މެޑިކަލް އިން ފެއިލްވެ ޒޫމާ އަށް ޔޫއޭއީ ޓީމަށް ނުދެވުނު

Aug 13, 2024, 5:25 AM
މެޑިކަލް އިން ފެއިލްވެ ޒޫމާ އަށް ޔޫއޭއީ ޓީމަށް ނުދެވުނު

ދުބާއީ، ޔުނައިޓެޑް އަރަބް އެމިރޭޓްސް (އޮގަސްޓް 13) - އިނގިރޭސި ޕްރިމިއާ ލީގުގެ ގިނަ ކްލަބްތަކަށް ކުޅެފައިވާ ފްރާންސްގެ ޑިފެންޑަރު، ކާޓް ޒޫމާ، ޔޫއޭއީގެ އަލް ޝަބާބް އަށް ބަދަލުވާން ހެދި މެޑިކަލް ޓެސްޓުން ފެއިލްވެއްޖެ އެވެ.

ވެސްޓް ހޭމް ޔުނައިޓެޑާ އެކު ޒޫމާ، 29، ހަދާފައި އޮތް ކޮންޓްރެކްޓް ހަމަވާން އަހަރެއް އޮތްއިރު، އެ ކްލަބުން ވަނީ އޭނާ ދޫކޮށްލަން ނިންމައިފަ އެވެ. އެހެންވެ، ޒޫމާ، ފުރަތަމަ ނިންމީ އަލް ޝަބާބް އަށް ސޮއިކުރާށެވެ. ބޮޑު މުސާރަ ލިބޭ ގޮތަށް، ހަދަން އުޅުނު ކޮންޓްރެކްޓްގެ ކުރިން، މެޑިކަލް ޓެސްޓްތައް ހެދިއިރު، އެކަށީގެންވާ މިންވަރަށް ފިޓްނަސްއާ އެހެނިހެން ކަންކަން ނެތުމުން ޓެސްޓުން ފެއިލްވީ އެވެ.

ޒޫމާގެ އޭޖެންޓް އަންނަނީ އެހެން ކްލަބެއް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

ޖުލެން ލޮޕެޓެގީގެ ކޯޗުކަމުން މި ސީޒަނުގައި ކުޅެން ނިންމާފައިވާ ވެސްޓް ހޭމް އިން ވަނީ ޑިފެންޑަރުންތަކެއްގެ ޑީލް ނިންމައިފަ އެވެ. އެ ގޮތުން، ވުލްވްސްގެ މެކްސިމިލިއަން ކިލްމަން އާއި މެންޗެސްޓާ ޔުނައިޓެޑްގެ އާރޮން ވަން ބިސާކާގެ ސޮއި ހޯދައިފައިވާއިރު، ނީސް އަށް ކުޅެމުން އަންނަ ޑިފެންޑަރު، ޖިއަން ކްލިއޭ ޓޮޑީބޯ ވެސް ވެސްޓް ހޭމަށް ބަދަލުވާނެ ކަމަށް ބެލެވެ އެވެ.

ޒޫމާ ވަނީ ޗެލްސީ އާއި އެވަޓަން އަދި ސްޓޯކް ސިޓީ އަށް ވެސް ޕްރިމިއާ ލީގުގައި ކުޅެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox