ފުރަތަމަ މެޗުން ބަލިވުމުން ކޮންޓޭ މާފަށް އެދިއްޖެ

Aug 19, 2024, 8:02 AM
ފުރަތަމަ މެޗުން ބަލިވުމުން ކޮންޓޭ މާފަށް އެދިއްޖެ

ނޭޕްލްސް، އިޓަލީ (އޮގަސްޓް 19) - ނަޕޯލީގެ ކޯޗުކަމާ މި ފަހަރު ހަވާލުވި އެންޓޯނިއޯ ކޮންޓޭގެ އިރުޝާދުގެ ދަށުން، އެ ޓީމު މި ފަހަރުގެ އިޓާލިއަން ލީގުގައި ކުޅުނު ފުރަތަމަ މެޗުން ހެޔަސް ވެރޯނާ އަތުން 3-0 އިން ބަލިވުމުން، ނަޕޯލީ ސަޕޯޓަރުން ކިބައިން ކޮންޓޭ މާފަށް އެދިިއްޖެ އެވެ.

ނަޕޯލީން، 2022-2023 ވަނަ އަހަރުގެ ސީޒަނުގައި ލީގު ކާމިޔާބުކުރި ފަހުން ކޮންޓޭ އަކީ އެ ޓީމާ ހަވާލުވި ހަތަރު ވަނަ ކޯޗެވެ. މިދިޔަ ސީޒަނުގައި ނަޕޯލީއާ ތިން ކޯޗަކު ހަވާލުވެ، އެ ޓީމަށް އިރުޝާދުދިންއިރު، އެ ޓީމު ލީގު ނިންމާލީ 10 ވަނައިގަ އެެވެ.

އަމިއްލަ ދަނޑުގައި ކުޅުނު ވެރޯނާ އިން ނަޕޯލީ ކޮޅަށް ތިން ގޯލު ވެސް ޖެހީ ދެ ވަނަ ހާފުގަ އެވެ. އެ ޓީމުގެ ލަނޑުތައް ޖެހީ ޑެނިއަލް މޮސްކޭރާ ދެ ގޯލާއި ޑައިލޯން ލިވްރަމެންޓޯ އެވެ. މެޗުގައި ދެ ގޯލު ޖެހި، މޮސްކޭރާ ކުޅެން އެރީ ފަހު 15 މިނިޓަށެވެ.

"އިރުގެ އަވިން ވިރިގެން ދިޔަ ސްނޯތަކެއް ހެން އަހަރެމެން ފެނުނީ. އަހަރެން މި ނަތީޖާ އަށް ފަހު އެންމެ އިސްކަމެއް ދެނީ، ވަރަށް ޝައުގުވެރިކަމާ އެކު، ޓީމަށް ހިތްވަރުދޭ ނަޕޯލީގެ ސަޕޯޓަރުން ކިބައިން މައާފަށް އެދެން،" ކުރިން ޗެލްސީ އާއި ޔުވެންޓަސްއާ އެކު ލީގު ކާމިޔާބުކުރި ކޮންޓޭ ބުންޏެވެ.

ކޮންޓޭ ބުނީ ޓީމުގެ ހާލަތު ރަނގަޅުކުރަން ކުޅުންތެރިންތަކެއް ސޮއިކުރަން ޖެހޭ ކަމަށެވެ. އަދި މަސައްކަތް ކުރަމުން އަންނަނީ، މި މަހުގެ ނިޔަލަށް އޮތް ޓްރާންސްފާ މާކެޓްގައި ހަތަރެއް ނޫނީ ފަސް ވަރަކަށް ކުޅުންތެރިން ނަޕޯލީ އަށް ގެނައުމަށް ކަމަށެވެ.

ނަޕޯލީގެ އެއް ވަނަ ފޯވާޑް، ވިކްޓަ އޮސީމެންގެ މުސްތަގުބަލާ މެދު ސުވާލު އުފެދިފައިވާއިރު، އެ ޓީމުން އަންނަނީ ޗެލްސީގެ ފޯވާޑް ރޮމެލޫ ލުކާކޫ ގެންނަން ވެސް މަސައްކަތް ކުރަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox