ޚަލީފާ މުޙައްމަދުލްމުޤްތަފީ ދިވެހިންނަށް ހާއްސަވަނީ ކީއްވެ؟

ޚަލީފާ މުޙައްމަދުލްމުޤްތަފީ ދިވެހިންނަށް ހާއްސަވަނީ ކީއްވެ؟

މުސްލިމުންގެ ފުރަތަމަ ޚަލީފާ އަބޫބަކުރުގެފާނު އަހަރެމެން އެންމެންނަށްވެސް އެނގެ އެވެ. އެކަލޭގެފާނު ޚަލީފާކަމުގައި ވެގެންދިޔައީ މާތް ނަބިއްޔާ ސުވަރުގެވަޑައިގަތުމުން، މުސްލިމުންގެ ބޮޑެއްޗަށް ތިބި މީހުން އެކަލޭގެފާނަކީ ވެރިމީހާ ކަމަށް ބައިޢަތު ހިފުމުންނެވެ. އިސްލާމީ އުންމަތުގައި އެންމެންގެ މައްޗަށް ބަސްކިޔޭ ވެރިއެއްގެ ގޮތުގައި އޭރު ހުންނަވާނީ ޚަލީފާގެ މަގާމުގައި އެހުންނަވާ ބޭކަލެއް އެކަންޏެވެ. މިގޮތަށް އޮތް ނިޒާމު ނިމުމަކަށް އައީ މީލާދީން 1924 ވަނަ އަހަރުގައެވެ. ހިޖުރީ ސަނަތުން އެއީ 1342 އެވެ. އެފަހުން ދުނިޔެ ދެކެމުން މިދަނީ، ބިމުގެ ވަކި ސަރަހައްދަކުން އިން ކަނޑައެޅިފައި އޮންނަ ދައުލަތްތަކެކެވެ. ކޮންމެ ދައުލަތެއް ހިންގަނީ އަނެއް ދައުލަތާ ވަކިންނެވެ. ކޮންމެ ދައުލަތެއްގެ މީހުން ބޯލަނބަން ޖެހެނީ އެ ދައުލަތެއްގެ ވެރިންނަށެވެ.

ކޮންމެއަކަސް މީލާދީ ސަނަތުން 632 ވަނަ އަހަރުން ފެށިގެން 1924 އާ ދެމެދަށް ފާއިތުވީ، 1292 މީލާދީ އަހަރުގެ މުއްދަތުގައި، އިސްލާމީ އުންމަތުގައި ޚަލީފާއަކު ހުއްޓެވެ. އެއީ ދުނިޔޭގެ ކޮންމެ ކަންކޮޅެއްގައި ތިބޭ ކޮންމެ މުސްލިމަކު ބޯލަންބަންޖެހޭ އެންމެ އިސްވެރިމީހާގެ ގޮތުގައެވެ.

އެއްދަރިކޮޅަކުން އެންމެ ދިގު މުއްދަތަކަށް އިސްލާމީ ޚިލާފަތެއްގެ ގޮތުގައި ރަސްކަމެއް ހިންގެވި އިސްލާމީ ދަރިކޮޅަކީ އައްބާސީ ދަރިކޮޅެވެ. އެހެންވެ އެއީ އައްބާސީ ހިލާފަތޭ ކިޔައެވެ. ނުވަތަ އައްބާސީ ދައުލަތޭ ކިޔައެވެ. މިނަން ނިސްބަތް މިވަނީ މާތް ނަބިއްޔާގެ ބޮޑު ބޭބޭފުޅެއްކަމުގައިވާ ޢައްބާސް ބިން ޢަބްދުލްމުއްޠަލިބަށެވެ. އައްބާސީންގެ އިސްލާމީ ހިލާފަތަކީ އެދަރިކޮޅުން އައި ބޭކަލުންކޮޅެއް އިސްވެ ތިއްބަވައިގެން ގާއިމުކުރެއްވި ރަސްކަމަކަށްވާތީ އެވެ.

Advertisement

ސުރުހީގައި އަޅުގަނޑު ދަންނަވާފައިވާ ޚަލީފާ މުޙައްމަދުލްމުޤްތަފީއަކީ މިދަރިކޮޅުން ވަޑައިގެންނެވި ޚަލީފާއެކެވެ. އެއީ އިސްލާމީ އުންމަތުގެ 56 ވަނަ ޚަލީފާއެވެ. ޚަލީފާ ކަމަށް ބައިޢަތު ހިފެވުނީ ހިޖުރައިން 530 ވަނަ އަހަރުގަ އެވެ. އެއީ މީލާދީން 1136 ވަނަ އަހަރުގަ އެވެ. އޭރު އެކަލޭގެފާނުގެ އުމުރުފުޅުން 40 އެވެ. ޚަލީފާކަން ލިބިވަޑައިގެންނެވިއިރު، ސިޔާސީ ގޮތުން އެތެރޭގެ ހަނގުރާމަތައް ބާރެވެ. ނަމަވެސް ހިކުމަތްތެރިކަމާއި ޖެހިލުން ކުޑަކަމަށް މަޝްހޫރު މި ޚަލީފާ އެކަންކަމުގައި ކާމިޔާބު ހޯއްދެވި އެވެ. އަދާވާތްތެރިންގެ މައްޗަށް ނަސްރު ހޯއްދަވައި، އިސްލާމީ އުންމަތް އަދި އައްބާސީ ދައުލަތް އެކަތިގަނޑަކަށް ހައްދަވައި ވެރިކަމުގެ ހައިބަތު ނެގެހެއްޓިވިކަމުގައި އިމާމް ސުޔޫޠީ މި ޚަލީފާއާ ބެހޭ ގޮތުން ވިދާޅުވެފައިވެ އެވެ. ތާރީހު އިލްމުވެރިން މި ޚަލީފާ ސިފަކުރައްވާފައި ވަނީ، އުޅުން ރިވެތި، ބުއްދިވެރި އަދި ސިޔާސީ ގޮތުން ކުޅަދާނަ ލީޑަރެއްގެ ގޮތުގަ އެވެ. ހިޖުރައިން 555 ވަނަ އަހަރު، މީލާދީ ސަނަތުން 1160 ވަނަ އަހަރު އަވަހާރަވުމާ ހަމައަށް މި ޚަލީފާ މަގާމުގައި ހުންނެވި އެވެ. އަދި އެއީ އިސްލާމީ މުޅި އުންމަތަށް ޚަލީފާއެއްގެ ގޮތުގަ އެވެ.

އާދޭހެވެ! އެއީ އަމީރުލްމުއުމިނީން އަދި ޚަލީފަތުލްމުސްލިމީން އަބޫ ޢަބްދުﷲ މުޙައްމަދުލްމުޤްތަފީ ލިއަމްރިﷲ ނަމަކަށް ކިޔުނު ޚަލީފާ އެވެ. މި ޚަލީފާ ދިވެހިންނަށް ހާއްސަ ވަނީ މި ޚަލީފާ އިސްލާމީ އުންމަތުގެ ޚަލީފާކަން ކުރެއްވި ދުވަސްވަރުގެ ސަބަބުންނެވެ. ހިޖުރައިން 548 ވަނައަހަރު، މީލާދީ ސަނަތުން 1153 ވަނަ އަހަރު، ރާއްޖެ އިސްލާމްވިއިރު، އިސްލާމީ އުންމަތުގެ ޚަލީފާކަމުގައި ހުންނެވީ މިކަލޭގެފާނެވެ.

ޚަލީފާ މުޙައްމަދުލްމުޤްތަފީގެ ޚަލީފާކަމުގެ ދަރުބާރު އޮތީ ބަޣްދާދުގަ އެވެ. އޭރު އިސްލާމީ ދުނިޔޭގައި ވަކި ވަކި އިސްލާމީ އެހެން ދައުލަތްތައް ވެސްވެ އެވެ. އެހެންވީމާ މިމައުލޫގައި އެފަދަ ބައެއް ދައުލަތްތަކާއި އެދައުލަތްތަކުގެ ޚަލީފާއިންގެ ގޮތުގައި ތިއްބެވި ބޭކަލުން ފާހަގަކޮށްލުމަކީ ވެސް މުހިންމު ކަމެއްކަމުގައި ފެނެ އެވެ.

ރާއްޖެ އިސްލާމްވިއިރު، އައްބާސީ ދައުލަތުގެ އިތުރުން، އިސްލާމީ ވެރިކަން ހިނގާ ދައުލަތްތަކުގެ ގޮތުގައި، މިސްރުގައި ފާތިމީ ދައުލަތް އޮތެވެ. އަދި މަޣްރިބް ކަރައިގެ ރަށްތަކުގައި ގައި އޮތް އަލްމުވައްޙިދޫން ގެ ދައުލަތް އޮތެވެ. މި ދެ ވެރިކަމުގައި ވެސް އިސްވެރިންގެ ގޮތުގައި ތިއްބެވި ބޭކަލުންގެ މަގާމުގެ ނަމަކީ ހަމަ ޚަލީފާއެވެ. އޭރު މިސްރުގައި އޮތް ފާތިމީ ދައުލަތަކީ ޝިޔަޢީ މަޒުހަބުގެ ދައުލަތެކެވެ. އައްބާސީ ދައުލަތާ މުޅިން ވަކިން މުސްތަގިއްލުކޮށް އޮތް ދައުލަތެކެވެ.

މަޣްރިބު ކަރައިގެ ސަރަހައްދުގައި އޭރު ފުޅާވަމުންދިޔަ އަލްމުވައްޙިދޫންގެ ދައުލަތުގެ ވެރިއެއްގެ ގޮތުގައި ހުންނެވީ ޚަލީފާ ޢަބްދުލްމުއުމިން ބިން ޢަލިއްޔުލްކޫމީއެވެ. ރާއްޖެ އިސްލާމްވި އަހަރުކަމަށްވާ 1153 ވަނަ އަހަރަކީ މިދައުލަތުގެ މީހުން އަލްޖީރިޔާ ފަތަހަކުރި އަހަރެވެ.

ރާއްޖެ އިސްލާމްވީ ބަރްބަރީގެފާނުގެ އަތްމައްޗަށްތޯ ނުވަތަ ތަބްރޭޒީގެފާނުގެ އަތްމައްޗަށްތޯ ކުރެވޭ ބަހުސްގައި އަޅުގަނޑު ހިތުން މަޣްރިބް ކަރައިގައި އޭރު އޮތް އަލްމުވައްޙިދިއްޔާ ދައުލަތް ދިރާސާކޮށްލުމަކީ ވަރަށް މުހިންމު ކަމެކެވެ. އެހެނީ އިސްލާމީ ދައުވަތު ދިން ބޭބޭކަލުން ޚަލީފާއަކީ ކޮބައިކަން އުގަންނައިދިނުމަކީ، ވަރަށް އަސާސީ ގޮތެއްގައި ކުރަމުން އައި ކަމަކަށްވާތީ އެވެ. އަބުލްބަރަކާތު ޔޫސުފުލް ބަރްބަރީ ނިސްބަތްވާ މަޣްރިބް ކަރައިގައި އޭރު އޮތީ، އިސްލާމީ މައި ޚިލާފަތުން ވަކިވެ މުސްތަގިއްލުކޮށް އޮތް ވަކި ދައުލަތެކެވެ. އަބުއްރިކާބް ޔޫސުފުއްތަބްރޭޒީ ނިސްބަތްވާ އިރާންގައި އޮތީ ޢައްބާސީ ޚިލާފަތުގެ ވެރިކަމެވެ.

ފަހުގެ ޚަބަރު

ރަސްމާލެ ވިއްކުމުގެ ރިފަރެންޑަމެއް ނަގަން ބިރުގަންނަނީ ކީއްވެ؟

ރަސްމާލެ މަޝްރޫއުގެ ބޮޑު ބައެއް ބޭރުގެ ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވުމަކީ، ރައްޔިތުންގެ ވިންދާ އެއްގޮތަށް ކަންކަން ކުރައްވާނެ ކަމަށް ވިދާޅުވި ވައުދާ ހިލާފުވުމެއް ކަމަށް މި ލިޔުމުގައި ފާހަގަކޮށްފައިވެއެވެ. ބޭރުގެ ފަރާތްތަކަށް ބިން ނުދޭނެ ކަމަށް ކުރިން ވިދާޅުވި ނަމަވެސް، މިހާރު މި މަޝްރޫއުގެ ދެބައިކުޅަ އެއްބައި ބޭރުގެ ކުންފުންޏަކަށް ދޫކޮށްލުމަކީ ގާނޫނުއަސާސީގެ ރޫހާ ހިލާފު ކަމެއް ކަމަށްވެސް މި ޚަބަރުގައި ބަޔާންކޮށްފައިވެއެވެ.

ކުށުގެ ވާހަކަ: ދަރިފުޅަށް ގޯނާކުރަން ވާގިވެރިވި މަންމަގެ ހިޔާނާތް

އުތުރުގެ ރަށެއްގައި ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރުމަށް އެ ކުއްޖާގެ މަންމަ މަގުފަހިކޮށްދިން. އަދި މި ލާއިންސާނީ އަމަލުގައި، ދަރިފުޅު ރައްކާތެރިކުރުމުގެ ބަދަލުގައި މަންމަ ވަނީ ގަސްދުގައި އެހެން ފިރިހެނަކަށް އެ ކުއްޖާ ޖިންސީ ގޮތުން ބޭނުންކުރުމަށް އެހީތެރިވެ، އެންމެ އަސާސީ އިތުބާރުގެ ގުޅުމަށް ހިޔާނާތްތެރިވެފަ.

އެމްއޭސީއެލްގެ ރެކޯޑު ފައިދާގެ ފަރުދާގައި ބޮޑު ދަރަނި

އެމްއޭސީއެލްއަށް ބޮޑު ފައިދާއެއް ލިބުނު ނަމަވެސް، ނަގުދު ފައިސާ މަދުވެ އެ ކުންފުނީގެ މާލީ ހާލަތަށް ވަނީ ބޮޑު ގޮންޖެހުމެއް ކުރިމަތިވެފަ. މިދިޔަ އަހަރު ނިމުނުއިރު ކުންފުނީގެ ތިޖޫރީގައި ހުރި ފައިސާ ދެބައިކުޅަ އެއްބަޔަށް މަދުވެފައިވާއިރު، ދުވަހުން ދުވަހަށް ކުރަންޖެހޭ ހަރަދުތައް ހަމަޖެއްސުމުގައި ވަނީ ދަތިތަކާ ކުރިމަތިލާން ޖެހިފަ.

އަހަރެމެން މި ތަކުރާރުކުރަނީ މާޒީ ހެއްޔެވެ؟

އިންސާނީ ދަހިވެތިކަމާއި، ހަމަ އެ ފޮނި ވާހަކައާއި، މުސްތަޤްބަލުގެ ޖީލުތަކުން ބަލަން ބޭނުންނުވާ ހަމަ އެ ނުރައްކާ މިއަދުވެސް މިވަނީ އަޅުގަނޑުމެންގެ ކުރިމަތީގައި. 2026 ގެ ރާއްޖެއަކީ 1887 ގެ ރާއްޖެއެއް ނޫނެވެ. އެކަމަކު، ސަރުކާރެއްގެ މިހާރުގެ ވަގުތީ ސަލާމަތަށްޓަކައި ޤައުމުގެ މުސްތަޤްބަލު ސޮއިކޮށް ދޫކޮށްލައިފިނަމަ، ނަތީޖާ ނުކުންނާނީ ހަމަ ކުރީގެ ގޮތަށް.

ތިޔަ އެއްޗެއްގައި ސޮއިކުރުމަށްވުރެ ޝަހީދުވުންވެސް ރަނގަޅޭ

ޔަހޫދީންގެ މިތުރަކާ ގުޅިގެން ވާނެ ހެވެއް ނޯންނާނެ އެވެ. އިނގިރޭސިންގެ މުށުތެރެއަށް ވެއްޓިގަތުމާ ނައިބުތުއްތު ދެކޮޅުހެއްދެވިހިނދު، ދިވެހި ދައުލަތުގައި ތިބި ވެރިން އޭރުކީ ލަވަޔަކީ ހަމަ މިހާރުވެސް މި އިވޭ ލަވަޔެވެ. މިއީ އިގުތިސާދީ ކަމެކެވެ. ސިޔާސީ ކަމެކެވެ. ލައްކަ މަންފާވީނަމަ، އަހަރުތަކެއް ފަހުން އިނގިރޭސިންގެ އަތުން މިނިވަންވާކަށް ނުޖެހުނީސްތާ އެވެ!

ރަސްމާލެ މައްސަލައިގެ ނުރައްކާތައް ދިރާސާކުރުމުގެ އިލްތިމާސް

ނޮވެމްބަރު 3 ގައި ގައުމު ދިފާއުކުރި ސިފައިން، ފުރާނަ ގުރުބާންކުރީ ވަކި ތަރައްގީގެ މޮޑެލްއަކަށް ނުވަތަ އިގުތިސާދީ ސިޔާސަތަކަށް ނޫނެވެ. އެމީހުން ދިފާއުކުރީ ދިވެހިންގެ މުސްތަގުބަލުގެ ސާހިބުންނަކީ ދިވެހިން ކަމުގައިވުމުގެ ހައްގެވެ. އެ ހައްގަކީ މިއަދު ވެސް ހަމަ އެ ދަރަޖައިގައި ދިފާއުކުރަންޖެހޭ ހައްގެކެވެ.

ރަސްމާލެ: ވަތަން ވިއްކާލުން އަދި ޑިޖިޓަލް އިސްތިއުމާރު

ރަސްމާލެ މަޝްރޫއާއި ބިދޭސީންނަށް ރެސިޑެންސީ ވިއްކުމަކީ ގައުމުގެ އަމިއްލަވަންތަކަމާއި ބިމުގެ މުގައްދަސްކަން ގެއްލި، ބޭރުގެ ނުފޫޒުގަދަ ފަރާތްތަކުގެ އިސްތިއުމާރީ ބާރުގެ ދަށަށް ރާއްޖެ ހިނގައިދާނެ ކަމެކެވެ. ކުރު މުއްދަތުގެ މާލީ މަންފާއަށްޓަކައި ގައުމުގެ ވަސީލަތްތައް ދިގު މުއްދަތަށް ދޫކޮށްލުމަކީ އަމިއްލަ ވަތަނަށް ވެވޭ ހިޔާނާތެއްގެ ގޮތުގައި މި ލިޔުމުގައި ސިފަކޮށްފައިވެއެވެ.

Newsletter

Get the latest news delivered straight to your inbox