ކުރިއަށް ގެންދަން ވެގެން ފޮނުވީ ކަމަށް އޭނާ ބުންޏެވެ.

ޕީޖީ އޮފީހަށް ޑިއުޓީ ޕްރޮސެކިއުޝަނަށް މައްސަލަ ފޮނުވިކަން އެނގުމުން އެ މައްސަލާގައި އަދި ސުވާލު ވެސް ނުކުރާތީ ޒިފްލީނާ ކަންބޮޑުވުން ވެސް ފާޅުކުރައްވާފައިވެ އެވެ.

"އެއްވެސް ސުވާލެއް ނުކުރޭ. މިހާތަނަށް އެއްވެސް މުއާމަލާތެއް ނުކުރޭ" ޒިފްލީނާ ވިދާޅުވެފައިވެ އެވެ.

އެ ކަމާ ގުޅޭ ގޮތުން ސުވާލުކުރުމުން އޭސީސީގެ އޮފިޝަލް ބުނީ މައްސަލައިގެ ތަހުގީގު އަދި ނުނިމޭ ކަމަށެވެ. އަދި މައްސަލަ ކުރިއަށްދާ ވަރަކުން ސުވާލު ކުރަން ޖެހިއްޖެ ނަމަ އެކަން ވެސް ކުރާނެ ކަމަށް އޭނާ ބުންޏެވެ.

ޕަބްލިކް ޕްރޮސެކިއުޓަރު އަދި ޕީޖީން މީޑިއާތަކަށް މައުލޫމާތު ދެއްވުމަށް ހުންނަވާ އަހުމަދު ޝަފީއު ވެސް ވިދާޅުވީ ޒިފްލީނާ ފްލެޓް ގަތް މައްސަލަ ޑިއުޓީ ޕްރޮސެކިއުޝަނަށް އިއްޔެ އޭސީސީން ހުށަހަޅާފައިވާ ކަމަށެވެ.

މި މައްސަލަ ފެންމަތިވީ ފައިސާ ދެއްކުމުން ފުލެޓުގެ މިލްކުވެރިކަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ޒިފްލީނާގެ ނަން މައްޗަށް ބަދަލުކުރަން ސިވިލް ކޯޓުން ކުރި ހުކުމާ ގުޅިގެންނެވެ. އެއާއެކު މި ސަރުކާރާ ގުޅުން އޮތް މީހުންނާއި އާންމުން ދިޔައީ މި މައްސަލަ ބަލަން ގޮވާލަމުންނެވެ.

ސިވިލް ކޯޓުގެ ހުކުމުން އެނގޭ ގޮތުން ޒިފްލީނާ ފްލެޓު ބައްލަވައިގަތީ، ހުޅުމާލޭގައި ހުންނަ އެފްޑަބްލިއު ރެސިޑެންސްއިން 3.5 މިލިއަން ރުފިޔާއަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox