ޒާކްޒީގެ ގޯލުން ޔުނައިޓެޑަށް ލީގުގެ ފުރަތަމަ މޮޅު

Aug 16, 2024, 9:03 PM
ޒާކްޒީގެ ގޯލުން ޔުނައިޓެޑަށް ލީގުގެ ފުރަތަމަ މޮޅު

މެންޗެސްޓާ (އޮގަސްޓް 17) - ބަދަލަކަށް ކުޅެން އަރައި، ޔޯޝުއާ ޒާކްޒީ ޖެހި ގޯލުން 1-0 އިން ފުލަމް ބަލިކޮށް، އިނގިރޭސި ޕްރިމިއާ ލީގުގެ އާ ސީޒަނުގެ ފުރަތަމަ މޮޅު މެންޗެސްޓާ ޔުނައިޓެޑުން ހޯދައިފި އެވެ.

އިޓަލީގެ ބޮލޯނިއާ ދޫކޮށް، ޔުނައިޓެޑަށް ބަދަލުވި، ޒާކްޒީ އަށް އަށް ޕްރީ ސީޒަނުގައި މެޗެއް ނުލިބުނީ، ޔޫރޯގައި ނެދަލެންޑްސް ސްކޮޑުގައި ހިމެނުމަށް ފަހު، ލަހުން ޓީމާ ގުޅުމުންނެވެ. އެކަމަކު، ބަދަލަކަށް ކުޅެން އަރައި، ޔުނައިޓެޑް މޮޅުކޮށްދިން ލަނޑު ޒާކްޒީ ޖެހީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ތިން މިނިޓަށް ވެފައިވަނިކޮށެވެ.

ޔުނައިޓެޑްގެ އޯލްޑް ޓްރެފޯޑް ސްޓޭޑިއަމްގައި ކުޅުނު މެޗު ފަށައިގެން ފުރަތަމަ ހަމަލާ ފޮނުވާލީ ފުލަމް އިންނެވެ. ކައުންޓަ އެޓޭކެއްގައި ފުލަމްގެ ފުލްބެކް، ކެނީ ޓެޓޭ ޖެހި ޝޮޓް ޔުނައިޓެޑްގެ ގޯލްކީޕަރު، އަންދްރޭ އޮނާނާ ވަނީ މަތަކޮށްފަ އެވެ.

Advertisement

ފުރަތަމަ ހާފު ކުރިއަށްދިޔަ ވަރަކަށް ޔުނައިޓެޑުން ކޮންޓްރޯލް ނަގައިގެން ކުޅެމުންދިޔައިރު، އެ ޓީމުން ލަނޑު ޖަހާނެ ފުރުސަތުތަކެއް ތަނަވަސްކުރި އެވެ. މި ހާފުގައި ޔުނައިޓެޑަށް ލަނޑު ޖަހައިދޭން އެންމެ ރަނގަޅު ފުރުސަތުތައް ލިބުނީ، ޓީމުގެ ކެޕްޓަން ބްރޫނޯ ފެނާންޑޭސް އަށެވެ. އެ ގޮތުން، ފުލަމް އޭރިއާތެރެއިން ފެނާންޑޭސް އަށް ލިބުނު ދެ ފުރުސަތުގައި ވެސް ޖެހި ޝޮޓްތައް ފުލަމްގެ ކީޕަރު ބާން ލޭނޯ ވަނީ މަތަކޮށްފަ އެވެ.

ޔުނައިޓެޑްގެ ބްރޫނޯ ފެނާންޑޭސް ފުލަމްގެ ގޯލަަށް ބޯޅަ ފޮނުވާލަނީ.

ޔުނައިޓެޑްގެ ބްރެޒިލް މިޑްފީލްޑަރު، ކަސެމީރޯ އަށް ރަނގަޅު ފުރުސަތުތަކެއް ލިބިގެންދިޔައިރު، އޭނާ ފޮނުވާލި ހަމަލާތައް ދިޔައީ ގޯލާ ސީދާނުވެ އެވެ.

ދެ ވަނަ ހާފު ފަށައިގެން އަށް މިނިޓް ތެރޭ ޔުނައިޓެޑްގެ މޭސަން މައުންޓް އޭރިއާތެެރެއިން ޖެހި ބޯޅަ ކީޕަރު ލެނޯ ވަނީ ހުއްޓުވައިފަ އެވެ.

ކައުންޓަ އެޓޭކުގައި ދެ ވަނަ ހާފުގައި ފުލަމް އަށް ލިބުނު އެންމެ ރަނގަޅު ފުރުސަތުގައި އެ ޓީމުގެ އަންޑްރެއަސް ޕެރެއިރާ އެ ޓީމުގެ، އަލެކްސް އިވޯބީ އަށް ދޭން ފޮނުވާލި ބޯޅަ ޔުނައިޓެޑްގެ ޑިފެންޑަރު ހެރީ މެގުއާ ވަނީ ބްލޮކްކޮށްފަ އެވެ. ފުލަމްގެ ފޯވާޑް، ރޮޑްރީގޯ މުނީޒް ޖެހި ބޯޅައެއް ކީޕަރު އޮނާނާ ވަނީ މަތަކޮށްފަ އެވެ.

ޔުނައިޓެޑް މޮޅުވި ގޯލު 87 ވަނަ މިނިޓްގައި ޖެހީ ޒާކްޒީ އެވެ. މިއީ، ޔުނައިޓެޑްގެ އަލެހަންދްރޯ ގަނާޗޯ ނެގި ހުރަހަކުން ޒާކްޒީ ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ދުރުކަނަށެވެ. އޭގެ ފަހުން، ޔުނައިޓެޑަށް ދެ ވަނަ ލަނޑެއް ޖަހަން ގާނާޗޯ އަށް ރަނުގެ ފުރުސަތެއް ލިބުނެވެ. ފުލަމްގެ ޑިފެންޑަރު، ބާސޭ ހެދި ގޯހެއްގެ ފައިދާނަގައި، މާކަސް ރަޝްފޯޑް ބޯޅަ ހޯދައި، މުޅިން ހުސްކޮށްލާފައި ގާނާޗޯ އަށް ދިނުމުން އޭނާ އަށް ރަނގަޅަށް ފޮނުވާނުލެވުނެވެ.

މިއީ، ޔުނައިޓެޑުން އިނގިރޭސި ފުރަތަމަ ޑިވިޝަނުގައި ކުޅޭ 100 ވަނަ ސީޒަނެވެ. މި މެޗުގައި، ޔުނައިޓެޑް މޮޅުކޮށްދިން ގޯލު ޖެހީ ޒާކްޒީ އަކީ ޔުނައިޓެޑަށް ކުޅުނު ފުރަތަމަ މެޗުގައި އެ ޓީމަށް ލަނޑެއް ޖަހައިދިން 22 ވަނަ ކުޅުންތެރިޔާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox