ޗެމްޕިއަން ސިޓީން ގިނަ ކުޅުންތެރިންތަކެއް ގަތް ޗެލްސީގެ އަޑުކަނޑުވާލައިފި

Aug 18, 2024, 6:13 PM
ލަނޑު ޖެހުމަށް ފަހު ހާލަންޑް (ވ) އާއި ޑި ބްރޭނާ އުފާފާޅުކުރަނީ.

ލަނޑު ޖެހުމަށް ފަހު ހާލަންޑް (ވ) އާއި ޑި ބްރޭނާ އުފާފާޅުކުރަނީ.

ލަންޑަން (އޮގަސްޓް 18) - ފާއިތުވި ހަތަރު އަހަރުގެ އިނގިރޭސި ޕްރިމިއާ ލީިގުގެ ޗެމްޕިއަން، މެންޗެސްޓާ ސިޓީން މި ފަހަރުގެ ލީގު ފަށަން ކުޅުނު މެޗުގައި، އެންމެ ގިނަ ޓްރާންސްފާކުރި އެއް ޓީމު، ޗެލްސީ އަތުން 2-0 އިން މޮޅުވެއްޖެ އެވެ.

މިއީ، މި ސީޒަނުގައި ޗެލްސީގެ ކޯޗުކަމާ ހަވާލުވި ލެސްޓާ ސިޓީގެ ކުރީގެ ކޯޗު، އެންޒޯ މަރެސްކާގެ ފުރަތަމަ މެޗެެވެ. މަރެސްކާ އަކީ މެންޗެސްޓާ ސިޓީގެ ކުރީގެ އެސިސްޓަންޓް ކޯޗެކެވެ. ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާއާ އެކު މަސައްކަތް ވެސް ކޮށްފައިވެ އެވެ.

ޗެލްސީގެ ސްޓެމްފޯޑް ބްރިޖުގައި ކުޅުނު މެޗުގެ 18 ވަނަ މިނިޓްގައި ސިޓީން ވަނީ ލީޑުނަގައިފަ އެވެ. މިއީ، އޭރިއާތެރެއިން ސިޓީގެ އާލިން ބްރައުޓް ހާލަންޑް ޖެހި ގޯލެކެވެ. މި ގޯލު ބަލައިގަންނަން ނިންމީ، ހާލަންޑަށް ފުރުސަތު ތަނަވަސްކޮށްދިން ބެނާޑޯ ސިލްވާ އޮފްސައިޑްތޯ، ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލައިފަ އެވެ. ވީއޭއާރުން ގޯލެއްކަމަށް ނިންމުމާ އެކު، ހާލަންޑް މި ވަނީ ސިޓީ އަށް ކުޅެދޭ 100 ވަނަ މެޗުގައި އެ ޓީމަށް 91 ވަނަ ލަނޑު ޖަހައިދީފަ އެވެ.

ސިޓީ އަށް ފުރަތަމަ ހާފުގައި ދެ ވަނަ ގޯލެއް ޖަހައިދޭން ކެވިން ޑި ބްރޭނާ ޖެހި ޝޮޓް ދަނޑިކައިރިން ބޭރަށް ދިޔައިރު، އެ ޓީމުގެ ޖެރެމީ ޑޮކޫ، އޭރިއާބޭރުން ޖެހި ބާރު ބޯޅަ ޗެލްސީގެ ކީޕަރު، ރޮބާޓް ސަންޗޭޒް ވަނީ މަތަކޮށްފަ އެވެ.

ފުރަތަމަ ހާފުގައި ޗެލްސީ އަށް ގޯލެއް ޖަހައިދޭން ކްރިސްޓޮފާ އެންކުންކޫ އާއި ނިކޮލަސް ޖެކްސަން އަދި އެންޒޯ ފެނާންޑޭޒަށް ރަނގަޅު ފުރުސަތުތަކެއް ލިބުނެވެ. އެންޒޯ ޖެހި ބޯޅަ ބްލޮކްވިއިރު، ޖެކްސަން ޖެހި ގޯލު ވަނީ އޮފްސައިޑް ކަމަށް ނިންމައިފަ އެވެ. އަދި އެންކުންކޫ ފޮނުވާލި ބޯޅަ ލަސްވުމުގެ ސަބަބުން ބޭނުމެއް ނުކުރެވުނެވެ.

ދެ ވަނަ ހާފުގައި ޗެލްސީން ކުރިއަށް ޖެހިގެން ލަނޑެއް ޖެހޭތޯ ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް ސިޓީގެ ކީޕަރު، އެޑަސަން މޮރާއެސް ކައިރިން ގޯލަށް ބޯޅަ ފޮނުވައިނުލެވުނެވެ.

ސިޓީ އަށް މެޗުގެ ތިން ޕޮއިންޓް ޔަގީންކޮށްދިން ލަނޑު ޖެހީ މަޓެއޯ ކޮވަސިޗް އެވެ. ކުރިން ޗެލްސީ އަށް ކުޅުނު ކޮވަސިޗް މި ލަނޑު ޖެހީ، މެޗުގެ 84 ވަނަ މިނިޓްގަ އެެވެ. އޭރިއާރޮނގުކައިރިން ކޮވަސިޗް ޖެހި ބޯޅަ ގޯލަަށް ވަނީ ޗެލްސީގެ ކީޕަރު ސަންޗޭޒް އަތުގައި ޖެހިފަ އެވެ.

މި މެޗުގެ ރެފްރީ، އެންތަނީ ޓޭލާގެ ގިނަ ނިންމުންތަކަކާ މެދު ޗެލްސީގެ ކުޅުންތެރިންނާއި ބެންޗުން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. ޗެލްސީން ވަނީ ޕެނަލްޓީ ހޯދަން ގިނަ އެޕީލްތަކެއް ވެސް ކޮށްފަ އެވެ. އޭގެ ތެރޭގައި، އެންޒޯ ފެނާންޑޭޒަށް ކުރި ފައުލަކަށާއި ކޮވަސިޗްގެ އަތުގައި ޖެހުނު ބޯޅައަކަށް ކުރި އެޕީލް ހިމެނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox