ކަންކަމަށް "އޯކޭ" ވުމާއި "ޓޮލެރޭޓު" ކުރުން ހުއްޓާލަން ޖެހޭ ކަމަށް އިހުސާން ވިދާޅުވެއްޖެ

ރައްކާ ރޯޑް ޝޯވ 2024 ޕުރޮގުރާމުގައި މިނިސްޓަރު އިހުސާން ވާހަކަދައްކަވަނީ --- ފޮޓޯ: ރައީސް އޮފީސް

ރައްކާ ރޯޑް ޝޯވ 2024 ޕުރޮގުރާމުގައި މިނިސްޓަރު އިހުސާން ވާހަކަދައްކަވަނީ --- ފޮޓޯ: ރައީސް އޮފީސް

ގާނޫނުތައް ތަންފީޒުކުރުމަށްޓަކައި އާންމު ކަމެއްގެ ގޮތުގައި މިހާރު މުޖުތަމައުގައި ދެކެމުން އަންނަ ކަންތައްތައް ބަދަލުވާން ޖެހޭ ކަމަށް މިނިސްޓަރީ އޮފް ހޯމްލޭންޑް އެންޑް ސެކިއުރިޓީގެ ވަޒީރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

"ރައްކާ" ރޯޑް ސޭފްޓީ ޕްރޮގްރާމްއަށް 10 އަހަރު ފުރުން ފާހަގަކުރުމަށް ފުވައްމުލައް ސިޓީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިހުސާން ވިދާޅުވީ އާންމު ކަމެއްގެ ގޮތުގައާއި "އޮކޭ" ކަމެއްގެ ގޮތުގައި ދެކޭ ކަންތައް ބަދަލުވާން ޖެހޭ ކަމަށެވެ.

"ހުރިހާ ރައްޔިތުން އެއްބާރުލުން މިކަމުގަ ބޭނުންވޭ. މިހާރު އާންމު ކަމެއްގެ ގޮތުގައި ދެކޭ ކަންތައް ބަދަލުވާން ޖެހޭ. މިހާރު މީ އޮކޭ ކަމެއްގެ ގޮތުގައި ދެކޭ ކަންކަން ބަދަލުވާން ޖެހޭ. އަޅުގަނޑުމެން ޓޮލަރޭޓު ކުރަމުން އައި އައުން ކޮންމެސް ވަރަކަށް ޓޮލަރޭޓު ނުކުރަން ފަށަން ޖެހޭ." އޭނާ ވިދާޅުވި އެވެ.

ވަޒީރު މިހެން ވިދާޅުވީ ދާހިލީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ޑުރަގުގެ ވަބާއިންނާއި، ގޭންގު ހަދައިގެން ކުށްކުރުމުގެ މައްސަލަ ހައްލުކުރުމަށާއި އަދި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް މަސައްކަތްކުރާ ވާހަކަ ދެއްކެވުމަށް ފަހެވެ.

އިހުސާންގެ ވާހަކާގައި ފާހަގަކުރީ، ނުކިއްސަރުކޮށް ދާ ކުދިންނަށް ރައްކާތެރިކަން ދިނުމަށްޓަކައި ކުރެވޭ ކަންތައްތަކުން އެ ކުދިން އިތުރަށް ގޯހުގެ ތެރެއަށް ވަންނަ ކަމަށެވެ. އަދި ފުލުހުންގެ އިދާރާއަށް ކުއްޖަކު ހާޒިރުކުރުމުން އެންމެ ފުރަތަމަ ވެސް ބެލެނިވެރިޔާ ދާނީ ކޮންމެވެސް ކޮމިޝަނަކަށް ހައްގު ހޯދަން ކަމަށާއި، އެ ސަގާފަތް މިހާރު ބަދަލުކުރަން ޖެހޭ ކަމެވެ.

"ރައްކާ" ރޯޑް ސޭފްޓީ ޕުރޮގްރާމުގެ ބޭނުމަކީ މަގުމަތީގެ އެކްސިޑެންޓާއި އަދި އެކްސިޑެންޓްގެ ސަބަބުން ވާ ގެއްލުން ކުޑަކުރުމަށެވެ. ގަވާއިދާއި ގާނޫނަށް މީހުން އަހުލުވެރި ކުރުވާ ނަމޫނާ މަގުތަކަކަށް މަގުތައް ހެދުމަކީ ވެސް މި ޕުރޮގުރާމުގެ އަމާޒެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޮޑެތި ހުރިހާ މަޝްރޫއެއް ވަނީ މަޑުޖެހިފައި: މުއިއްޒު

ދަރަނި ދެއްކުމަށާއި ޒަރޫރީ ޚިދުމަތްތަކަށް އިސްކަންދިނުމުގެ ސަބަބުން، އުމްރާނީ ތަރައްގީގެ ބޮޑެތި މަޝްރޫއުތައް މަޑުޖެހިފައިވާ ކަމަށް ރައީސް މުއިއްޒު އެއްބަސްވެވަޑައިގެންނެވި. މިކަން މިގޮތަށް ދިމާވީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާއި ފަތުރުވެރިން އަންނަ މިންވަރު މަދުވުމުން ފިސްކަލް މެނޭޖްމަންޓަށް ބަދަލު ގެނައުމުން ކަމަށް އެމަނިކުފާނު ވިދާޅުވި.

މިރޭގެ ޖަލްސާއަށް އެއްލައްކަ މެންބަރުން ހަމަނުކުރެވުނު

ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އިތުރުކުރުމަށް ހިފި އަމާޒަށް މިރޭގެ ޖަލްސާއާ ހަމައަށް ވާސިލުނުވެވުމުން، އެ އަމާޒު ހާސިލުކުރުމުގެ ވަގުތު މިރޭ މެންދަމު 12 އާ ހަމައަށް ވަނީ އިތުރުކޮށްފައި. އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުން ދައްކާގޮތުގައި އެ ޕާޓީއަށް އެއްލައްކަ ހަމަވާން އަދި 1,992 މެންބަރުން އިތުރަށް ބޭނުންވޭ.

ހުޅުމާލޭގައި އަޅާ ކޯޓު ކޮމްޕްލެކްސްގެ ބިންގާ އަޅައިފި

އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއަކީ ޝަރުއީ ދާއިރާގެ ހިންގުން އެއް ފުރާޅެއްގެ ދަށަށް ގެނެސް، ކޯޓުތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށް ފެށި 699.8 މިލިއަން ރުފިޔާގެ މަޝްރޫއެއް. މި އިމާރާތުގައި ހައިކޯޓާއި ސުޕީރިއާ ކޯޓުތަކުގެ އިތުރުން ޑީޖޭއޭގެ އޮފީސް ވެސް ހިންގުމަށް ވަނީ ހަމަޖެހިފަ.

ޕީއެންސީއަށް 100،000 މެންބަރުން މުވައްޒަފުންނަށް މަޖުބޫރުކުރަނީ

ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް ހަމަކުރުމަށްޓަކައި، ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް މަޖުބޫރުކޮށް ވަޒީފާގެ ބިރުދައްކަމުންދާކަމުގެ ޝަކުވާތައް ވަނީ ބޮޑުވެފައެވެ. މި އަމާޒަށް ވާސިލުވުމަށް އެހެން ޕާޓީތަކުގެ މެންބަރުން ޕީއެންސީއަށް ބަދަލުވުމަށް އަންގަމުންދާއިރު، މެންބަރުން އިތުރުކުރުމަށް ފައިސާ ބަހާކަމުގެ ތުހުމަތުތައްވެސް ވަނީ ފެންމަތިވެފައެވެ.

މުވައްޒަފުންނަށް ސިޔާސީ މަޖުބޫރުކުރުން ކުށަކަށް ހަދާ ބިލެއް

ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް ސިޔާސީ މަޖުބޫރުކުރުން ޖިނާއީ ކުށަކަށް ހަދަން ވަޒީފާއާބެހޭ ގާނޫނަށް އިސްލާހު ހުށަހަޅައިފި. މީކާއީލް ނަސީމް ހުށަހެޅުއްވި މި ބިލުގެ މަގްސަދަކީ މުވައްޒަފުންގެ ސިޔާސީ މިނިވަންކަން ހިމާޔަތްކޮށް، ވަކި ޕާޓީއަކަށް ވަނުމަށް ނުވަތަ ހަރަކާތްތަކުގައި ބައިވެރިވުމަށް ނުފޫޒު ފޯރުވުން ހުއްޓުވުން.

ސިޓިޒެންސް ޕޯޓަލް ދެވަނަ ފަހަރަށް އިފްތިތާހުކޮށްފި

ރައީސް މުއިއްޒަށް ރައްޔިތުންގެ ޝަކުވާތަކާއި ޚިޔާލުތައް ސީދާ ހުށަހެޅޭ ގޮތަށް "ސިޓިޒެންސް ވޮއިސް" ޕޯޓަލް ދެވަނަ ފަހަރަށް ވަނީ އިފްތިތާހުކޮށްފައި އީ-ފާސް މެދުވެރިކޮށް ވަދެވޭ މި ޕޯޓަލްގެ ހިދުމަތް މިވަގުތު ވެބްސައިޓުން ލިބުނު ނަމަވެސް، ކުރިއަށް އޮތްތަނުގައި މޯބައިލް އެޕްލިކޭޝަނެއް ތައާރަފުކުރުމަށް ވަނީ ނިންމާފައި.

"މިހާރު ފެށެން މި އުޅެނީ ރާއްޖޭގެ މިނިވަންކަން ނިމުމުގެ ފެށުން"

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރުގެ ފަރާތްތަކާއި ޒަޔަނިސްޓުން ރާއްޖޭގައި ވަޒަންވެރިކުރުވަން ފަށައިފިނަމަ، ގައުމުގެ މިނިވަންކަން ގެއްލިދާނެ ކަމަށާއި، މި މަޝްރޫއުގެ މާލީ ތަފްސީލުތައް ކަމާބެހޭ އިދާރާތަކަށް ނޭނގޭއިރު، މިއީ މަދު ބައެއްގެ މެދުގައި ސިއްރުވެފައިވާ ކަމެއްކަމަށް ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox