އިނގިރޭސި ޕްރިމިއާ ލީގުގެ ހުރިހާ މެޗެއް މީޑިއާނެޓުން ބެލޭނެ

ޮޕްރިމިއާ ލީގުގައި ކުޅޭ ކުޅުންތެރިން: މިރޭ ޔުނައިޓެޑް އަދި ފުލަމް ބައްދަލުކުރާ މެޗުން ފަށާނެ

ޮޕްރިމިއާ ލީގުގައި ކުޅޭ ކުޅުންތެރިން: މިރޭ ޔުނައިޓެޑް އަދި ފުލަމް ބައްދަލުކުރާ މެޗުން ފަށާނެ

މިރޭ ފަށާ ދުނިޔޭގެ އެންމެ ފޯރިގަދަ، އެންމެ ގިނަ ބައެއްގެ މެދުގައި މަގްބޫލު ފުޓުބޯޅަ ލީގު "އިނގިރޭސި ޕްރިމިއާ ލީގު" ގެ އައު ސީޒަން ގެ ހުރިހާ މެޗެއް މީޑިއާނެޓުން ބެލޭނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

މީޑިއާނެޓުން ބުނީ އެހެން އަހަރުތަކެކޭ އެއްފަދައިން އެކްސްކްލޫސިވް ރީބްރޯޑްކާސްޓާގެ ޙައިސިއްޔަތުން ލީގުގެ ހުރިހާ މެޗެއް މިއަހަރުވެސް އައިސް ނެޓްވޯކުގެ ޗެނަލްތައް މެދުވެރިކޮށް މީޑިއާނެޓު ހިދުމަތް ބޭނުންކުރާ ފަރާތްތަކަށް ބެލޭނެ ކަމަށެވެ.

ޕްރިމިއާ ލީގުގެ ފުރަތަމަ މެޗުގައި މިރޭ ދަންވަރު 12:00 ޖަހާއިރު ބައްދަލުކުރާނީ މެންޗެސްޓާ ޔުނައިޓެޑް އަދި ފުލަމް އެވެ. މާދަމާ ރޭ 09:30 ގައި ވެސްޓް ހަމް އަދި އެސްޓަން ވިލާ ބައްދަލުކުރާއިރު، އާދިއްތަ ދުވަހުގެ ރޭ 08:30 ގައި ޗެލްސީ އަދި މެންޗެސްޓާ ސިޓީގެ ފޯރިގަދަ ކުރިމަތިލުމެއް އޮންނާނެއެވެ.

ލީގު ޗެމްޕިއަން ގޮތުގައި ތަށި ދިފާއުކުރުމަށް މިފަހަރު ނިކުންނާނީ ވަރުގަދަ މެންޗެސްޓަރ ސިޓީއެވެ. އަދި ދެވަނަ ޑިވިޝަނުން ޕްރޮމޯޓްވެ މިފަހަރުގެ ޕްރިމިއާ ލީގުން ލެސްޓާ ސިޓީ، އިޕްސްވިޗް ޓައުން އަދި ސައުތެމްޕްޓަން ފެނިގެންދާނެ އެވެ.

ލީގު ފެށުމާ ދިމާކޮށް މީޑިއާނެޓުން ހާއްސަ ޕްރޮމޯޝަނެއް ވެސް ވަނީ ފަށާފައެވެ. އެ ޕްރޮމޯޝަން ކުރިއަށްދާނީ ސެޕްޓެމްބަރު، 30 ގެ ނިޔަލަށެވެ.

އެގޮތުން ޕެކޭޖު އަޕްގްރޭޑްކޮށްގެން ގުރުއަތުން ހޮވޭ ތިން ފަރާތަކަށް 65 އިންޗީގެ ޓީވީ، އެއާޑްސް ޕްރޯ ސެކަންޑް ޖެން އަދި ގޫގްލް ކްރޯމްކާސްޓްއެއް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

މީޑިއާނެޓުން ވަނީ ފުޓުބޯޅައަށް ލޯބިކުރާ ގިނަ ދިވެހިންގެ ތެރޭގައި މަގްބޫލު ފެންޓަސީ ޕްރިމިއާ ލީގެއް ވެސް ތަޢާރަފްކޮށްފަ އެވެ.

ފެންޓަސީ ލީގުގެ ކޮންމެ މަހެއްގައި އެންމެ ގިނަ ޕޮއިންޓް ހޯދާ ފަރާތަކަށް 5،000 ރުފިޔާގެ އަގުހުރި އިނާމެއް ދިނުމަށްވެސް ވަނީ ހަމަޖެހިފަ އެވެ.

މީޑިއާނެޓުން އަންނަނީ ދިވެހި ފަސްގަނޑުގައި ކުޅޭ ބޮޑެތި ކުޅިވަރު މުބާރާތްތަކުގެ އިތުރުން ދުނިޔޭގެ އެކިކަންކޮޅުތަކުގައި ކުޅޭ ދިވެހިން އެންމެ ގަޔާވާ ކުޅިވަރު މުބާރާތްތަށް ދިވެހިންނާއި ހަމައަށް ގެނެސްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އެގޮތުން ދާދި ފަހުން ވަނީ ދުނިޔޭގެ އެންމެ ބޮޑު މަލްޓި ސްޕޯރޓްސް އިވެންޓް "ޕެރިސް އޮލިމްޕިކްސް" ދިވެހިންނާއި ހަމައަށް ގެނެސްދީފަ އެވެ.

މީޑިއާނެޓު ކަސްޓަމަރުންނަށް ޓީވީ މެދުވެރިކޮށް އަދި މޯބައިލް ޑިވައިސްތައް މެދުވެރިކޮށް އެޕް ބޭނުންކޮށްގެން ކޮންމެ ތަނެއްގައި ހުރެވެސް އައިސް ނެޓްވޯކު މެދުވެރިކޮށް މެޗުތައް ބެލޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްޕީއެލްއިން ޑޮލަރުން ފީ ނަގާތީ ވިޔަފާރިތަކުގެ ކަންބޮޑުވުން

އެމްޕީއެލްގެ ސްޓިވަޑޯރިން ފީ ޑޮލަރުން ނަގަން ފެށުމާ ގުޅިގެން، ކަޅު ބާޒާރުން ބޮޑު އަގުގައި ޑޮލަރު ގަންނަން މަޖުބޫރުވެ ދިވެހި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމުގެ ކަންބޮޑުވުން ވިޔަފާރިވެރިން ފާޅުކޮށްފިއެވެ. ރާއްޖޭގެ ހުރިހާ މުއާމަލާތެއް ރުފިޔާއިން ކުރަން ސަރުކާރުން ބާރުއަޅާއިރު، މި ބަދަލުގެ ސަބަބުން ބާޒާރުގައި ޑޮލަރަށް އޮތް ޑިމާންޑް އިތުރުވެ ޑޮލަރުގެ އަގު އުފުލުމަށް މަގުފަހިވާ ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ޕްރޮމޯޝަން ފަށައިފި

ދުނިޔޭގެ ފެނުމުގެ ދުވަހާ ގުޅުވައިގެން، އޮކްޓޯބަރު މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ބްރޭންޑްތަކުގެ ޕްރިސްކްރިޕްޝަން ލެންސާއެކު ގަންނަ ފްރޭމްތަކުން %20 ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން، ލޮލުގެ ސިއްހަތަށް ސަމާލުކަންދީ ގަވާއިދުން ލޯ ޓެސްޓުކުރުމަށް އައިކެއާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ވިއެޓްނާމްގެ ވިއެޓްޖެޓް އެއާލައިނުން އަންނަ ޑިސެމްބަރު މަހު ހޯޗީމިން ސިޓީއާއި ރާއްޖެއާ ދެމެދު ހަފުތާއަކު ތިން ސީދާ ދަތުރު ފެށުމަށް ވަނީ ނިންމާފަ. މި ދަތުރުތައް ފެށުމާ ގުޅިގެން ޓިކެޓުގެ އަގު ހެޔޮ ޕްރޮމޯޝަންތަކެއް އިއުލާންކޮށްފައިވާއިރު، މީގެ ސަބަބުން ވިއެޓްނާމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ.

ދަރަވަންދޫގައި ފަރުތައް އާލާކުރަން ދިރާގުން އެހީ

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުތައް އާލާކުރުމަށް "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ފެށުމަށް ގުޅިއްޖެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި މުރަކަ ނާސަރީއެއް ގާއިމުކޮށް، ފަރުތައް ބެލެހެއްޓުމުގެ ފަންނީ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ޒުވާނުންނާއި އާންމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ.

Newsletter

Get the latest news delivered straight to your inbox