ކެނދިކުޅުދޫގައި 50 އެނދުގެ އީކޯ ލަގްޒަރީ ހޮޓަލެއް ހަދަން ސްޓާކެން ކޮންސަލްޓިންއާ ހަވާލުކޮށްފި

ކެނދިކުޅުދޫގައި 50 އެނދުގެ އީކޯ ލަގްޒަރީ ހޮޓަލެއް ތަރައްގީކުރަން އެއްބަސްވުމުގައި ސޮއިކުރަނީ ---ފޮޓޯ: ކެނދިކުޅުދޫ ކައުންސިލް

ކެނދިކުޅުދޫގައި 50 އެނދުގެ އީކޯ ލަގްޒަރީ ހޮޓަލެއް ތަރައްގީކުރަން އެއްބަސްވުމުގައި ސޮއިކުރަނީ ---ފޮޓޯ: ކެނދިކުޅުދޫ ކައުންސިލް

ނ. ކެނދިކުޅުދޫގައި 50 އެނދުގެ އީކޯ ލަގްޒަރީ ހޮޓަލެއް ތަރައްގީކުރުމަށް އެ ރަށު ކައުންސިލުން ސްޓާކެން ކޮންސަލްޓިންގް ޕްރައިވެޑް ލިމިޓެޑާ އެކު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.

ކެނދިކުޅުދޫ ކުޅީގައި ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ސްޓާކެންގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރީ އެ ކުންފުނީގެ ޑިރެކްޓަރު ސާމިހު މުހައްމަދު އެވެ. އަދި ކައުންސިލުގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލުގެ ރައީސް މުހައްމަދު ރައޫފު އެވެ.

އެ ރަށު ކައުންސިލްގެ ރައީސް ރައޫފު "އަދަދު" އާ ވާހަކަދައްކަމުން ވިދާޅުވީ މިއީ އެ ރަށަށް ޓޫރިޒަމް ގެނައުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން ވަރަށް ބޮޑު ޕްރޮޖެކްޓެއް ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި ވެސް ބޮޑެތި ޕްރޮޖެކްޓްތައް ކުރެވޭނެ ކަމަށެވެ.

"މީ މިރަށަށް ޓޫރިޒަމް ގެނައުމަށް ހިންގޭ ވަރަށް ބޮޑު ޕްރޮޖެކްޓެއް. ރަށުގައި އަދި އެއްވެސް ވަރަކަށް ފަތުރުވެރިކަން ނެތްއިރު އުންމީދުކުރަނީ މިކަމުން ފަތުރުވެރިކަން ކުރިއަރާ ދިއުން. މިހާރު ވެސް ރަށުގައި އާންމު ފަަރުދަކު ގެސްޓްހައުސްއެއް ހެދުމުގެ މަސައްކަތް ކުރަމުން އެބަދޭ" ރައޫފު ވިދާޅުވި އެވެ.

އެކޯ ހޮޓާ އެޅުމުގެ އެއްބަސްވުމުގެ ދަށުން، ކެނދިކުޅުދޫން އެއް ހެކްޓަރު ބިން 50 އަހަރުގެ މުއްދަތަކަށް 50 އެނދުގެ ލަގްޒަރީ ހޮޓަލެއް އެޅުމަށާއި ފަތުރުވެރިންނަށް ބޭނުންވާނެ ހިދުމަތްތައް ގާއިމުކުރުމަށް ވަނީ ކުއްޔަށް ދީފަ އެވެ.

މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް މިހާރު ތައްޔާރުވެފައިވާއިރު ސްޓާކެން ކުންފުނިން 80 މިލިއަން ރުފިޔާ މި ކަމަށް ހަރަދުކުރެ އެވެ. އަދި މަސައްކަތް އަންނަ އަހަރުގެ ސެޕްޓެމްބަރު މަހަށް ނިންމާލެވޭނެ ކަމަށް އެކުންފުނިން ލަފާކުރެ އެވެ.

ސަތޭކައަށް ވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރާނެ މި ހޮޓަލަށް މުވައްޒަފުން ނެގުމަށް ބޮޑަށް އިސްކަން ދޭނީ ކެނދިކުޅުދޫ ރައްޔިތުންނާއި ނޫނު އަތޮޅުގެ ރައްޔިތުންނަށް ކަމަށް އެ ކުންފުނިން ބުނެ އެވެ.

މާފަރު އިންޓަރނޭޝަނަލް އެއާޕޯޓުން ސްޕީޑް ބޯޓުގައި 10 ވަރަކަށް މިނެޓުން ދެވޭ ހިސާބުގައި އޮތް ކެނދިކުޅުދޫއަކީ، ގުދުރަތީ ގޮތުން ރީތި ކަނޑޫފަލަކާއި ކުޅިއެއް އޮތް ރަށެކެވެ. ކުޅި އާއި ކަނޑޫފަލަކީ ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމާބެހޭ ގާނޫނުގެ ދަށުން ހިމާޔަތްކޮށްފައިވާ ތަންތަނެވެ. އެހެންކަމުން، ސްޓާކެންގެ ފަރާތުން މި ހޮޓާވެސް އަޅާނީ ތިމާވެއްޓަށް ހާއްސަ ސަމާލުކަމެއް ދީގެންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

ދިރާގުން އެލީޓް ކްލަބް ޕާޓްނަރުންނަށް ޝުކުރު އަދާކޮށްފި

ދިރާގު އެލީޓް ކްލަބްގެ ކާމިޔާބީގައި ހިއްސާވާ ޕާޓްނަރުންގެ އަގުވަޒަންކުރުމަށްޓަކައި ދުސިތްޑީ2 ރިސޯޓުގައި ހާއްސަ އިވެންޓެއް ބާއްވައި، އެ ފަރާތްތަކަށް އެވޯޑު ހަވާލުކޮށްފިއެވެ. މި ހަފްލާގައި އެލީޓް ކްލަބްގެ ކުރިމަގަށް ރޭވިފައިވާ ކަންކަމާއި، މި ހިދުމަތް ޑިޖިޓަލައިޒްކޮށް އިތުރަށް ފުޅާކުރުމާ ގުޅޭ މައުލޫމާތު ޕާޓްނަރުންނާ ހިއްސާކުރިއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

Newsletter

Get the latest news delivered straight to your inbox