ސްލޮޓާ އެކު ލިވަޕޫލުން ފެށީ ސަލާހުގެ ރެކޯޑް ގޯލާއި މޮޅަކުން

Aug 17, 2024, 1:59 PM
ސްލޮޓާ އެކު ލިވަޕޫލުން ފެށީ ސަލާހުގެ ރެކޯޑް ގޯލާއި މޮޅަކުން

ލަންޑަން (އޮގަސްޓް 17) - ނެދަލެންޑްސްގެ ކޯޗު އާނާ ސްލޮޓްގެ އިރުޝާދުގެ ދަށުން ލިވަޕޫލް ކުޅުނު ފުރަތަމަ ރަސްމީ މެޗުގައި، މުހައްމަަދު ސަލާހު ޖެހި ރެކޯޑް ގޯލާ އެކު، 2-0 އިން އިޕްސްވިޗް ޓައުން ބަލިކޮށް، ލިވަޕޫލުން އިނގިރޭސި ޕްރިމިއާ ލީގުގެ އާ ސީޒަން މޮޅަކުން ފަށައިފި އެވެ.

ނުވަ އަހަރަށް ފަހު، ލިވަޕޫލް ކޯޗުކަމުން ޖަރުމަނުގެ ކޯޗު ޔާގަން ކްލޮޕް ވަކިވުމުން އެ މަގާމާ ހަވާލުވި، ސްލޮޓް އަކީ އެކާވީސް ވަނަ ގަރުނުގައި މޮޅަކުން ލީގު ފެށި ލިވަޕޫލްގެ ފުރަތަމަ ކޯޗެވެ.

ބާވީސް އަހަރަށް ފަހު، ޕްރިމިއާ ލީގަށް އެނބުރި އައި، އިޕްސްވިޗުން، މިއަދުގެ މެޗުގެ ފުރަތަމަ ހާފުގައި ރަނގަޅު ކުޅުމެއް ދެއްކި އެވެ. އަމިއްލަ ދަނޑުގައި ކުޅުނު، އިޕްސްވިޗަށް މި ހާފުގައި އެންމެ ރަނގަޅު ހަމަލާއެއް އުފެއްދީ އޮމާރް ހަޗިންސަން އެވެ. ކައުންޓަ އެޓޭކުގައި، އިސްޕްވިޗުގެ ހަޗިންސަން ޖެހި ބޯޅަ ލިވަޕޫލްގެ ކީޕަރު، އެލިސަން ބެކާ ވަނީ މަތަކޮށްފަ އެވެ.

ލިވަޕޫލުން ވަނީ ދެ ވަނަ ހާފުގައި މުޅިން ކަހަލަ ގޮތަކަށް ކޮންޓްރޯލް ނަގައިގެން މޮޅަށް ކުޅެފަ އެވެ. މި ހާފުގައި ލިވަޕޫލަށް ލީޑުނަގައިދޭން ލުއިޒް ޑިއާޒް އަށް އޭރިއާތެރެއިން ލިބުނު ފުރުސަތުގައި އޭނާ ޖައްސާލި ބޯޅަ ހުރަސް ދަނޑިމަތިން ދިޔައިރު، އޭރިއާތެރޭގައި ހުސްކޮށް ހުރެފައި، ޑިއޯގޯ ޖޮޓާ ބޮލުން ޖެހި ބޯޅަ ދިޔައީ ދަނޑިކައިރިން ބޭރުންނެވެ.

މެޗުގައި ލިވަޕޫލުް ލީޑުނެގީ ޖޮޓާ ޖެހި ގޯލުންނެވެ. މެޗުގެ، 60 ވަނަ މިނިޓްގައި ޖޮޓާ މި ލަނޑު ޖެހީ ސަލާހު ހުސްކޮށްލާފައި ދިން ބޯޅައަކުންނެވެ. އޭގެ ފަސް މިނިޓް ފަހުން، ސަލާހު ވަނީ ލިވަޕޫލްގެ ދެ ވަނަ ލަނޑު ޖަހައިފަ އެވެ.

މިއީ، ޕްރިމިއާ ލީގުގެ އާ ސީޒަނެއްގެ ފުރަތަމަ މެޗުގައި، ސަލާހު ޖެހި ނުވަ ވަނަ ލަނޑެވެ. މިއާ އެކު، ސަލާހު ވެފައިވަނީ، ޕްރިމިއާ ލީގުގެ ފުރަތަމަ މެޗުތަކުގައި އެންމެ ގިނަ ލަނޑު ޖެހުމުގެ ރެކޯޑް ހަދައިފަ އެވެ.

ލިވަޕޫލަށް ސަލާހު ކުޅެދިން 350 ވަނަ މެޗުގައި އިތުރު ގޯލު ޖަހަން ވެސް އޭނާ އަށް ހުސް ފުރުސަތެއް ލިބި ބޭނުމެއް ނުކުރެވުނެވެ. އޭގެ އިތުރުން، ޑިއާޒް އާއި ކޮނާ ބްރެޑްލީ އަށް ވެސް ހުސް ފުރުސަތުތަކެއް ލިބި ގޯލެއް ޖެހޭގޮތެއްނުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox