ޑި ލިޓް އާއި މަޒްރައޮއީ ޔުނައިޓެޑް އިހުތިޔާރުކުރީ ޓެން ހާގާ ހެދި

Aug 14, 2024, 4:41 AM
ޔުނައިޓެޑާ ގުޅުނު މަޒްރައޮއީ (ކ) އާއި ޑި ލިޓް (މ) އަދި އެ ޓީމުގެ ކޯޗު ޓެން ހާގް.

ޔުނައިޓެޑާ ގުޅުނު މަޒްރައޮއީ (ކ) އާއި ޑި ލިޓް (މ) އަދި އެ ޓީމުގެ ކޯޗު ޓެން ހާގް.

މެންޗެސްޓާ (އޮގަސްޓް 14) - ބަޔާން މިއުނިކަށް ކުޅެމުން އައި ނެދަލެންޑްސްގެ ޑިފެންޑަރު، މަތައިސް ޑި ލިޓް އާއި މޮރޮކޯގެ ފުލްބެކް، ނުސައިރު މަޒްރައޮއީ، މެންޗެސްޓާ ޔުނައިޓެޑަށް ސޮއިކުރި ސަބަބަކީ އެ ޓީމުގެ ކޯޗު އެރިކް ޓެން ހާގް ކަމަށް ބުނެފި އެވެ.

ޑި ލިޓް އާއި މަޒްރައޮއީ ވަނީ، މީގެ ކުރިން ޔުނައިޓެޑްގެ ކޯޗު އެރިކް ޓެން ހާގްއާ އެކު، އަޔަކްސްގައި މަސައްކަތްކޮށްފަ އެވެ. އެ ގޮތުން، ޑި ލިޓް، 25، އަކީ، 2019 ވަނަ އަހަރު އަޔަކްސް އިން ޓެން ހާގާ އެކު، ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައި ކުޅުނުއިރު، ޓީމުގެ ކެޕްޓަން އެވެ.

ޔުނައިޓެޑުން ބަޔާނަށް 49 މިލިއަން ޑޮލަރު ދީފައި ޑި ލިޓް ގަތްއިރު، 21 މިލިއަން ޑޮލަރަށް މަޒްރައޮއީގެ ސޮއި ވަނީ ހޯދައިފަ އެވެ.

"އަހަރެންގެ ކެރިއަރުގެ ކުރީކޮޅުގައި ކަންކަން ރަނގަޅަށް ރޭވުނީ ޓެން ހާގާ ހެދި. އެހެންވީމަ އޭނަ (ޓެން ހާގް) އަށް އެނގޭނެ އަހަރެންގެ އެންމެ ރަނގަޅު ކުޅުން ދެއްކޭނެ ގޮތްތައް. އަހަރެން މި ހުރީ އޭނައާ އެކު މަސައްކަތްކުރަން ކެތްމަދުވެފައި،" ޔުނައިޓެޑާ އެކު، ފަސް އަހަރުގެ ކޮންޓްރެކްޓެއްގައި ސޮއިކުރި ޑި ލިޓް ބުންޏެވެ.

މަޒްރައޮއީ ވަނީ ހަތަރު އަހަރުގެ އެއްބަސްވުމެއްގައި ޔުނައިޓެޑާ އެކު ސޮއިކޮށްފަ އެވެ. އޭނާ ބުނީ، ކެރިއަރުގެ އެންމެ މުހިންމު އަހަރުތައް ކުރިއަށް އޮތްއިރު، ޓެން ހާގް ކަހަލަ އޭނާ އަށް ފަރިތަ ކޯޗަކާ އެކު މަސައްކަތް ކުރަން ލިބުމުން ވަރަށް ހިތްހަމަޖެހިފައި ހުރި ކަމަށެވެ.

ޔުނައިޓެޑުން ވަނީ މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި، ބޮލޯނިއާގެ ފޯވާޑް ޖޯޝުއާ ޒާކްޒީ، 43 މިލިއަން ޑޮލަަރަށް ގަނެފަ އެވެ. އަދި ލިލްގެ ފްރާންސް ޑިފެންޑަރު، ލެނީ ޔޯރޯ، ޔުނައިޓެޑާ ގުޅުނީ، 67 މިލިއަން ޑޮލަރަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox