ސިޓީގެ ބޮޑު މައްސަލައިގެ އަޑުއެހުންތައް އަވަސްކޮށްފި

Aug 13, 2024, 7:29 AM
ސިޓީގެ ބޮޑު މައްސަލައިގެ އަޑުއެހުންތައް އަވަސްކޮށްފި

މެންޗެސްޓާ (އޮގަސްޓް 13) - މެންޗެސްޓާ ސިޓީން ފައިނޭންޝިއަލް ފެއާޕްލޭ (އެފްއެފްޕީ)އާ ގުޅޭ ކަންކަމާ ހިލާފުވެފައިވާ 115 މައްސަލައެއް ބަލަމުން އަންނައިރު، އޭގެ އަޑުއެހުންތައް އަވަސްކުރަން ޕްރިމިއާ ލީގުން ނިންމާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ސިޓީން 2009-2018 އާ ދެމެދު އެފްއެފްޕީ ގަވާއިދާ ހިލާފަށް ކޮށްފައިވާ ކަންތައްތަކާ ގުޅޭ 115 މައްސަލައިގެ ސަބަބުން ސިޓީ އަށް ދައުވާކުރުމުގެ ކަންކަން ފެށިގެން ދިޔައީ، މިދިޔަ އަހަރުގެ ފެބްރުއަރީ މަަހުގަ އެވެ.

އެކަމަކު، އެ ފަހުން އަހަަރަކަށް ވުރެ ގިނަ ދުވަސްވެފައިވާއިރު، އަދިވެސް ސިޓީގެ މައްސަލަ ތާވަލުކޮށް ބަލަން ފަށާފައިނުވެ އެވެ. އެންމެ ފަހުން ވާހަކަ ދެކެވުނީ މި އަހަރުގެ ނޮވެމްބަރު މަހު ސިޓީގެ މައްސަލައިގެ އަޑުއެހުންތައް ފަށާނެ ކަމުގެ ވާހަކަ އެވެ.

އެކަަމަކު، ދި ޓައިމްސް އިން ރިޕޯޓްކުރާގޮތުގައި، އަންނަ މަހުގެ މެދުތެރޭގައި މި މައްސަލަތަކުގެ އަޑުއެހުންތައް ފަށައި، އަންނަ އަހަރުގެ ކުރީކޮޅުގައި، ސިޓީއާ މެދު ފިޔަވަޅެއް އަޅާނަމަ އެކަން ކުރާނެ އެވެ.

ސިޓީގެ ތަހުގީގުގެ އަޑުއެހުންތައް، 10 ހަފްތާ އަށް ދިގުދެމިގެންދާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ސިޓީގެ 115 މައްސަލައިގެ ތަފްސީލް

- 2009-2010 ސީޒަނުން ފެށިގެން 2017-2018 ވަނަ ސީޒަނުގެ ނިޔަލަށް ސައްހަ މާލީ ލިޔުންތައް ހުށަނޭޅުމުގެ 54 މައްސަަލަ.

- 2009-2010 އިން 2017-2018 ވަނަ ސީޒަނުގެ ނިޔަލަށް ކުޅުންތެރިންނާއި ކޯޗުންނަށް ދިން މުސާރަތަކުގެ ސީދާ ތަފްސީލް ނުދޭ 14 މައްސަލަ.

- 2013-2014 އިން 2017-2018 އަށް ފައިނޭންޝިއަލް ފެއާޕްލޭގެ ޔުއެފާގެ މިންގަނޑާ ހިލާފުވެފައިވާ 5 މައްސަލަ.

- 2015-2016 އިން 2017-2018 ޕްރިމިއާ ލީގުގެ ޕީއެސްއާރް ގަވާއިދާ ހިލާފުވެފައިވާ ކަމުގެ 7 މައްސަލަ.

- ޕްރިމިއާ ލީގުން ހިންގި ތަހުގީގަށް ޑިސެމްބަރު 2018 އިން ފެބްރުއަރީ 2023 އާ ހަމައަށް އެއްބާރުލުން ނުދީ މާލީ ކަންކަން ހާމަނުކުރި 35 މައްސަލަ.

މެންޗެސްޓާ ސިޓީ ހިންގުމާ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ މަހުޖަނު، ޝެއިހް މަންސޫރު، ސިޓީ ގަތީ 2008 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގަ އެވެ. އެއީ, ތައިލެންޑްގެ ކުރީގެ ބޮޑުވަޒީރު, ތަކްޝިން ޝިނަވަޓްރާ އަތުންނެވެ. އޭގެ ފަހުން، މަންސޫރުގެ ލީޑަޝިޕްގެ ދަށުން، ސިޓީ ފުޓްބޯލް ގްރޫޕްގެ ނަމުުގައި، ކުންފުންޏެއް ހަދައި، އެ ކުންފުނިން ދުނިޔޭގެ އެކި ބައްރުތަކުގައި އަންނަނީ ޓީމު ހިންގަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލުން ޕޮޗެޓީނޯއާ އެކު ނުކުތް ޔުނައިޓެޑް ބަލިކޮށްފި

މައުރީސިއޯ ޕޮޗެޓީނޯގެ ކޯޗުކަމުގައި މެންޗެސްޓާ ޔުނައިޓެޑް ކުޅުނު ފުރަތަމަ މެޗުން 4-0 ގެ ބޮޑު ތަފާތަކުން ލިވަޕޫލް އަތުން ބަލިވެއްޖެއެވެ. މެޗުގެ ކުރީކޮޅު ޔުނައިޓެޑްގެ ކުޅުންތެރިއަކަށް ރަތް ކާޑު ދެއްކުމުން އެއް ކުޅުންތެރިއަކު މަދުކޮށް ކުޅުނު މި މެޗުގައި ލިވަޕޫލްގެ ލަނޑުތައް ޖަހައިދިނީ ސޮބޯސްލާއި، ވާޓްޒް، އެންގުމޯހާ އަދި މުނޯޒްއެވެ.

ނިއު ބަލިކޮށް ވިކްޓަރީން ލީގުގެ އެއް ވަނައިގައި ލީޑުފުޅާކޮށްފި

ދިވެހި ޕްރިމިއާ ލީގުގައި ނިއު ރޭޑިއަންޓް 2-1 އިން ބަލިކޮށް، ވިކްޓަރީން ތާވަލުގެ އެއްވަނައިގައި ހަ ޕޮއިންޓުގެ ލީޑެއް ނަގައިފި. މި މެޗުން ބަލިވުމާއެކު ލީގުގައި ނިއުގެ ބަލިނުވުމުގެ ސިލްސިލާ ނިމުމަކަށް އައިއިރު، ވިކްޓަރީ އަކީ މިވަގުތު ލީގުގައި ބަލިނުވެ އޮތް ހަމައެކަނި ޓީމު

މާޒިޔާ އަތުން ނިއު އަށް ފަސް ގޯލުގެ މޮޅެއް

އެފްއޭއެމް ވިމެންސް ލީގުގައި މިއަދު ކުޅުނު މެޗުން ނިއު ރޭޑިއަންޓުން 5-0 ގެ ބޮޑު ތަފާތަކުން މާޒިޔާ ބަލިކޮށް، ތިން މެޗުން މޮޅުވެ ތާވަލުގެ އެއްވަނަ ކަށަވަރުކޮށްފި. މި މެޗުގައި ނިއުގެ ސަބީނާ ކަތުން އާއި މަރިޔަމް ނޫރާ ކޮންމެ ކުޅުންތެރިއަކު ދެ ގޯލު ޖެހިއިރު، މިއީ މިދިޔަ އަހަރުގެ ޗެމްޕިއަން މާޒިޔާ މި މުބާރާތުގައި ބަލިވި ފުރަތަމަ މެޗު

ފަހަތުން އަރައި މޮޅުވެ ބާސެލޯނާ އިން އެއް ވަނަ ދިފާއުކޮށްފި

ސްޕެނިޝް ލީގުގައި ވިޔަރެއާލް އަތުން 3-2 އިން މޮޅުވެ، ބާސެލޯނާ އިން ތާވަލުގެ އެއްވަނަ މަގާމު ދިފާއުކޮށްފިއެވެ. މެޗުގެ ކުރީކޮޅު ވިޔަރެއާލުން ދެ ގޯލުގެ ލީޑެއް ނަގާފައިވަނިކޮށް، ބާސެލޯނާ އިން މެޗު ކާމިޔާބުކުރީ ދެވަނަ ހާފުގެ 10 މިނިޓް ތެރޭގައި ތިން ލަނޑު ޖަހައިގެންނެވެ.

ޓީސީ ބަލިކޮށް އޮޑި ހަތަރު ވަނަ އަށް

ދިވެހި ޕްރިމިއާ ލީގުގައި މިއަދު ކުޅުނު މެޗުން ޓީސީ ސްޕޯޓްސް ކްލަބް 3-1 އިން ބަލިކޮށް، އޮޑި ސްޕޯޓްސް ކްލަބް ތާވަލުގެ ހަތަރު ވަނައަށް ޖެހިލައިފި ޓީސީން ފުރަތަމަ ލަނޑު ޖަހާފައިވަނިކޮށް، އޮޑިން މެޗު ކާމިޔާބުކުރީ ހަޑްސަން ޑިއާޒް ޖެހި ދެ ގޯލާއި ކެޕްޓަން އިބްރާހިމް ވަހީދު ހަސަން (އިއްބެ) ޖެހި ލަނޑުން

އިންޑިއާ ފުޓްބޯޅަ ރައީސް ޗޯބޭގެ ނުސީދާ ރައްދެއް ބުޓިއާ އަށް

އިންޑިއާ ފުޓްބޯޅަ ފެޑެރޭޝަނުގެ ރައީސް ކަލްޔާން ޗޯބޭގެ އިސްތިއުފާ އަށް އެދި ބައިޗުން ބުޓިއާ އިސްވެ ހުރެ ޝަކުވާ ހުށަހެޅުމުން، ޗޯބޭ ވަނީ އެކަމަށް ނުސީދާ ރައްދެއް ދެއްވާފައި . ޗޯބޭ ވިދާޅުވީ ފުޓްބޯޅަ ކުރިއަރުވަން މަސައްކަތް ކުރާއިރު ޒިންމާދާރު ގޮތެއްގައި ފާޑުކިޔަންޖެހޭނެ ކަމަށާއި، ފެޑެރޭޝަނުގެ ލީޑަޝިޕްގައި ތިބި އެންމެން ވެސް ޖަވާބުދާރީވާން ޖެހޭނެ ކަމަށް

މުސިއާލާގެ ވާހަަކަ ބަޔާންގެ ވެރިން ދެއްކި ގޮތް ކަމަކުނުދިޔަ

ބަޔާން މިއުނިކްގެ މިޑްފީލްޑަރު ޖަމާލް މުސިއާލާއަށް ނާރުގެ ބައްޔެއް ޖެހިފައިވަނިކޮށް، އޭނާގެ ކޮންޓްރެކްޓާ މެދު އެ ކްލަބުގެ އިސްވެރިން ދެއްކެވި ޒިންމާދާރުކަން ކުޑަ ވާހަކަތަކަށް ފިފްޕްރޯ އިން ފާޑުކިޔައިފިއެވެ. އެ ޖަމިއްޔާއިން ބުނީ ބަލި ހާލަތެއްގައި ހުރި ކުޅުންތެރިއެއްގެ މުސްތަގުބަލާ މެދު ވާހަކަދެއްކުމުގައި ބަޔާނުން މިއަށްވުރެ ބޮޑަށް ސިއްހީ ހާލަތަށް އިހުތިރާމްކުރަން ޖެހޭނެ ކަމަށެވެ.

Newsletter

Get the latest news delivered straight to your inbox