ޗެލްސީގެ ސްކޮޑަށް ނުނެގުމުން ސްޓާލިން ހިތްހަމަނުޖެހިފައި

Aug 19, 2024, 5:40 AM
ޗެލްސީގެ ސްކޮޑަށް ނުނެގުމުން ސްޓާލިން ހިތްހަމަނުޖެހިފައި

ލަންޑަން (އޮގަސްޓް 19) - އިނގިރޭސި ޕްރިމިއާ ލީގުގެ އާ ސީޒަނުގައި ޗެލްސީން ކުޅުނު ފުރަތަމަ މެޗަށް ނެގި ސްކޮޑަށް އިނގިރޭސި ފޯވާޑް، ރަހީމް ސްޓާލިން ނަގާފައިނުވާތީ އޭނާ އެކަމާ ހިތްހަމަނުޖެހުން ފާޅުކޮށްފި އެވެ.

އަމިއްލަ ދަނޑުގައި ޗެލްސީން މެންޗެސްޓާ ސިޓީ އަތުން 2-0 އިން ބަލިވި މެޗަށް ނެގި ޗެލްސީގެ 20 ކުޅުންތެރިންގެ ސްކޮޑަށް ވެސް ސްޓާލިން ނާރަ އެވެ. މިއީ، 2012 ވަނަ އަހަރުގެ ފަހުން، ޕްރިމިއާ ލީގުގެ ފުރަތަމަ މެޗުތަކުގެ ސްކޮޑުގައި ސްޓާލިން ނެތް ފުރަތަމަ ފަހަރެވެ.

ޗެލްސީން މި ސީޒަނުގައި ސޮއިކުރި 11 ކުޅުންތެރިންނާ އެކު، އެ ކްލަބްގެ ވެބްސައިޓްގައިވާ ގޮތުން، 42 ކުޅުންތެރިން އެ ޓީމުގައި ހިމެނެ އެވެ. އެކަމަކު، ޗެލްސީގެ ކޯޗު، އެންޒޯ މަރެސްކާ ވަނީ އޭނާ ދެކޭ ގޮތުގައި ސްކޮޑަކީ 30 ކުޅުންތެރިން ކަމަށް ބުނެފަ އެވެ.

ޗެލްސީގެ ސްކޮޑުގައި ސްޓާލިން ނެތުމާ ގުޅޭގޮތުން، ސުވާލުކުރުުމުން، މަރެސްކާ ބުނީ، އެއީ ޓެކްނިކަލް ނިންމުމެއް ކަމަށާއި ކުރިއަށް އޮތް ދުވަސްތަކުގައި ކްލަބްގެ އެ ފަދަ ކަންކަން އިތުރަށް ސާފުވެގެންދާނެ ކަމަށެވެ.

މީގެ ދެ އަހަރު ކުރިން، ސިޓީން 60 މިލިއަން ޑޮލަރުގެ ޑީލެއްގައި ޗެލްސީއާ ގުޅުނު ސްޓާލިން އެ ޓީމަށް ކުޅުނު ދެ ސީޒަނުގައި ޖުމްލަ އެކު ޖެހުނީ، 19 ގޯލެވެ. ސްޓާލިން އަށް އެއް ފެންވަރެއްގައި ކުޅުން ދެމެހެއްޓުން އުނދަގޫ ކަމަކަށްވެފައިވާއިރު، ޗެލްސީގެ ސަޕޯޓަރުންގެ ނުރުހުން ވެސް އޭނާ އަށް ވަނީ އަމާޒުވެފަ އެެވެ.

ރިޕޯޓްތައް ބުނާގޮތުން، ސްޓާލިން ވަނީ ޗެލްސީގެ މެނޭޖްމަންޓް ގާތުގައި އޭނާގެ މުސްތަގުބަލާ ގުޅޭގޮތުން، ކްލަބުން ނިންމާ ގޮތެއް އޮޅުންފިލުވައިދޭން އެދިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބިސް ބުރު ބަލިކޮށް ވިކްޓަރީ ލީގުގެ އެއް ވަނަ އަށް

ދިވެހި ޕްރިމިއާ ލީގުގައި ބިސް ބުރު ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ވިކްޓަރީ ސްޕޯޓްސް ކްލަބް ތާވަލުގެ އެއްވަނައަށް ޖެހިލައިފި. މި މެޗުގައި ވިކްޓަރީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ އަހުމަދު ރިޒްވާން، ރަވްޝަންބެކް އަދި އަލް ހާޖީ ގޭރޯ. މި މޮޅާއެކު ވިކްޓަރީން ވަނީ ކުޅުނު ހަތަރު މެޗުން 10 ޕޮއިންޓް ހަމަކޮށްފައި

ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން ހާޒިގު ރިޓަޔާކޮށްފި

ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން ހަސަން ހާޒިގު ރަޝީދު، 16 އަހަރަށްފަހު ގައުމީ ޓީމުން ރިޓަޔާކޮށްފި. އޭނާ ރިޓަޔާކުރީ މެލޭޝިއާގައި ކުރިއަށްދިޔަ އައިސީސީ ޓީ20 ވޯލްޑް ކަޕް ކޮލިފައިންގައި ސައުދީ އަރަބިއްޔާއާ ދެކޮޅަށް ކުޅުނު މެޗަށް ފަހުގައި. ކްރިކެޓް ބޯޑުން ވަނީ ހާޒިގު ގައުމީ ޓީމަށް ކޮށްދިން އަގުހުރި ހިދުމަތްތަކާއި އޭނާގެ ނަމޫނާ އަހުލާގު ފާހަގަކޮށްފައި.

މިސައިލް އެލާޓެއްގައި ޖެހުނު މެޗުގައި ރޮނާލްޑޯގެ ލަނޑެއް

މިސައިލް އެލާޓަކާ ގުޅިގެން 15 މިނިޓު ފަސްކޮށް ފެށި އޭއެފްސީ ޗެމްޕިއަންސް ލީގު އެލީޓްގެ މެޗުގައި، ކްރިސްޓިއާނޯ ރޮނާލްޑޯގެ ލަނޑަކާއެކު އަލް ނަސްރުން ނެފްޓްޝީ ފެރްގާނާ ބަލިކޮށްފި. މިއީ މި މުބާރާތުގައި އަލް ނަސްރުން ހޯދި ފުރަތަމަ މޮޅު ކަމަށްވާއިރު، ރޮނާލްޑޯ މިހާރު ވަނީ އޭނާގެ ކެރިއަރުގައި 981 ލަނޑު ހަމަކޮށްފައި

ރިސޯޓް ސުޕަ ލީގުގެ ފުރަތަމަ މޮޅު އޮޅުވެލި އަށް

ރިސޯޓް ސުޕަ ލީގުގެ ފުރަތަމަ މެޗުގައި ބަރޮސް މޯލްޑިވްސްއާ ވާދަކޮށް 2-1 ގެ ނަތީޖާއަކުން ސަން ސިޔާމް އޮޅުވެލި މޮޅުވެއްޖެ. ޖުމްލަ ހަ ރިސޯޓަކުން ވާދަކުރާ މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 29 ވަނަ ދުވަހު.

އެންރީކޭ އެދެނީ މެންޗެސްޓާ ސިޓީ އަދަަބަކުން ސަލާމަތްވާން

މާލީ ގަވާއިދުތަކާ ހިލާފުވެގެން މެންޗެސްޓާ ސިޓީއަށް ކުރިމަތިވެފައިވާ މައްސަލަތަކުން އެ ކްލަބް ސަލާމަތްވުމަށް އެދޭ ކަމަށް ޕީއެސްޖީގެ ކޯޗު، އެންރީކޭ ބުނެފި. އޭނާ ބުނީ ސިޓީން ހޯދާފައިވާ ކާމިޔާބީތަކަކީ ދަނޑުމަތީގައި ކުރި ބުރަ މަސައްކަތުން ހޯދި ހައްގު ކާމިޔާބީތަކެއް ކަމަށާއި، އެހެންކަމުން އެ ޓީމަށް އަދަބެއް ނުލިބި ސަލާމަތްވާނެ ކަމަށް އުންމީދުކުރާ ކަމަށް

ޔުނައިޓެޑް ބަލި، އާސެނަލާއި ބާސެލޯނާ އަށް މޮޅެއް

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުތަކުން އެތުލެޓިކޯ މެޑްރިޑް، ބާސެލޯނާ އަދި އާސެނަލް ވަނީ މޮޅުވެފައި. އެތުލެޓިކޯ އިން 2-0 އިން މެންޗެސްޓާ ޔުނައިޓެޑް ބަލިކުރިއިރު، ބާސެލޯނާ އިން ގަލަތަސަރާއި އަތުން 4-1 އިން އަދި އާސެނަލުން ލިލް އަތުން 3-0 އިން ވަނީ މޮޅުވެފައި

އިންފަންޓީނޯ އަށް ވޯލްޑް ކަޕާ ގުޅޭ 1.7 މިލިއަން ޑޮލަރު ލިބުނު

ފީފާގެ ރައީސް އިންފަންޓީނޯ އަށް 2026 ވަނަ އަހަރުގެ ވޯލްޑް ކަޕާ ގުޅޭ 1.7 މިލިއަން ޑޮލަރުގެ ޕޭމަންޓެއް ލިބިފައިވާއިރު، އެ ފައިސާގެ ތަފްސީލު ފީފާގެ މާލީ ރިޕޯޓުތަކުގައި ހިމަނާފައި ނުވާ ކަމުގެ ތުހުމަތު ވަނީ ފެންމަތިވެފައި. ނަމަވެސް ފީފާއިން މި ތުހުމަތުތައް ދޮގުކޮށް، ހުރިހާ މާލީ މުއާމަލާތްތަކެއް ހިންގަނީ ދެފުށް ފެންނަ އުސޫލެއްގެ ތެރެއިން ކަމަށް ބުނޭ

Newsletter

Get the latest news delivered straight to your inbox