އޯކޭ ޒާހިރު ނިޔާވެއްޖެ

އެމްޑީޕީގެ ހަރަކާތެއްގައި މުހައްމަދު ޒާހިރު (އޯކޭ ޒާހިރު) ވާހަކަ ދައްކަވަނީ

އެމްޑީޕީގެ ހަރަކާތެއްގައި މުހައްމަދު ޒާހިރު (އޯކޭ ޒާހިރު) ވާހަކަ ދައްކަވަނީ

ކުރީގެ މަޝްހޫރު ވިޔަފާރިވެރިޔާ، އަދި ރާއްޖެ އަށް ޑިމޮކްރެޓިކް ބަދަލު ގެނައުމުގެ ހަރަކާތުގައި އެކްޓިވިސްޓެއްގެ ގޮތުގައި އުޅުއްވި މުހައްމަދު ޒާހިރު (އޯކޭ ޒާހިރު)، އުމުރުން 76 އަހަރުގައި ނިޔާވެއްޖެ އެވެ.

ސްރީ ލަންކާގައި ދިރިއުޅުއްވާ ޒާހިރު ނިޔާވީ އާސިރީ ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް ރޭ ފަތިހު 4:30 ހާއިރު ކަމަށެވެ. އެކަން އާއިލާއިން ކަށަވަރުކޮށް ދިނެވެ.

ނިޔާވިއިރު ޒާހިރުގެ އަންބަކާއި ނުވަ ދަރިން ދުނިޔޭގައި އެބަ ތިއްބެވެ.

ފޮރިން މިނިސްޓަރު މޫސާ ޒަމީރު ފުރަތަމަ ކައިވެނި ބައްލަވައިގަތީ ޒާހިރުގެ ދަރިޔަކާ އެވެ.

އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި ޒާހިރަކީ ތިލަފުށީ ކޯޕަރޭޝަންގެ ބޯޑު މެންބަރެކެވެ. އަދި އެމްޑީޕީގެ ފޮނަދޫ ދާއިރާގެ ރައީސްކަން އޭނާ ކުރެއްވި އެވެ.

ޒާހިރަކީ އިޖާދީ، އަދި އުފެއްދުންތެރި މަސައްކަތްތަކެއް ކުރެއްވި ވިޔަފާރިވެރި އެކެވެ. އެގޮތުން، ހާޕިކް ލިކުއިޑް (ސާފް ލިކުއިޑް)، ވިމް ޕައުޑަރު (ތިރުނަ ޕައުޑަރު)، މޫނުގައިޖަހާ ފުށް (ރެހެންދި ޓެލްކަމް ޕައުޑަރު)، ބްލީޗިން ލިކުއިޑް (ފަސޭހަ ލިކުއިޑް)، އުއްބައްތި (ރީތިއަލި) ޒާހިރުގެ ވިޔަފާރީގެ އުފެއްދުންތަކެވެ. އެތަކެތި ޒާހިރު އުފެއްދީ ރާއްޖޭގަ އެވެ.

އޭގެ އިތުރުން މަހުގެ ބާވަތްތަކާއި ހުއިފިލަނޑާ އޭނާ އެކްސްޕޯޓުކުރި އެވެ. މިކަންކަން ފާހަގަކޮށް، އިގުތިސާދީ މަސައްކަތް ކުރިއެރުވުމުގެ ރޮނގުން، ހިތްވަރު ދިނުމުގެ ގައުމީ އިނާމު 1993 ގައި ޒާހިރަށް ދީފައިވެ އެވެ.

ޒާހިރު ފާހަގަ ވެފައިވަނީ އިސްލާހީ މަސައްކަތުގައި ކެރިގެން ބަސް ވިދާޅުވި ބޭފުޅެއްގެ ގޮތުގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޕާކިސްތާނުގައި ދިރިއުޅޭ ދިވެހިންނާ މުއިއްޒު ބައްދަލުނުކުރެއްވި

ޕާކިސްތާނަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އެ ގައުމުގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރެއްވުމަށް ދައުވަތު ދެއްވުމަށްފަހު، އެންމެ ފަހުވަގުތު އެ ބައްދަލުވުން ކެންސަލްކުރުމުން އެތަނުގައި ތިބި ދިވެހިން ވަނީ ނުރުހުން ފާޅުކޮށްފައި. އެ ބައްދަލުވުން އޮންނާނެ ކަމަށް ބުނުމުން ތައްޔާރުވި ކަމަށް ދިވެހިން ބުނި.

އޮނަރަރީ ޑޮކްޓަރޭޓްގެ ޝަރަފު ގަބޫލެއް ނުކުރާނަން: ޔާމީން

ޕާކިސްތާނުން ރައީސް މުއިއްޒަށް އޮނަރަރީ ޑޮކްޓަރޭޓް އެރުވުމާ ގުޅިގެން، އެފަދަ ޝަރަފެއް އެމަނިކުފާނަށް އެރުވި ނަމަ ގަބޫލުނުކުރައްވާނެ ކަމަށް ކުރީގެ ރައީސް ޔާމީން ވިދާޅުވި. ޔާމީން ވިދާޅުވީ ރާއްޖޭގެ ހާލަތު އޮތްގޮތުން މުއިއްޒަށް އެ ޝަރަފު ދޭންޖެހޭ ސަބަބެއް ނުވިސްނޭ ކަމަށާއި، އެކަމުގެ ސަބަބުން އެ ޝަރަފު އެރުވި ފަރާތުގެ އަގުވެސް ވެއްޓޭ ކަމަށް.

ރަސްމާލެ ވިއްކާލަށް ރައްޔިތުންގެ ވޯޓަކަށް ދާންޖެހޭ: ޔާމީން

ރަސްމާލެއިން ބައެއް ވިއްކާލުމަކީ ރައީސުލްޖުމްހޫރިއްޔާއަށް އަމިއްލައަށް ނިންމޭނެ ކަމެއް ނޫން ކަމަށާއި، އެއީ ރައްޔިތުންގެ މުސްތަގުބަލާ ގުޅިފައިވާ ކަމަކަށްވާތީ އެކަމުގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާންޖެހޭނެ ކަމަށް ކުރީގެ ރައީސް ޔާމީން ވިދާޅުވެއްޖެއެވެ. އަދި ރަސްމާލެއިން ދޫކޮށްލާ ބައި އަނބުރާ ނުހޯދޭނެ ކަމަށް ޔާމީން ވިދާޅުވި.

ޕާކިސްތާނަށް ކުރި ދަތުރު ނިންމާލުމަށްފަހު މުއިއްޒު މާލެއަށް

ޕާކިސްތާނުގެ ބޮޑުވަޒީރުގެ ދައުވަތަކަށް ރައީސް މުއިއްޒު އެ ގައުމަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި ރާއްޖެ ވަޑައިގެންފިއެވެ. މި ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދުގައި 20 އެމްއޯޔޫއެއްގައި ސޮއިކޮށް، ކުރިއަށް އޮތް ދެ އަހަރު ތެރޭގައި ވިޔަފާރީގެ މިންވަރު 200 މިލިއަން ޑޮލަރަށް އިތުރުކުރުމަށް ވަނީ އަމާޒު ހިފާފައެވެ.

"އަންހެނުން ގޭގައި ކުރާ މަސައްކަތުގައި އިގުތިސޯދީ އަގު އެބަހުރި"

އަންހެނުން ގޭގައި ކުރާ މަސައްކަތަކީ އިގުތިސޯދީ އަގެއް ހުރި ކަމެއް ކަމަށާއި، އެކަމުގެ އަގުވަޒަންކުރުމުގެ ގޮތުން ދައުލަތުން ނުވަތަ ފިރިމީހާ ފައިސާ ދޭންޖެހޭ ކަމަށް ފައްޔާޒް ވިދާޅުވި. އޭނާ ވިދާޅުވީ ދަރިން ތަރުބިއްޔަތުކުރުމުގައި އަންހެނުން އަދާކުރާ މުހިންމު ދައުރަށް ބަލައި، ކުރިމަގުގައި ޕެންޝަނެއް ފަދަ އިނާޔަތެއް ދިނުމަކީ މުހިންމު ކަމެއް ކަމަށް.

ހުއްޓުމެއް ނެތި ވާރޭވެހި ހއ. އާއި ހދ.ގެ ރަށްތަކަށް ގެއްލުންތަކެއް

ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ހދ. އަތޮޅުގެ ރަށްތަކުގައި ފެންބޮޑުވެ، ގިނަ އަދަދެއްގެ ގެތަކަށާއި ހިފާގެންގުޅޭ ތަކެއްޗަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައި. ހާއްސަކޮށް ނޮޅިވަރަމާއި، ކުޅުދުއްފުށި އަދި ނޮޅިވަރަންފަރުގެ ހާލަތު ގޯސްވެފައިވާއިރު، ސިފައިންނާއި ފުލުހުން ގުޅިގެން ފެން ހިންދުމާއި ވެލިބަސްތާ ޖެހުމުގެ މަސައްކަތް ދަނީ ކުރަމުން.

ޕާކިސްތާނާއެކު އަސްކަރީ ގުޅުން ފުޅާކުރުމުން ނުރައްކާ ވާނެ: ނަޝީދު

ޕާކިސްތާނާއެކު އަސްކަރީ ގުޅުން ބަދަހިކުރުމަކީ އިންޑިއާގެ ކަންބޮޑުވުން އިތުރުވެ ރާއްޖޭގެ ސަލާމަތަށް ނުރައްކާވާނެ ކަމެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި. ރައީސް މުއިއްޒު ޕާކިސްތާނަށް ކުރައްވާ ދަތުރުފުޅުގައި އަސްކަރީ ދާއިރާ ހިމެނޭހެން ގިނަ އެއްބަސްވުންތަކެއްގައި ސޮއިކުރި.

Newsletter

Get the latest news delivered straight to your inbox