ސިހުރު މައްސަލައިގައި ބަންދުކުރި ޝަމްނާޒުގެ މައްޗަށް ދައުވާ ނުކުރަން ޕީޖީން ނިންމައިފި

ސިހުރު ހެދިކަމުގެ ތުހުމަތުގައި ހައްޔަރު ކޮށްގެން ގެންގުޅުނު ޝަމްނާޒް ދޫކޮށްލީ 20 ދުވަހަށްފަހު -- ފޮޓޯ: އަދަދު

ސިހުރު ހެދިކަމުގެ ތުހުމަތުގައި ހައްޔަރު ކޮށްގެން ގެންގުޅުނު ޝަމްނާޒް ދޫކޮށްލީ 20 ދުވަހަށްފަހު -- ފޮޓޯ: އަދަދު

ސިހުރު ހެދިކަމުގެ ތުހުމަތުގައި ހައްޔަރުކޮށް، 20 ދުވަހު ޖަލުގައި ގެންގުޅުމަށްފަހު ދޫކޮށްލި އެންވަޔަރަމެންޓު މިނިސްޓަރީގެ ސްޓޭޓު މިނިސްޓަރު، ޝަމްނާޒު އަލީ ސަލީމްގެ މައްޗަށް ދައުވާ ނުކުރަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ނިންމައިފި އެވެ.

ޝަމްނާޒުގެ މައްޗަށް ދައުވާ ނުކުރަން ނިންމާފައިވާކަން ޕީޖީގެ އޮފިޝަލަކު "އަދަދު" އަށް ކަށަވަރުކޮށްދިނެވެ. ނަމަވެސް ޝަމްނާޒުގެ މައްޗަށް ދައުވާ ނުކުރަން ނިންމި ސަބަބަކީ ކޮބައިކަމެއް ނޭނގެ އެވެ. ޝަމްނާޒު މައްޗަށް ދައުވާ ކުރަން ބޭނުންވާ ހެކި ގަރާނީ އަދި ލިޔެކިޔުންތައް ހަމަ ކުރަން ފުލުހުން ޕީޖީއާ މަޝްވަރާ ވެސް ކުރި އެވެ.

ސިހުރު ހެދިކަމުގެ ތުހުމަތުގައި ޝަމްނާޒް ހައްޔަރު ކުރީ ޖޫން 23، ގަ އެވެ. އޭނާއާ އެކު އޭނާގެ އެއްބަނޑުއެއްބަފާ ކޮއްކޮ، ހައްވާ ސަނާ އަލީ ސަލީމް އާއި ސިހުރު ހެދި ކަމަށް ބުނާ މުލީއާގޭގެ ކުރީގެ ކައްކާ ތ. ކިނބިދޫ، ނިވައިދޮށުގޭ، ހުސައިން ސަމީރު ވެސް ހައްޔަރު ކުރި އެވެ.

Advertisement

ނަމަވެސް އޭގެ ހަތް ދުވަސްފަހުން ޖުލައި 1، ގައި ސިހުރު ހެދި ކަމަށް ތުހުމަތުކޮށް ހައްޔަރު ކުރި ސަމީރު ޝަރުތުތަކަކާ އެކު ދޫކޮށްލި އެވެ. ޝަމްނާޒު އާއި ސަނާ ބަންދުން ދޫކޮށްލީ ޖުލައި 13، ގަ އެވެ.

ޝަމްނާޒު ހައްޔަރު ކުރީ ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓެއްގެ މައްޗަށް ބިނާކޮށެވެ. އެ މައްސަލައިގައި ޝަމްނާޒުމެން ގެ ބަލައި ފާސްކޮށް ޝަމްނާޒު އާއި ސަނާގެ ފޯނާއި ސީލްކޮށްފައި ފޯނެއް ކެނޑުމަށްފަހު އެ ފޯނުގެ އިތުރުން އައިއޯއައިޖީ [އިންޑިއަން އޯޝަން އައިލެންޑް ގޭމްސް] މުބާރާތެއްގައި ބެހި ތަޅުދަނޑިފުލަކާއި ސަނާގެ ކޮޓަރިން ފެނުނު އިސްތަށިކޮޅެއް އަދި ޝަމްނާޒުގެ ކޮޓަރިން ކަރުގައި އަޅާ ފަށެއް ފުލުހުން ގެންދިޔަ އެވެ.

ފުލުހުން ގެންދިޔަ ތަޅުދަނޑިފުލަކީ ވޫލުން ވިޔެފައިވާ ޑޯލްއެކެވެ. ނަމަވެސް އެ ތަކެތި ބަލައި ފާސް ކުރުމަށްފަހު އެ ޑޯލްގައި ސިހުރުގެ އެއްވެސް ކަމެއް ނެތް ކަމަށް ބަންދާ މެދުގޮތެއް ނިންމުމަށް ބޭއްވި އަޑުއެހުމެއްގައި އިސްލާމިކް މިނިސްޓަރީއާ ހަވާލާދީ ފުލުހުން ބުނެފައިވެ އެވެ.

ޝަމްނާޒުއަކީ ރައީސް އޮފީހުގެ މިނިސްޓަރު އާދަމް ރަމީޒުގެ ކުރީގެ އަންހެނުންނެވެ. ޝަމްނާޒު ހައްޔަރު ކުރީ ރަމީޒު އޭނާ ވަރިކުރިތާ ކުޑަ ދުވަސްކޮޅެއް ފަހުންނެވެ.

ޝަމްނާޒު ހައްޔަރު ކުރިއިރު، އޭނާގެ ތިން ކުދިން ތިއްބެވެ. އެންމެ ހަގުކޮށް ހުރީ ގާތުން ދޭ، އެއް އަހަރާއި ފަސް މަހުގެ ކުއްޖެކެވެ. އެއީ އާދަމް ރަމީޒުއާ ޝަމްނާޒުގެ ކައިވެންޏަށް ލިބިފައި ހުރި ދަރިއެކެވެ.

ޝަމްނާޒު ބަންދުކޮށްފައި ހުރި މުއްދަތުގައި އެ ކުއްޖާއަށް ގާތުން ދިނުމުގެ ފުރުސަތު ވެސް ފުލުހުން ދީފައެއް ނުވެ އެވެ.

ޝަމްނާޒު ހައްޔަރު ކުރިފަހުން އާދަމް ރަމީޒު އާއި ޝަމްނާޒުގެ އިތުރުން ސަނާ ވެސް ސަސްޕެންޑު ކުރި އެވެ. ސަނާއަކީ އެންވަރަމެންޓު މިނިސްޓަރީގެ ޕޮލިޓިކަލް ޑިރެކްޓަރެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox