ޓެން ހާގް ބުނީ ލީގު ފަށަން ޖެހުނުއިރު ޔުނައިޓެޑް ތައްޔާރެއް ނޫން ކަމަށް

Aug 16, 2024, 4:05 AM
ޓެން ހާގް ބުނީ ލީގު ފަށަން ޖެހުނުއިރު ޔުނައިޓެޑް ތައްޔާރެއް ނޫން ކަމަށް

މެންޗެސްޓާ (އޮގަސްޓް 16) - އިނގިރޭސި ޕްރިމިއާ ލީގުގެ ފުރަތަމަ މެޗުގައި ފުލަމްއާ ދެކޮޅަށް މެންޗެސްޓާ ޔުނައިޓެޑުން ކުޅެން ޖެހޭއިރު، އެ މެޗަށް ތައްޔާރެއް ނޫން ކަމަށް ޔުނައިޓެޑްގެ ކޯޗު އެރިކް ޓެން ހާގް ބުނެފި އެވެ.

އިނގިރޭސި ފުޓްބޯޅަ ސީޒަން ފަށަން ކުޅޭ ކޮމިއުނިޓީ ޝީލްޑް މެޗުން ޔުނައިޓެޑް ވަނީ ޕެނަލްޓީ ޖަހައިގެން ވާދަވެރި މެންޗެސްޓާ ސިޓީ އަތުން ބަލިވެފަ އެވެ. ޔުނައިޓެޑުން ޕްރިމިއާ ލީގުގެ އާ ސީޒަން ފަށާ މެޗުގައި މިރޭ ފުލަމްއާ ކުޅޭނެ އެވެ.

ޔުނައިޓެޑުގެ ޑިފެންޑަރުން ކަމަށްވާ ލެނީ ޔޯރޯ އާއި ލޫކް ޝޯ، ޓައިރެލް މަލާސިއާގެ އިތުރުން، ފޯވާޑް، ރަސްމުސް ހޮއިލުންޑް ހުރީ އަނިޔާގަ އެވެ. އަނެއްކޮޅުން، ދާދި ފަހުން ބަޔާން މިއުނިކުން ޔުނައިޓެޑާ ގުޅުނު، ނުސައިރު މަޒްރައޮއީ އާއި މަތައިސް ޑި ލިޓް އަށް އެކަށީގެންވާ ވަރަށް އަދި ޓީމާ އެކު ފަރިތަކުރެވޭ ގޮތެއްނުވެ އެވެ.

މި ހުރިހާ ކަމަކަށް ބަލައި، ޓެން ހާގް ދެކޭގޮތުގައި ޔުނައިޓެޑްގެ ހާލަތު އަދި އޮތީ ސީޒަނަކަށް ތައްޔާރުވާން ބަލާއިރު އެންމެ ރަނގަޅަކަށް ނޫނެވެ.

"ތެދެއް، ލީގު ފަށަން ޖެހިފައި މި އޮތީ. އަހަރެމެން ތައްޔާރެއް ނޫން. މިއީ ހަގީގަތް، ދެން، ފުރަތަމަ މެޗު މިއޮތީ ޖެހިފައި، މި ކަމާ ކުރިމަތިލުން ނޫން ގޮތެއް ނެތް،" ޓެން ހާގް ބުންޏެވެ.

ޔުނައިޓެޑާ އެކު، ތިން ވަނަ ސީޒަނަކަށް ތައްޔާރުވަމުން އަންނަ ޓެން ހާގް ބުނީ، މި ވަގުތަށް ބަލާއިރު، އެންމެ މުހިންމު ކަމެއްގެ ގޮތުގައި އޮތީ ކުރިން ސީޒަންތަކުން ފިލާވަޅު ނަގައި، އެ ވަގުތެއްގައި ބޭނުންކުރެވެން ހުރި ހުރިހާ ކަމެއް އެންމެ ރަނގަޅަށް ބޭނުންހިފުން ކަމަށެވެ.

"އެ ގޮތުން، އަހަރެމެންނަށް އެބައޮތް ވަރަށް ވަރުގަދަ ޓީމެއް މި ވަގުުތު ވެސް ނެރެވެން،" ޓެން ހާގް ބުންޏެވެ.

ފުލަމްގެ ކޯޗު މާކޯސް ސިލްވާ ބުނީ، ޔުނައިޓެޑަކީ މި ފަހަރުގެ ޓްރާންސްފާގައި އެންމެ ރަނގަޅަށް މަސައްކަތްކުރި އެއް ޓީމު ކަމަށެވެ.

އަނެއްކޮޅުން، އޭނާގެ ޓީމު ފުލަމް އަކީ މި ފަހަރުގެ ޓްރާންސްފާގައި ސީނިއާ ހަތަރު ކުޅުންތެރިއަކު ގެއްލުނު ހަމައެކަނި ޓީމު ކަމަށާއި މި ފަރަގު ތަކަކީ މެޗުގެ ކުރިން އޮތް ކަމެއް ކަމަށްވާއިރު، މެޗުގައި މަސައްކަތްކޮށްގެން މޮޅުވާން ބޭނުންވާ ކަމަށް ސިލްވާ ވަނީ ބުނެފަ އެވެ.

ފުލަމް އާއި ޔުނައިޓެޑް ކުޅޭ މެޗު ފަށާނީ މިރޭ 12 ޖަހާއިރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox