ސަކާ ތަފާތު ދައްކައި އާސެނަލަށް ފުރަތަމަ މޮޅު ހޯދައިދީފި

Aug 17, 2024, 5:59 PM
ސަކާ ތަފާތު ދައްކައި އާސެނަލަށް ފުރަތަމަ މޮޅު ހޯދައިދީފި

ލަންޑަން (އޮގަސްޓް 17) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ބުކާޔޯ ސަކާ ތަފާތު ދައްކައި، ވުލްވްސްގެ މައްޗަށް 2-0 އިން ކުރިހޯދައި، އާސެނަލަށް މި ފަހަރުގެ ސީޒަނުގެ ފުރަަތަމަ މޮޅު ހޯދައިދީފި އެވެ.

އާސެނަލްގެ ދަނޑު އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު މެޗު ފަށައިގެން އާސެނަލުން ގިނަ ވަގުތު ބޯޅަ ހިފަަހައްޓައިގެން ކުޅެން މަސައްކަތްކުރި އެވެ. އެ ގޮތުން، އާސެނަލުން ވަނީ ލަނޑު ޖަހާނެ ފުރުސަތުތަކެއް ވެސް ހޯދައިފަ އެވެ.

ލަނޑެއް ޖެހޭތޯ އާސެނަލުން ކުރި މަސައްކަތް ކާމިޔާބުކުރީ، 25 ވަނަ މިނިޓްގަ އެވެ. މި ލަނޑު ޖެހީ ކައި ހަވާޓްޒް އެވެ. އޭނާ މި ލަނޑު ޖެހީ ސަކާ ނަގައިދިން ހުރަހަކުން ބޮލުންނެވެ. ހަވާޓްޒް ވަނީ، ވުލްވްސްގެ ކީޕަރު ހޯސޭ ސާ އަށް ބޯޅަ ލިބުމުގެ ކުރިން ބޮލުން ގޯލަށް ބޯޅަ ފޮނުވާލައިފަ އެވެ.

ފުރަތަމަ ހާފުގައި އާސެނަލަށް ލަނޑު ޖަހަން ލިބުނު ފުރުސަތުތަކެއް އެ ޓީމުގެ ގަބްރިއެލް މާޓިނެލީ އަތުން ވަނީ ގެއްލިފަ އެވެ.

ވުލްވްސް އަށް އެއްވަރުކޮށްދޭން ޖޯގެން ސްޓްރޭންޑް ލާސަން ވަނީ ރަނގަޅު ހަމަލާއެއް ފޮނުވާލައިފަ އެވެ. ފުރަތަމަ ހާފުގައި ސްޓްރޭންޑް ލާސަން ބޮލުން ފޮނުވާލި ބޯޅަ އާސެނަލްގެ ކީޕަރު ޑޭވިޑް ރާޔާ ވަނީ މަތަކޮށްފަ އެވެ. އޭގެ ފަހުން ދެ ވަނަ ހާފުގައި، ވުލްވްސްގެ މަތެއުސް ކޫންޏާ ޖެހި ބޯޅަ އަމާޒުވީ ކީޕަރު ރާޔާ އަތަށެވެ.

އާސެނަލަށް މެޗުގެ ތިން ޕޮއިންޓް ޔަގީންކޮށްދިން ލަނޑު ޖެހީ، ސަކާ އެެވެ. މިއީ އަަވަހަށް ކުޅުނު ހިލޭ ޖެހުމެއްގައި ތަނަވަސްވި ފުރުސަތަކުން ސަކާ ޖެހި ލަނޑެކެވެ. މިއީ، ވުލްވްސްއާ ދެކޮޅަށް ކުޅުނު 11 މެޗުގެ ތެރެއިން ސަކާ ޖެހި ހަތަރު ވަނަ ލަނޑެވެ.

މިދިޔަ ސީޒަނުގައި ލީގުގެ ދެ ވަނަ ހޯދި އާސެނަލް މި ފަހަރުގެ ލީގުގައި ކުޅުނު ފުރަތަމަ މެޗުން ހޯދި ކާމިޔާބަށް ފަހު، އެ ޓީމުގެ ކޯޗު މިކޭލް އާޓެޓާ ވަނީ ފުރަތަމަ މެޗާ ބަަލައި އެ ޓީމުގެ ކުޅުމާ މެދު ހިތްހަމަޖެހޭ ކަމަށް ބުނެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބިސް ބުރު ބަލިކޮށް ވިކްޓަރީ ލީގުގެ އެއް ވަނަ އަށް

ދިވެހި ޕްރިމިއާ ލީގުގައި ބިސް ބުރު ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ވިކްޓަރީ ސްޕޯޓްސް ކްލަބް ތާވަލުގެ އެއްވަނައަށް ޖެހިލައިފި. މި މެޗުގައި ވިކްޓަރީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ އަހުމަދު ރިޒްވާން، ރަވްޝަންބެކް އަދި އަލް ހާޖީ ގޭރޯ. މި މޮޅާއެކު ވިކްޓަރީން ވަނީ ކުޅުނު ހަތަރު މެޗުން 10 ޕޮއިންޓް ހަމަކޮށްފައި

ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން ހާޒިގު ރިޓަޔާކޮށްފި

ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން ހަސަން ހާޒިގު ރަޝީދު، 16 އަހަރަށްފަހު ގައުމީ ޓީމުން ރިޓަޔާކޮށްފި. އޭނާ ރިޓަޔާކުރީ މެލޭޝިއާގައި ކުރިއަށްދިޔަ އައިސީސީ ޓީ20 ވޯލްޑް ކަޕް ކޮލިފައިންގައި ސައުދީ އަރަބިއްޔާއާ ދެކޮޅަށް ކުޅުނު މެޗަށް ފަހުގައި. ކްރިކެޓް ބޯޑުން ވަނީ ހާޒިގު ގައުމީ ޓީމަށް ކޮށްދިން އަގުހުރި ހިދުމަތްތަކާއި އޭނާގެ ނަމޫނާ އަހުލާގު ފާހަގަކޮށްފައި.

މިސައިލް އެލާޓެއްގައި ޖެހުނު މެޗުގައި ރޮނާލްޑޯގެ ލަނޑެއް

މިސައިލް އެލާޓަކާ ގުޅިގެން 15 މިނިޓު ފަސްކޮށް ފެށި އޭއެފްސީ ޗެމްޕިއަންސް ލީގު އެލީޓްގެ މެޗުގައި، ކްރިސްޓިއާނޯ ރޮނާލްޑޯގެ ލަނޑަކާއެކު އަލް ނަސްރުން ނެފްޓްޝީ ފެރްގާނާ ބަލިކޮށްފި. މިއީ މި މުބާރާތުގައި އަލް ނަސްރުން ހޯދި ފުރަތަމަ މޮޅު ކަމަށްވާއިރު، ރޮނާލްޑޯ މިހާރު ވަނީ އޭނާގެ ކެރިއަރުގައި 981 ލަނޑު ހަމަކޮށްފައި

ރިސޯޓް ސުޕަ ލީގުގެ ފުރަތަމަ މޮޅު އޮޅުވެލި އަށް

ރިސޯޓް ސުޕަ ލީގުގެ ފުރަތަމަ މެޗުގައި ބަރޮސް މޯލްޑިވްސްއާ ވާދަކޮށް 2-1 ގެ ނަތީޖާއަކުން ސަން ސިޔާމް އޮޅުވެލި މޮޅުވެއްޖެ. ޖުމްލަ ހަ ރިސޯޓަކުން ވާދަކުރާ މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 29 ވަނަ ދުވަހު.

އެންރީކޭ އެދެނީ މެންޗެސްޓާ ސިޓީ އަދަަބަކުން ސަލާމަތްވާން

މާލީ ގަވާއިދުތަކާ ހިލާފުވެގެން މެންޗެސްޓާ ސިޓީއަށް ކުރިމަތިވެފައިވާ މައްސަލަތަކުން އެ ކްލަބް ސަލާމަތްވުމަށް އެދޭ ކަމަށް ޕީއެސްޖީގެ ކޯޗު، އެންރީކޭ ބުނެފި. އޭނާ ބުނީ ސިޓީން ހޯދާފައިވާ ކާމިޔާބީތަކަކީ ދަނޑުމަތީގައި ކުރި ބުރަ މަސައްކަތުން ހޯދި ހައްގު ކާމިޔާބީތަކެއް ކަމަށާއި، އެހެންކަމުން އެ ޓީމަށް އަދަބެއް ނުލިބި ސަލާމަތްވާނެ ކަމަށް އުންމީދުކުރާ ކަމަށް

ޔުނައިޓެޑް ބަލި، އާސެނަލާއި ބާސެލޯނާ އަށް މޮޅެއް

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުތަކުން އެތުލެޓިކޯ މެޑްރިޑް، ބާސެލޯނާ އަދި އާސެނަލް ވަނީ މޮޅުވެފައި. އެތުލެޓިކޯ އިން 2-0 އިން މެންޗެސްޓާ ޔުނައިޓެޑް ބަލިކުރިއިރު، ބާސެލޯނާ އިން ގަލަތަސަރާއި އަތުން 4-1 އިން އަދި އާސެނަލުން ލިލް އަތުން 3-0 އިން ވަނީ މޮޅުވެފައި

އިންފަންޓީނޯ އަށް ވޯލްޑް ކަޕާ ގުޅޭ 1.7 މިލިއަން ޑޮލަރު ލިބުނު

ފީފާގެ ރައީސް އިންފަންޓީނޯ އަށް 2026 ވަނަ އަހަރުގެ ވޯލްޑް ކަޕާ ގުޅޭ 1.7 މިލިއަން ޑޮލަރުގެ ޕޭމަންޓެއް ލިބިފައިވާއިރު، އެ ފައިސާގެ ތަފްސީލު ފީފާގެ މާލީ ރިޕޯޓުތަކުގައި ހިމަނާފައި ނުވާ ކަމުގެ ތުހުމަތު ވަނީ ފެންމަތިވެފައި. ނަމަވެސް ފީފާއިން މި ތުހުމަތުތައް ދޮގުކޮށް، ހުރިހާ މާލީ މުއާމަލާތްތަކެއް ހިންގަނީ ދެފުށް ފެންނަ އުސޫލެއްގެ ތެރެއިން ކަމަށް ބުނޭ

Newsletter

Get the latest news delivered straight to your inbox