ގުންޑޮގާން ޖަރުމަނުން ރިޓަޔާކޮށްފި، ބާސެލޯނާ ދޫކޮށްލަފާނެ

Aug 20, 2024, 4:07 AM
ގުންޑޮގާން ޖަރުމަނުން ރިޓަޔާކޮށްފި، ބާސެލޯނާ ދޫކޮށްލަފާނެ

ބާސެލޯނާ (އޮގަސްޓް 20) - ޖަރުމަނު ގައުމީ ޓީމުގެ ކެޕްޓަން، އިލްކާއި ގުންޑޮގާން އެ ޓީމުން ރިޓަޔާކުރަން ނިންމާފައިވާއިރު، އޭނާ ކުޅެމުން އަންނަ ބާސެލޯނާ ދޫކޮށްލަން ވެސް ވާހަކަ ދައްކަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ޖަރުމަނު ގައުމީ ޓީމަށް ކުޅުން ހުއްޓާލަން ނިންމި ނިންމުމާ ބެހޭގޮތުން، ގުންޑޮގާން، 33، ބުނީ މިއީ ގިނަ ދުވަސްތަކެއް ވަންދެން ވިސްނުމަށް ފަހު ނިންމި ނިންމުމެއް ކަމަށެވެ. އަދި ޖަރުމަނު ޓީމަށް 82 މެޗު ކުޅުމުގެ ފުރުސަތު ލިބިގެންދިއުމަކީ ހާއްސަ އުފަލެއް ކަމަށާއި އެންމެ ބޮޑު ފަހުރެއްގެ ގޮތުގައި ދެކެނީ، މި ފަހަރު ޖަރުމަނުގައި ބޭއްވި ޔޫރޯގައި އެ ޓީމުގެ ކެޕްޓަންކަން ކުރުމުގެ ފުރުސަތު ލިބުން ކަމަށް ގުންޑޮގާން ވަނީ ފާހަގަކޮށްފަ އެވެ.

ތުރުކީ ދަރިކޮޅަށް ނިސްބަތްވާ ގުންޑޮގާން އެންމެ ފުުރަތަމަ ޖަރުމަނު ސީނިއާ ޓީމަށް ކުުޅުނީ 2011 ވަނަ އަހަރު އެވެ. ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދުގާނާ އެކު، ބޭއްވި ބައްދަލުވުމެއްގެ މައްސަލައިގައި ޖަރުމަނު ފުޓްބޯޅަ ސަޕޯޓަރުންގެ ނުރުހުން ގުންޑޮގާން އާއި މެސުޓް އޮޒިލް އަށް އަމާޒުވި ނަމަވެސް، ގުންޑޮގާން ވަނީ ގައުމީ ޓީމުގެ ކެރިއަރު ކުރިއަށްގެންގޮސްފަ އެވެ. އަދި އޭނާ ރިޓަޔާކުރިއިރު، ޖަރުމަނު ޓީމަށް 19 ލަނޑު ޖަހައިދީފައިވެ އެވެ.

މެންޗެސްޓާ ސިޓީގެ ކޮންޓްރެކްޓް ހަމަވުމުން، މިދިޔަ ސީޒަނުގައި ބާސެލޯނާ އަށް ބަދަލުވި ގުންޑޮގާން، އެއް އަހަރަށް ފަހު އެ ޓީމު ދޫކޮށްލަން ނިންމާފައިވާ ކަމަށް ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނެ އެވެ. އިތުރު ދެ އަހަރަށް ބާސެލޯނާއާ އެކު ކޮންޓްރެކްޓް އޮތް ނަމަވެސް، ގުންޑޮގާން ނިންމައިގެން ހުރީ އެހެން ކްލަބަކަށް ދިއުމަށް ކަމަށް އެ ރިޕޯޓްތަކުގައިވެ އެވެ. ގުންޑޮގާން އަށް، ސްޕެއިން، އިންގްލެންޑް އަދި ސައުދީ އަރަބިއްޔާގެ ކްލަބްތަކުން އޮފާ ލިބިފައިވާއިރު، އޭނާގެ ކުރީގެ ޓީމު ސިޓީން ވެސް އަންނަނީ މަޝްވަރާކުރަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox