ދުނިޔޭގެ އެތުލެޓިކްސް ރައީސް އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީގެ ރައީސަކަށް ވާދަކުރަނީ

Aug 12, 2024, 2:29 AM
ދުނިޔޭގެ އެތުލެޓިކްސް ރައީސް އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީގެ ރައީސަކަށް ވާދަކުރަނީ

ލަންޑަން (އޮގަސްޓް 12) - ވޯލްޑް އެތުލެޓިކްސްގެ ރައީސް ސަބެސްޓިއަން ލޯޑް ކޯ، އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީ (އައިއޯސީ)ގެ ރައީސްގެ މަގާމަށް ޝައުގުވެރިކަން ފާޅުކުރައްވައިފި އެވެ.

އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީ (އައިއޯސީ)ގެ ރައީސް ތޯމަސް ބަކް، އަންނަ އަހަރު މަގާމުން ވަކިވާނެ ކަމަށް އިއުލާނުކުރައްވައިފި އެވެ. ޖަރުމަނުގެ ވަކީލު، ބަކް، އަންނަނީ 2013 ވަނަ އަހަރުން ފެށިގެން އައިއޯސީގެ ރައީސްގެ މަގާމު ފުރުއްވަމުންނެވެ. އަންނަ އަހަރު މަގާމުގެ ޒިންމާތައް ދޫކޮށްލައްވާނެކަން އިއުލާނުކުރީ، މިހާރު ކުރިއަށްދާ ޕެރިސް އޮލިމްޕިކްސްގެ ސެޝަނެއްގެ ތެރެއިން، ވާހަކަ ދައްކަވަމުންނެވެ.

ކޯ ވަނީ މިދިޔަ އަހަރު ވޯލްޑް އެތުލެޓިކްސްގެ ރައީސްގެ މަގާމަށް މިދިޔަ އަހަރު ތިން ވަނަ ދައުރަކަށް އިންތިހާބުވެވަޑައިގެންފަ އެވެ.

"އަހަރެން އަބަދުވެސް ބުނަމުން އައީ، މި ފަދަ ފުރުސަތެއް (އައިއޯސީގެ ރައީސަކަށް ވުމަށް) ލިބިއްޖެނަމަ، ވަރަށް ސީރިއަސް ނަޒަރަކުން ވިސްނާނެ ކަަމަށް، މިއީ އެ ވަގުތު ކަމުގައި ދެކެނީ،" ކޯ ވިދާޅުވި އެވެ.

އައިއޯސީގެ އިންތިހާބު އޮންނާނީ އަންނަ އަހަރުގެ މާޗް މަހުގަ އެވެ. އަދި އެ ލީޑަޝިޕް މަގާމުގެ ޒިންމާތަކާ ހަވާލުވާނީ ޖޫން އިން ފެށިގެންނެވެ.

އައިއޯސީގެ ގަވާއިދު ބުނާގޮތުން، އިންތިހާބުގެ ތިން މަސް ކުރިން ލަސްވެގެން ކެންޑިޑެސީ އިއުލާނުކުރެވޭނެ އެވެ. މިހާތަނަށް އެއްވެސް ކެންޑިޑޭޓަކު އަދި ރަސްމީކޮށް ކުރިމަތިލާނެކަން ހާމައެއް ނުކުރެ އެވެ.

ކޯ އަކީ، 2012 ވަނަ އަހަރު ލަންޑަންގައި އޮލިމްޕިކްސް ބޭއްވުމުގެ ބިޑް ފަރުމާކުރުމުގައި އިސްކޮށް ހަރަކާތްތެރިވި ފަރާތެކެވެ. އަދި އެ ފަހަރު އޮލިމްޕިކްސް ފުރިހަމަކޮށް ކުރިއަށްގެންދިއުމުގައި އޭނާ އިސް ރޯލެއް ކުޅެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox