އުރީދޫގެ 5G ހިދުމަތް އއ. ރަސްދޫއަށް ދޭން ފަށައިފި

އއ. ރަސްދޫ މަތިން ނަގާފައިވާ ފޮޓޯއެއް: އުރީދޫއިން ވަނީ އެ ރަށަށް 5G ގެ ހިދުމަތް ދޭން ފަށާފައި -- ފޮޓޯ: އޮންބޯޑު އެމްވީ

އއ. ރަސްދޫ މަތިން ނަގާފައިވާ ފޮޓޯއެއް: އުރީދޫއިން ވަނީ އެ ރަށަށް 5G ގެ ހިދުމަތް ދޭން ފަށާފައި -- ފޮޓޯ: އޮންބޯޑު އެމްވީ

އުރީދޫ މޯލްޑިވްސްގެ 5G ހިދުމަތް ރާއްޖެއަށް ފުޅާކޮށް، އއ. ރަސްދުއަށް ހިދުމަތް ދޭން ފަށައިފި އެވެ.

އުރީދޫއިން އަންނަނީ މުޅި ރާއްޖެއަށް 5G ގެ ހިދުމަތް ދިނުމަށް ބޮޑު މަޝްރޫއެއް ފަށައިގެން މަސައްކަތް ކުރަމުންނެވެ.

"އުރީދޫއިން ވަނީ ރާއްޖޭގެ އާބާދީގެ 60 ޕަސަންޓަށް 5G ގެ ހިދުމަތް މިހާރު ފޯރުކޮށްދީފައި. އަމާޒަކީ ކުރިއަށް އޮތް ދުވަސްތަކުގައި މުޅި ރާއްޖެއަށް ހިދުމަތް ފުޅާކުރުން،" އުރީދޫގެ އަހަރީ ދުވަހާ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކުންފުނީގެ އެމްޑީ އަދި ސީއީއޯ ހާލިދު އަލް ހަމާދީ ވިދާޅުވި އެވެ.

ރަސްދޫގެ އިތުރުން އުރީދޫގެ 5G ހިދުމަތް އަލަށް ދޭން ފަށާފައި ވަނީ އއ. ތޮއްޑޫ، ކ. މާފުށި، ކ. ގުރައިދޫ، ޅ. ނައިފަރު، ޅ. ހިންނަވަރު، ބ. އޭދަފުށި، ރ. އުނގޫފާރު، ރ. ދުވާފަރު، ހދ. ކުޅުދުއްފުށި، ހއ. އިހަވަންދޫ އަދި ހއ. ދިއްދޫ ހިމެނެ އެވެ.

އުރީދޫއިން ވަނީ ހުޅުމާލެ ފިޔަވައި އިތުރު ރަށަކަށް އެޅި ފުރަތަމަ ބައިނަލްއަގުވާމީ ސަބްމެރިން ކޭބަލްގެ ހިދުމަތް ފަށައި، ރާއްޖެއާއި ޔޫރަޕް އަދި ސިންގަޕޫރު ގުޅުވާލައިފަ އެވެ.

އެ ކޭބަލްއާއެކު މުވާސަލާތީ ހިދުމަތް ދިނުމުގައި އިތުރު ފަސޭހަތަކެއް ލިބި، ހިދުމަތްތައް އިތުރަށް ފުޅާކުރަން ފަސޭހަ ވެގެންދާނެ ކަމަށް އުރީދޫ އިން ބުންޏެވެ.

އުރީދޫއިން އަންނަނީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި މުއާސަލާތީ ހިދުމަތް ފޯރުކޮށްދިނުމުގެ އިތުރުން، އާ ހިދުމަތްތަކެއް ރާއްޖެއަށް ފޯރުކޮށްދެމުންނެވެ. އެގޮތުން އެ ކުންފުނިން އަންނަނީ ހިދުމަތްތައް ފުޅާކުރަން ގިނަ އިންވެސްޓްމަންޓްތަކެއް ކުރަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިއްތިހާދުގެ މައިލްސްއިން މޯލްޑިވިއަންގެ ޓިކެޓް ނެގޭގޮތް ހަދައިފި

އިއްތިހާދު އެއާވޭސްގެ "އިއްތިހާދު ގެސްޓް" މެމްބަރުންނަށް އެ މީހުން އެއްކޮށްފައިވާ މައިލްސް ބޭނުންކޮށްގެން މޯލްޑިވިއަންގެ ފްލައިޓްތަކުން ޓިކެޓް ނެގޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސާފަ.

މިދިޔަ މަހު މައްޗަށް ދިޔަ ޓޫރިސްޓު ނަމްބަރުތައް މި މަހު ދަށަށް

މިދިޔަ އޮކްޓޫބަރު މަހު ރާއްޖެއަށް ޓޫރިސްޓުން އައި އަދަދު މައްޗަށް ދިޔަ ނަމަވެސް، ނޮވެމްބަރު މަހު އެ އަދަދު ވަނީ މިދިޔަ އަހަރާ އަޅާބަލާއިރު 6.3 ޕަސެންޓު ދަށަށް ގޮސްފަ. މިއާއެކު މި އަހަރުގެ މިހާތަނަށް ރާއްޖެއަށް އައި ޖުމްލަ ފަތުރުވެރިންގެ އަދަދު ވެސް ވަނީ މިދިޔަ އަހަރަށް ވުރެ 3.7 ޕަސެންޓު މަދުވެފަ.

އައިކެއާގައި ފްލޭޝް ސޭލްއެއް

އައިކެއާ އޮޕްޓިކަލްސްގެ ފަރީދީމަގު ފިހާރައިގައި ނޮވެމްބަރު 28 އަދި 29 ގައި އަވިއައިނަށް ޚާއްޞަ ފްލޭޝް ސޭލެއް ބޭއްވުމަށް ވަނީ ނިންމާފައެވެ. މި ސޭލުގައި ދުނިޔޭގެ މަޝްހޫރު ބްރޭންޑްތަކުގެ އަވިއައިނުން 15 އިންސައްތައާއި 50 އިންސައްތައާ ދެމެދުގެ ބޮޑެތި ޑިސްކައުންޓްތަކެއް ލިބިގެންދާނެއެވެ.

ފަތަން ނޭނގޭ ކޮންމެ ދެ ޓޫރިސްޓަކަށް ގައިޑެއް މަޖުބޫރުކޮށްފި

މޫދު ކުޅިވަރުތަކުގައި ހަރަކާތްތެރިވާ ހުރިހާ ގައިޑުންނަކީ ފަސްޓްއެއިޑާއި ރެސްކިއު ސަނަދު އޮތް ބަޔަކަށް ހެދުމަށްޓަކައި އެއް އަހަރު ދުވަހުގެ މުހުލަތެއް މި ގަވާއިދުން ވަނީ ދީފަ. އަދި އެކްސްކާޝަންތަކަށް ދާއިރު ފަތަން ނޭނގޭ މީހުންނާއި ސްނޯކްލިން ހަރަކާތްތަކުގައި ބައިވެރިވާ ހުރިހާ ފަރާތްތަކުން ލައިފް ޖެކެޓް އެޅުން ވެސް މިހާރު ވަނީ ލާޒިމުކޮށްފަ.

މޫދު ކުޅިވަރާއި އެކްސްކާޝަންތަކަށް ގަވާއިދެއް ހަދައިފި

މި ގަވާއިދުގެ ދަށުން މިފަދަ ހިދުމަތްދޭ ހުރިހާ ތަނެއް މިނިސްޓްރީގައި ރަޖިސްޓްރީ ކުރުމާއި، ޕަބްލިކް ލައިބިލިޓީ އިންޝުއަރެންސް ނެގުމުގެ އިތުރުން މޫސުމީ ހަރުކަށި މިންގަނޑުތަކަކަށް އަމަލުކުރުން ލާޒިމުވާނެ. އަދި މި އުސޫލުތަކާ ހިލާފުވާ ފަރާތްތައް އެއް ލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާކޮށް، ހުއްދަ ބާތިލުކުރުމުގެ ބާރު ވެސް މިނިސްޓްރީއަށް ވަނީ ދީފަ.

އާރުޑީސީގެ ހުރިހާ މަޝްރޫއުތަކެއް އެމްޓީސީސީއާ ހަވާލުކޮށްފި

މާލީ ބޮޑު ގެއްލުމަކާ އެކު އާރުޑީސީގެ ހާލަތު ދަށަށް ގޮސްފައި ވަނިކޮށް، ދައުލަތުގެ ހަރަދު ކުޑަކުރަން އެ ކުންފުނީގެ ހުރިހާ މަޝްރޫއުތަކެއް އެމްޓީސީސީގެ ދަށަށް މިއަދު ވަނީ ބަދަލުކޮށްފަ. އެމްޓީސީސީން އެ ހުރިހާ މަސައްކަތްތަކަކާ ހަވާލުވި ނަމަވެސް، އާރުޑީސީގެ މަޝްރޫއުތަކުގެ އަދަދާއި އެ ކުންފުނީގެ މުވައްޒަފުންނާ މެދު ނިންމި ގޮތެއް އަދި ހާމައެއް ނުކުރޭ.

ހުޅުމާލޭގެ ވޯޓާ ތީމް ޕާކު މަޝްރޫއު ސޮލެންޒާރާ ހޯލްޑިންގްސްއާ އެޗް

ހުޅުމާލޭގައި ހަދަން ފަށައި ނުވަ އަހަރު ވަންދެން ހުއްޓިފައި އޮތް ވޯޓާ ތީމް ޕާކު މަޝްރޫއު، އާ މާސްޓާ ޕްލޭނެއްގެ ދަށުން ހަވާލުކުރީ ހޮންކޮންގެ ކުންފުންޏަކުން ހިއްސާވާ ސޮލެންޒާރާ ހޯލްޑިންގްސްއާ. މި މަޝްރޫއުގެ ދަށުން 18 މަސްދުވަހުގެ ތެރޭގައި ވޯޓާ ޕާކަކާއި، 250 ކޮޓަރީގެ ހޮޓަލެއްގެ އިތުރުން އެޕާޓްމަންޓްތަކާއި ވިޔަފާރި ބްލޮކްތައް ތަރައްގީކުރާނެ.

Newsletter

Get the latest news delivered straight to your inbox