ގައުމީ ސާފިން ޓީމާ މެދު އިބޫގެ އިތުބާރު ބޮޑު

Aug 18, 2024, 7:42 AM
މިދިޔަ އަހަރުގެ އޭޝިއަން ސާފިން ޗެމްޕިއަންޝިޕްގެ ތެރެއިން އިބޫ (މ)، ޓީމުގެ އެހެން އެތުލީޓުންނާ އެކު،--- ފޮޓޯ: އަދަދު

މިދިޔަ އަހަރުގެ އޭޝިއަން ސާފިން ޗެމްޕިއަންޝިޕްގެ ތެރެއިން އިބޫ (މ)، ޓީމުގެ އެހެން އެތުލީޓުންނާ އެކު،--- ފޮޓޯ: އަދަދު

ކ. ތުލުސްދޫގައި މިއަދު ފެށި އޭޝިއަން ސާފިން ޗެމްޕިއަންޝިޕަށް ޖުމްލަކޮށް ބަލާއިރު، ތައްޔާރީތައް ދިޔައީ ރަނގަޅަށް ކަމަށާއި މުބާރާތުގައި ރަނގަޅު ހިސާބަކަށް ދެވޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށް ގައުމީ ސާފިން ޓީމުގެ ކޯޗު، ހުސެއިން އަރީފް (އިބޫ) ބުނެފި އެވެ.

ވިހި ގައުމުން 100 އަށް ވުރެ ގިނަ އެތުލީޓު އޭޝިއަން ސާފިން ޗެމްޕިއަންޝިޕްގައި މި ފަހަރު ވާދަކުރާއިރު، މިއީ، ގައުމީ ސާފިން ޓީމުގެ ކޯޗެއްގެ ގޮތުގަައި އިބޫ ނުކުންނާނެ އެންމެ ބޮޑު ޗެލެންޖެވެ.

"މި ތަނަށް (ތުލުސްދޫ އަށް) ހަތަރު ދުވަސް ނޫނީ ފަސް ދުވަސް ކުރިން އައިސްގެން މި ހަމަ ކޮންމެ ދުވަހަކުހެން ދެތިން ބުރަށް އެބަ ރާޅަށް އެރެން، އެއީ ހުރިހާ ކޮންޑިޝަނަކަށް ވެސް ޓީމު ކުދިން ހާނުވާލަން ރަނގަޅަށް. ކުދިންކޮޅު ވަރަށް ރަނގަޅަށް މި ވަގުތު އެ ތިބީ." މީގެ ހަ މަސް ކުރިން، ސާފިން ޓީމުގެ ކޯޗަކަށް ހަމަޖެއްސި އިބޫ، 46، "އަދަދު ސްޕޯޓްސް" އަށް ދިން އިންޓަވިއުއެއްގައި ބުންޏެވެ.

މި ފަހަރުގެ އޭޝިއަން ސާފިން ޗެމްޕިއަންޝިޕަކީ، 2026 ވަނަ އަހަރު ޖަޕާނުގައި ބާއްވާ އޭޝިއަން ގޭމްސްގެ ސާފިން އަށް ކޮލިފައިވުމުގެ އިވެންޓެކެވެ. އެހެންކަމުން، މި މުބާރާތުގައި ރަނގަޅު ކާމިޔާބެއް ހޯދައިފިނަމަ، ރާއްޖެ އަށް 2026 ވަނަ އަހަރުގެ އޭޝިއަން ގޭމްސް އިން ފުރުސަތު ލިބޭނެ އެވެ.

"ދެން، އުންމީދުކުރަނީ ވަރަށް ރަނގަޅު ހިސާބަކަށް، އެންމެ ބޮޑު އުންމީދަކީ ކޮލިފިކޭޝަނަށް، އެއީ ސީނިއާ މެންސްގެ، ދެން، ޖޫނިއާސް ވެސް މިހާރު އެ ހުރި ލެވަލް އިން ހަމަ ވަރަށް ދުރަށް ދާނެ ކަމަށް ދާނެ ކަމަށް، އުންމީދަކީ ޕޯޑިއަމް ފިނިޝް އެއް،" އެންމެ ފަހުން ބޭއްވި އޭޝިއާގެ ސާފިން ދެ މުބާރާތުގައި ވެސް މެޑަލް ހޯދި އިބޫ ބުންޏެވެ.

"އެ ކުދިން ޖެހޭނީ ހީޓް ސްޓްރެޓެޖީސް އާއި ހީޓް މެނޭޖްމަންޓް އަށް ވިސްނަން. އަހަރެެމެންގެ ލޯކަލް އެތުލީޓުންނަށް އެޑްވާންޓޭޖް އޮންނަނީ މި ތަން ރަނގަޅަށް ރާޅު ދަސްވުމާއި މި ތަނުގައި އަންނަ ރަނގަޅު ރާޅަށް ރަނގަޅު ޕޮޒިޝަންގައި ތިބުމާއި އެ ކުދިންގެ ސާފިން، ދެން ތިބި ގައުމުތަކުގެ ލެވަލް އަށް ބަލާފައި ވެސް ހަމަ އަޕް ދެއާ ހަމަ. އުންމީދުކުރަނީ ހަމަ، ރަނގަޅު ހިސާބަކަށް ދެވޭނެ ކަމަށް،"

އިބޫ ވަނީ މުބާރާތުގައި ދިވެހި ޓީމަށް ސަޕޯޓް ދޭ ފަރާތްތަކަށް މެސެޖެއް ދީފަ އެވެ.

"ސަޕޯޓަރުންނަށް ދޭން ބޭނުންވާ މެސެޖަކީ، އޮންލައިންކޮށް ބަލާ މީހުންނަށް ވެސް ތުލުސްދޫ އަށް އައިސް ވެސް، އަޅުގަނޑުމެންގެ ރާއްޖެ ޓީމަށް ސަޕޯޓް ކޮށްދޭން ވަޑައިގަންނަވާށޭ. ދެން، އޮންލައިންކޮށް ގިނައިން ހަމަ މި މުބާރާތް ބަލާ ހަމަ އަހަރެެމެންގެ އެތުލީޓުންނަށް ހިތްވަރު ދޭ،" އިބޫ ބުންޏެވެ.

އޭޝިއަން ސާފިން ޗެމްޕިއަންޝިޕުގައި ވާދަކުރާ ރާއްޖޭގެ ގައުމީ ސާފިން ޓީމު:

ސީނިއާ ޓީމު:

އަހުމަދު އާގިލް (ކެޕްޓަން)

ހޫދު އަހުމަދު

އިސްމާއިލް މިގްލާލް

ސީނިއާ ޓީމް ބީ (ޓީމު ތުލުސްދޫ):

ހަސަން ނާސިހް

އިސްމާއިލް ރަޝީދު (ސްމައިލީ)

އަހުމަދު ހިޝާމް ޝަހީމް

އަންހެން ގައުމީ ޓީމު:

އާޔާ ނަސީމް

ޝާޒިޔާ ސައީދު

ޖޫނިއާ ގައުމީ ޓީމު:

ސައްޔިދު ސަލާހުއްދީން (ކެޕްޓަން)

ޔަސިން އަހުމަދު ނާޝިދު

ޔޫސުފް ކަޔާން ހަމްދާން ޒަކީ

ޖޫނިއާ ޓީމް ބީ (ޓީމު ތުލުސްދޫ):

ކަޔާން އަބްދުالله އަރީފް

އަހުމަދު ޒަޔާން

މުހައްމަދު އިނާން އަބްދުލް ހަންނާން

ކޮމެންޓް

ފަހުގެ ޚަބަރު

އާސެނަލްގައި 10 އަހަރު ހަމަވާ ގޮތަށް އާޓެޓާ ކޮންޓްރެކްޓް އާކޮށްފި

އާސެނަލްގެ ކޯޗުކަމުގައި 10 އަހަރު ހަމަވާ ގޮތަށް، މިކޭލް އާޓެޓާ އެ ކްލަބާއެކު ހަދާފައިވާ އެއްބަސްވުން އާކޮށްފި. މި އާ ކޮންޓްރެކްޓާއެކު އޭނާގެ މުސާރަ އަހަރަކު 15 މިލިއަން ޑޮލަރަށް ބޮޑުވެފައިވާއިރު، އޭނާގެ އިރުޝާދުގެ ދަށުން އާސެނަލުން އަންނަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދަމުން.

އޭޝިއަން ގޭމްސްގައި ރިހާން ގައުމީ ރެކޯޑެއް އާ ކޮށްފި

ޖަޕާނުގައި ކުރިއަށްދާ 20 ވަނަ އޭޝިއަން ގޭމްސްގައި، ރާއްޖޭގެ ފިރިހެނުންގެ 400 މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓުގެ ގައުމީ ރެކޯޑް މުހައްމަދު ރިހާން ޝިހާމް އާކޮށްފި. ރިހާން މި ރެކޯޑް އާކުރީ 05:06.92 އިން ރޭސް ނިންމައިގެން ކަމަށްވާއިރު، މިއީ އޭނާ ކުރިން ހަދާފައިވާ ރެކޯޑަށްވުރެ ކުރިއެރުމެއް.

ސުޒެއިރުގެ މައްސަލަ ބަލަމުން ދަނިކޮށް ނިއު އިން ފުލުހަށް

ނިއު ރޭޑިއަންޓާއި މާޒިޔާ ބައްދަލުކުރި މެޗުގައި ހިނގި ހަމަނުޖެހުމުގައި، ނިއުގެ އެސިސްޓަންޓް ކޯޗަށް ހަމަލާދިން ކަމަށް ބުނާ މާޒިޔާގެ އެސިސްޓަންޓް ކޯޗު ސުޒޭރުގެ މައްސަލަ އެފްއޭއެމް އިން ބަލަން ފަށައިފި. އެފްއޭއެމް އިން މި މައްސަލަ ބަލަމުންދަނިކޮށް، ނިއު ރޭޑިއަންޓުން ވަނީ މި މައްސަލަ ފުލުހަށް ވެސް ހުށަހަޅާފައި

ނެދަލެންޑްސް އަށް ކުޅުން ކުރިއަށްގެންދަން ވެން ޑައިކް ނިންމައިފި

ނެދަލެންޑްސްގެ ގައުމީ ޓީމުން ރިޓަޔާކުރަން އުޅުނު ޑިފެންޑަރު ވާޖިލް ވެން ޑައިކް، އެ ޓީމުގެ އާ ކޯޗު ޒަވީއާ މަޝްވަރާކުރުމަށްފަހު 2028 ވަނަ އަހަރުގެ ޔޫރޯގެ ނިޔަލަށް ކުޅުން ކުރިއަށްގެންދަން ނިންމައިފި. ޒަވީގެ ޕްލޭންތަކާ މެދު ހިތްހަމަޖެހިގެން ވެން ޑައިކް މިގޮތަށް ނިންމިއިރު، އޭނާ ދެން އެންމެ އަވަހަށް ކުޅޭނީ ކުރިއަށް އޮތް ނޭޝަންސް ލީގުގެ މެޗުތަކުން

ޕްރެޝަރު ބޮޑުވަމުންދާތީ އިންފަންޓީނޯގެ ރާގު ބަދަލުވެއްޖެ

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ހަތަރުވަނަ ދައުރަކަށް ކުރިމަތިލައްވަން ނިންމަވާފައިވާއިރު، އިތުބާރު ހޯއްދެވުމުގެ ގޮތުން ފީފާގެ އިދާރީ އޮނިގަނޑު އިސްލާހުކޮށް ބޭރުގެ ފަރާތްތަކުން ރިވިއުކުރުމަށް މަރުހަބާ ކިޔާނެކަމަށް އޭނާ ވަނީ ވިދާޅުވެފައި

ކެރިއަރުގެ ފަހުކޮޅުގައި ސާއިދު ފަސް ވަނަ އޭޝިއަން ގޭމްސް އަށް

ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު، އޭނާގެ ކެރިއަރުގެ ފަސްވަނަ އޭޝިއަން ގޭމްސްގައި ވާދަކުރަމުންދާއިރު، މިއީ އޭނާގެ ކެރިއަރުގެ ފަހުކޮޅު. 2010 ވަނަ އަހަރުން ފެށިގެން މެދުކެނޑުމެއްނެތި އޭޝިއަން ގޭމްސްގައި ރާއްޖެ ތަމްސީލުކުރަމުންދާ ސާއިދު ބުނިގޮތުގައި، ގައުމީ ޒިންމާ އެންމެ މަތީ ފަންތީގައި އަދާކުރުމަކީ އޭނާއަށް ލިބޭ ބޮޑު ފަހުރު

ޝަކާ ފޭކު ކޮވިޑް ސެޓިފިކެޓެއް ހުށަހެޅި މައްސަލައެއް ބަލަނީ

ސްވިޒަލެންޑްގެ ގައުމީ ޓީމުގެ ކެޕްޓަން ގްރޭނިޓް ޝަކާ، ކޮވިޑް ވެކްސިން ޖެހިކަމުގެ ފޭކް ސެޓްފިކެޓެއް ހުށަހެޅި މައްސަލައެއް އެ ގައުމުގެ ޕްރޮސެކިއުޓަރުން ތަހުގީގު ކުރަން ފަށައިފި. މި މައްސަލައާ ގުޅިގެން ޝަކާ ވަނީ ގައުމީ ޓީމުގެ ކުރިއަށް ހުރި މެޗުތަކުގައި ބައިވެރިނުވާން ނިންމާފައި

Newsletter

Get the latest news delivered straight to your inbox